Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައްޖު

ގަދަ ހޫނުގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފި

ހައްޖުވެރިންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށް 40 އަށް ވުރެ ގިނަ ސަރުކާރުގެ އިދާރާތަކާއި 250,000 އޮފިޝަލުން ހަރަކާތްތެރި ވަމުންދާ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 11:44
މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާ އަށް އައިސް، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ ހަރަމް އަލް ޝަރީފްގައި ވަގުތު ހޭދަކޮށް، ދުޢާކުރުމުގައި  - 2 ޖޫން 2025

މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާ އަށް އައިސް، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ ހަރަމް އަލް ޝަރީފްގައި ވަގުތު ހޭދަކޮށް، ދުޢާކުރުމުގައި - 2 ޖޫން 2025

އެއް މިލިއަނަށް ވުރެ ގިނަ ޙައްޖުވެރިން އިސްލާމްދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާކުރަން ބުދަ ދުވަހު ސައުދީ އަރަބިއްޔާ ގައި ފަށައިިފިއެވެ.

ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ އިރު، އިޙްރާމް ބަނދެގެން ތިބި ޙައްޖުވެރިން ތަލްބިޔާ ކިޔަމުން މައްކާގެ މަސްޖިދުލް ޙަރާމްގެ މެދުގައިވާ އިސްލާމްދީނުގެ އެންމެ މަތިވެރި ބިނާ ކަމުގައިވާ ކައުބާގެ ވަށައިގެން މަޑުމައިތިރި ކަމާއެކު ތަވާފުކުރަމުން ދިޔައެވެ.

ސަޢޫދީ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ބައެއް ޙައްޖުވެރިން މައްކާގެ ބޭރުގައިވާ މިނާ އަށް ވަނީ ދަތުރުކޮށްފައެވެ. އެތަނުގައި އެމީހުން ރޭގަނޑު ހޭދަކުރުމަށްފަހު ބުރާސްފަތި ދުވަހު ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގައި ތިބުމަށް ދާނެއެވެ. ޢަރަފާތަކީ ކީރިތި ރަސޫލާ، އެކަލޭގެފާނުގެ އެންމެ ފަހު ޚުޠުބާ އިއްވެވި ތެނެވެ.

ގާތްގަނޑަކަށް 1.4 މިލިއަން ޙައްޖުވެރިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ވަދެފައިވެއެވެ.

ޙައްޖަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އަދި ކުޅަދާނަކަން ލިބިފައިވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ.

މިދިޔަ އަހަރު 51.8 ޑިގްރީ ސެލްސިއަސް (125.2 ޑިގްރީ ފެރެންހައިޓް) އަށް ފިނިހޫނުމިން އުފުލިގެން ދިއުމާއެކު 1,301 މީހުން މަރުވި ހާދިސާ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަޢޫދީ އޮތޯރިޓީތަކުން ހޫނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވެއެވެ.

ބުދަ ދުވަހު ޙައްޖުވެރިން ޠަވާފުކުރާނެއެވެ. މިއީ ކަޢުބާގެ ވަށައިގެން ހަތްފަހަރު ބުރު ޖެހުމެވެ.

ހައްޖުގެ އަޅުކަން ހަމަޖެހިފައި އޮންނަ ގޮތުން މައްކާ އަށް ވަނުމުގެ ކުރިން ޙައްޖުވެރިން އެންމެ ފުރަތަމަ ސާފުތާހިރުވެ އިޙްރާމް ބަންނަން ޖެހެއެވެ.

ފިރިހެނުން ގެ އިހުރާމަކީ ހުދު ކުލައިގެ ފޮތިގަނޑެކެވެ. މިއީ އިޖްތިމާޢީ ދަރަޖަ އާއި ޤައުމީ ނިސްބަތުގެ ތަފާތަށް ބެލުމެއް ނެތި، އެންމެހައި މުއުމިނުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ހެދުމެކެވެ.

އަންހެނުން އާންމު ކޮށް ލައިގެން ތިބެނީ ހުދުކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. މިހެދުމުގައި އެމީހުން ތިބެނީ މޫނާއި އަތްތިލަ ފިޔަވައި ހަށިގަނޑު ފުރިހަމަ އަށް ނިވާ ކޮށްގެންނެވެ.

ބަހުގައި ދަތުރުކުރި ޙައްޖުވެރިން އަންގާރަ ދުވަހުގެ މެންދުރުފަހު މިނާއަށް ވަނީ އައިސްފައެވެ. އެމީހުން މިނާ އަށް އައުމުން މަރުހަބާ ކިޔުމަށް ކޮފީ އާއި ކަދުރު އޮފިޝަލުން ބަހާފައިވެއެވެ.

މިދިޔަ އަހަރު، ހޫނުގެ ސަބަބުން މަރުވި މީހުންގެ ހާދިސާ އަށް ފަހު، ރައްކާތެރިކަން އިތުރުކުރުމަށް 40 އަށްވުރެ ގިނަ ސަރުކާރުގެ އިދާރާތަކާއި 250,000 އޮފިޝަލުން ހަރަކާތްތެރި ވަމުންދާ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ އާ ބެހޭ ވަޒީރު ތައުފީޤް އަލް-ރަބީޢާ ހުސްވި ހަފްތާގައި އޭފްޕީ އާ ވަހާކަ ދައްކަވަމުން ވިދާޅުވީ ހިޔާ ލިބޭ ސަރަޙައްދުގެ ގޮތުގައި 50,000 އަކަ މީޓަރު (12 އޭކަރ) އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ހާހުން ގުނާލެވޭ އަދަދަކަށް މެޑިކަލް މުވައްޒަފުން ތައްޔާރަށް ތިބޭނެއެވެ. އަދި 400 އަށް ވުރެ ގިނަ ފިނިކުރާ ޔުނިޓު ތައް ވަނީ ބެހެއްޓިފައެވެ.

މިނިސްޓަރު ވިދާޅުވީ އާރޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ގިނަ އަދަދެއްގެ މަޢުލޫމާތު ޕްރޮސެސް ކުރެވޭނެއެވެ. މީގެ ތެރޭގައި އަލަށް ބޭނުން ކުރަން ފަށާފައިވާ ޑްރޯން ފްލީޓުން ނަގާ ވީޑިއޯވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ކްރައުޑް މޫވްމަންޓް މެނޭޖުކުރަން ފަސޭހަވާނެއެވެ.

އޮތޯރިޓީތަކުން ބުނާ ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި މިދިޔަ އަހަރު މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގަވައިދާ ޚިލާފަށް ޙައްޖަށް ގޮސްފައިވާ މީހުންނެވެ. ގަވައިދާ ޚިލާފަށް އުޅެން ޖެހުމުގެ ސަބަބުން އެމީހުންނަށް އެއަރކޮންޑިޝަން ކުރެވިފައިވާ ޓެންޓުތަކާއި ބަސްތަކުގެ ޚިދުމަތް ލިބިފައެއް ނުވެއެވެ.

މިއަހަރު ހުއްދަ ނެތި ޙައްޖަށް ދާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުން އިތުރަށް ވަރުގަދަ ކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރެއިޑްތަކާއި، ޑްރޯން މެދުވެރިކޮށް މައުލޫމާތު އެއްކުރުމާއި، ގިނަ އަދަދެއްގެ މެސެޖް އެލާޓްތައް ފޮނުވުން ހިމެނެއެވެ.

ޙައްޖު ހުއްދަ ދޫކުރެވެނީ ޤައުމުތަކަށް ކޯޓާ އުސޫލުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރު ކުރެވި އަނބުރާ ފޮނުވާ ލުމުގެ ނުރައްކާ އޮންނަ އިރުވެސް ހުއްދަ ހޯދި ދާނެ މީހުންވެސް ޙައްޖުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، ހުއްދަނެތި ޙައްޖަށް ދިއުމަށް މަސައްކަތް ކުރެއެވެ.

ޙާޖީންމައްކާކައުބަތުﷲ ގެފުޅުމިނާސައޫދީ އަރަބިއްޔާހައްޖު 1446

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު