Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހައްޖު

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

ދުނިޔޭގެ 165 ގައުމަކުން 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި މިއަހަރުގެ ހައްޖުގެ އަޅުކަން، ވަދާއީ ތަވާފަށްފަހު ގިނަ ބަޔަކު މިހާރު ވަނީ އެނބުރި ގައުމަށް ދިއުމަށް ދަތުރު ފަށާފައި. ގަދަ ހޫނުގެ ސަބަބުން ސިއްހީ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ހައްޖުވެރިންނަށް ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައި. މި އަހަރުގެ ހައްޖުގެ އަޅުކަން ނިންމާލި ގިނަ ހައްޖުވެރިން ފާހަގަކުރި ގޮތުގައި، މިއީ އެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި މުހިންމު ދީނީ ތަޖުރިބާ.

ރާއްޖެ އެމްވީ | 29 މެއި 2026 | ހުކުރު 16:53
ސައުދީ އަރަބިއްޔާގެ މިނާގައި ކުރިއަށްދާ އަހަރީ ހައްޖުގެ އަޅުކަމުގެ ތެރެއިން، ޖަމްރާއަށް ހިލަ އުކުމުގެ ދެވަނަ ދުވަހުގެ ހަރަކާތްތަކުގައި މުސްލިމް ހައްޖުވެރިން ބައިވެރިވަނީ - 28 މޭ 2026.

ސައުދީ އަރަބިއްޔާގެ މިނާގައި ކުރިއަށްދާ އަހަރީ ހައްޖުގެ އަޅުކަމުގެ ތެރެއިން، ޖަމްރާއަށް ހިލަ އުކުމުގެ ދެވަނަ ދުވަހުގެ ހަރަކާތްތަކުގައި މުސްލިމް ހައްޖުވެރިން ބައިވެރިވަނީ - 28 މޭ 2026. | ރޮއިޓާސް

މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، އެތައް ހާސް މުސްލިމުންނެއް ހުކުރު ދުވަހު މައްކާގެ ބިމުން ފުރަން ފަށައިފިއެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ދީނީ އެއްވުންތަކުގެ ތެރޭގައި ހިމެނޭ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި، ދުނިޔޭގެ 165 ގައުމަކުން 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

"އަޅުގަނޑަށް ހައްޖުގެ އަޅުކަން ފުރިހަމަކުރެވުނުކަން ގަބޫލުކުރަންވެސް ދަތި،" އަލަށް ހައްޖުގެ އަޅުކަން އަދާކުރި މިސްރުގެ އުމުރުން 37 އަހަރުގެ އަހުމަދު މަމްދޫހު ބުންޏެވެ.

އުފަލުން ލޮލުން ކަރުނަ އަންނަ ހާލުގައި އޭނާ އިތުރަށް ބުނީ، ހައްޖުގެ އެންމެހާ ކަންކަން އަމާންކަމާއެކު ނިންމާލެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ހާއްސަކޮށް މިފަދަ ހޫނު މޫސުމެއްގައި ހައްޖުގެ އަޅުކަން އަދާކުރުމަކީ ވަރަށް ވަރުބަލިވާ ކަމެއް ކަމަށެވެ.

އަލްޖީރިއާގެ އުމުރުން 74 އަހަރުގެ ހައްޖުވެރިއެއް ކަމަށްވާ އަލް-ޒާވީ، އޭނާގެ އަނބިމީހާގެ ކޮނޑުގައި އަތް އަޅާލައިގެން ހުރެ ބުނީ، ދެމަފިރިން އެކުގައި ހައްޖުގެ އަޅުކަން އަދާކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ކައިވެންޏަށް 50 އަހަރު ފުރުނު ފަހުން މިއަދު އެ ހުވަފެން ހަގީގަތަކަށް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހުކުރު ދުވަހު ހައްޖުވެރިން ވަނީ މައްކާގެ އިރުދެކުނުން އޮންނަ މިނާގެ ވާދީގައި، ޝައިތާނާއަށް ރަމްޒީގޮތުން އުކާ ހިލަ އުކުމުގެ ތިންވަނަ ދުވަހުގެ ކަންކަން ފުރިހަމަކޮށްފައެވެ.

އެއަށްފަހު، ހައްޖުވެރިން ބަސްތަކުގައި މައްކާގެ މަސްޖިދުލް ހަރާމަށް ގޮސް، ވަދާއީ ތަވާފު ކުރާނެއެވެ. ވަދާއީ ތަވާފަކީ މުސްލިމުންގެ ގިބުލަ ކަމުގައިވާ ކައުބަތުﷲ ގެ ވަށައިގެން ހަތް ބުރު ޖެހުމެވެ.

ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު މި އަޅުކަން އަދާކުރުން ވާޖިބުވެގެންވެއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ފަހަކަށް އައިސް ވަނީ ހޫނުން ސަލާމަތްވުމަށްޓަކައި ހިޔާލިބޭނެ ގިނަ ސަރަހައްދުތަކެއް ގާއިމުކޮށް، ސިއްހީ އެހީތެރިންގެ އަދަދު އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅާފައެވެ.

ސައުދީ ރެޑް ކްރެސެންޓުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ހައްޖު މޫސުން ފެށުނީއްސުރެ މިހާތަނަށް 83,000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކުއްލި ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހައްޖުމައްކާމިނާކައުބަތުﷲ ގެފުޅުއަލްމަސްޖިދުލްޙަރާމު

އިތުރަށް ކިޔާލަން

27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
26 މެއި 2026

ހައްޖު ހުތުބާގައި އުރެދުންތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް ގޮވާލައިފި

26 މެއި 2026
ހައްޖު ހުތުބާގައި އުރެދުންތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް ގޮވާލައިފި
26 މެއި 2026

ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ

26 މެއި 2026
ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ
26 މެއި 2026

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު