Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ހުތުބާ

ހައްޖު ހުތުބާގައި އުރެދުންތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް ގޮވާލައިފި

26 މެއި 2026 | އަންގާރަ 13:52

މިއަހަރުގެ ހައްޖު ހުތުބާގައި، ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ޒުވާބުކުރުމާއި ސިޔާސީ ޝިއާރުތައް ފާޅުކުރުން ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހައްޖާޖީންނަށް ވަނީ ނަސޭހަތްތެރިވެފަ. ގިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންކޮށްދެއްވައި، ފާފަތަކުން އެއްކިބާވެ މާތްﷲއަށް ތަގުވާވެރިވުމަށާއި މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށް ހުތުބާގައި ބާރުއަޅުއްވާފައިވޭ. ހަގީގީ ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއެކު އަޅުކަންތައް އަދާކުރުންކަން ފާހަގަކުރައްވައި، އިރުއޮއްސުމާ ހަމައަށް އަރަފާތު ބިމުގައި ދުޢާކުރުމުގައި ދެމިތިބުމަށްވެސް އިލްތިމާސްކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 މެއި 2026 | އަންގާރަ 13:52
ހައްޖުގެ އަޅުކަމަށް އަރަފާތު ބިމަށް ހައްޖާޖީން ޖަމާވެފަ.

ހައްޖުގެ އަޅުކަމަށް އަރަފާތު ބިމަށް ހައްޖާޖީން ޖަމާވެފަ. | ސޯޝަލް މީޑިއާ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު އެންމެހައި އުރެދުންތަކުން ދުރުހެލިވެ، މާތްﷲއަށް ތަގުވާވެރިވުމަށް މިއަހަރުގެ ހައްޖު ހުތުބާގައި ގޮވާލައްވައިފި އެވެ.

ސައުދީ އަރަބިއްޔާގެ ނަމިރާ މިސްކިތުގައި މިއަހަރުގެ ހައްޖު ހުތުބާ އިއްވަވައިދެއްވީ ފަޟީލަތުއްޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީ އެވެ.

ޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީ އިއްވެވި ހުތުބާގައި ހައްޖުގެ އަޅުކަމުގެ އަދަބުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި އެންމެހައި އުރެދުންތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާބުކުރުމާއި، ސިޔާސީ ޝިއާރުތައް ފާޅުކުރުމާއި، ވަކި ފަރާތްތަކަށް ތާއީދުކޮށް ގޮވާލާ ގޮވާލުންތަކުން ދުރުހެލިވުމަށް ޝައިޚް ނަސޭހަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުން މަސްޖިދުލްހަރަމްގެ މާތްކަން ފާހަގަކުރައްވައި، ނުބައި ކަމަކަށް ހިތުލައިގެން އެ ބިމަށް ހިނގައްޖެ މީހަކަށް ލިބޭނެ އުގޫބާތުގެ ނުރައްކާތެރިކަން ހުތުބާގައި ބަޔާންކޮށްދެއްވި އެވެ.

ހައްޖު ހުތުބާގައި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން އެ ދުވަހުގެ ބިންހެލުމަކީ ބޮޑުވެގެންވާ ބިންހެލުމެއް ކަމާއި، އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރި ވައްޓާލާފައި ދުވާނެ ކަމަށް ޝައިޚް ވިދާޅުވި އެވެ. އަދި މީސްތަކުން މަސްތުވެގެންވާ ބަޔަކު ފަދައިން، އާވާރާވެގެން ބިރުން ކޮޅުކޮޅަށް ދުވާނެކަން ހަނދާންކޮށްދެއްވައި، މާތްﷲއަށް ތަގުވާވެރިވެ ބިރުވެތިވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މާތްﷲ އަށް ތަގުވާވެރިވުމުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ގިޔާމަތް ދުވަހަށް ތައްޔާރުވުން ކަމަށް ހުތުބާގައި ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި ފާފަތަކުން އެއްކިބާވެ، ހެޔޮ އަމަލުކުރުމާ އެކު އަޅުކަން މާތްﷲ އަށް ހާލިސްކުރުމަށް ހައްޖާޖީންނަށް އިލްތިމާސްކުރެއްވި އެވެ. ހަމައެހެންމެ، މުސްލިމުން ބައިބައިނުވުމަށާއި، ނުބައި ކަންތައްތަކުން ދުރުހެލިވެ އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށް ހުތުބާގައި ބާރުއަޅުއްވާފައިވެ އެވެ. ހަޤީޤީ ކާމިޔާބީ އަކީ އިޚްލާޞްތެރިކަމާއި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުންކަންވެސް ޝައިޚް ހަނދާންކޮށްދެއްވި އެވެ.

ޢަރަފާތް ދުވަހަކީ މީގެ ސާދަސަތޭކަ އަހަރު ކުރީން ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވި ވަދާޢުގެ ޙައްޖު ހަނދާންކޮށްދޭ މަތިވެރި ދުވަހެކެވެ. ހައްޖު ހުތުބާއަށްފަހު، ހައްޖާޖީން ވަނީ މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށްފަ އެވެ. ހައްޖާޖީން މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތު ބިމުގައި ތިބޭނީ އަޅުކަމާއި ދުޢާކުރުމުގަ އެވެ.

ހައްޖުނަމީރާ މިސްކިތްޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީއަރަފާތުއަލްމަސްޖިދުލްޙަރާމުހައްޖުވެރިންޙައްޖު ޚުތުބާ

އިތުރަށް ކިޔާލަން

26 މެއި 2026

ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ

26 މެއި 2026
ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ
26 މެއި 2026

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
26 މެއި 2026

ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
20 މެއި 2026

ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ

20 މެއި 2026
ޢަރަފާތް ޚުތުބާ 35 ބަހަކުން ޑިޖިޓަލް ޕްލެޓް ފޯމްތަކުގައި ދުރަށް ފޮނުވާނެ
20 މެއި 2026

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

20 މެއި 2026
ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!
16 މެއި 2026

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026
ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި
16 މެއި 2026

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު
08 މެއި 2026

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
02 މެއި 2026

ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި

02 މެއި 2026
ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް