Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާ އަށް އުފަންވާ ކުދިންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބުން ހަނިކުރުމަށް ޓްރަމްޕް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި

އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކުދިންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބުން ހަނިކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު އެއްޗެއް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި. މި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ކޮންގްރެސް މެދުވެރިކޮށް އައު ގާނޫނެއް ހަދައިގެން މި މައްސަލަ ހައްލުކުރުމަށް ގޮވާލައްވާފައި. ނަމަވެސް އިދިކޮޅު ޑިމޮކްރެޓުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ރައްޔިތުކަން ހޯދުމުގެ ބޭނުމުގައި އެމެރިކާއަށް ވިހަން އަންނަ މީހުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށް ސަރުކާރުން ދެކޭ.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 09:00
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓު ކުރިމަތީގައި، އުފަންވުމުން ލިބޭ ރައްޔިތުކަން ނުވަތަ "ބާތްރައިޓް ސިޓިޒަންޝިޕް" ދިނުމަށް ތާއީދުކޮށް 2026 އޭޕްރީލް 1 ވަނަ ދުވަހު ބަޔަކު އިހުތިޖާޖު ކުރަނީ

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ އެ ގައުމުގެ ސުޕްރީމް ކޯޓު ކުރިމަތީގައި، އުފަންވުމުން ލިބޭ ރައްޔިތުކަން ނުވަތަ "ބާތްރައިޓް ސިޓިޒަންޝިޕް" ދިނުމަށް ތާއީދުކޮށް 2026 އޭޕްރީލް 1 ވަނަ ދުވަހު ބަޔަކު އިހުތިޖާޖު ކުރަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކުދިންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބުން ހަނިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށް ކަނޑައަޅައި، އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ގަރާރު ބާތިލުކޮށްފި އެވެ.

ޓްރަމްޕްގެ އައު ދައުރުގެ ފުރަތަމަ ދުވަސް ކަމަށްވާ 2025 ޖެނުއަރީ 20 ވަނަ ދުވަހު ސޮއިކުރެއްވި މި ގަރާރުގައިވަނީ، އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކުދިންގެ މައިންބަފައިންގެ ތެރެއިން އެކަކީވެސް އެމެރިކާގެ ރައްޔިތަކަށް ނުވަތަ އެ ގައުމުގައި ދާއިމީކޮށް ދިރިއުޅުމުގެ ގާނޫނީ ހުއްދަ އޮތް މީހަކަށް ނުވާނަމަ، އެ ކުދިންނަށް ރައްޔިތުކަން ނުދިނުމަށް ފެޑަރަލް އެޖެންޓުންނަށް އަންގަވާފަ އެވެ. ނަމަވެސް، އެމެރިކާގެ ދަށު ކޯޓުތަކުން މި ސިޔާސަތަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ނިންމައި، މުޅި ގައުމުގައި އެ އަމުރު ތަންފީޒުކުރުން ހުއްޓުވާފައި އޮތުމުން، މިހާތަނަށް އެ ސިޔާސަތަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ. މި މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ޓްރަމްޕްގެ ސަރުކާރުންނެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުން މި މައްސަލަ ނިންމީ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ކޯޓުގެ ނިންމުމުގައިވަނީ، ޓްރަމްޕްގެ އަމުރަކީ އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގެ "ސިޓިޒަންޝިޕް ކްލޯޒް" ނުވަތަ ރައްޔިތުކަމާ ބެހޭ މާއްދާއާ ޚިލާފު އަމުރެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ އެމެރިކާގައި އުފަންވާ ނުވަތަ ގާނޫނީ ގޮތުން ރައްޔިތުކަން ހޯދާ ކޮންމެ މީހަކީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ.

މި ނިންމުމަށް ތާއީދުކުރެއްވި ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްގެ އިތުރުން ކޮންޒަވޭޓިވް ފަނޑިޔާރު އެމީ ކޯނީ ބެރެޓް އަދި ލިބަރަލް ތިން ފަނޑިޔާރުން ކަމަށްވާ އިލީނާ ކޭގަން، ސޯނިއާ ސޮޓޮމަޔޯ އަދި ކެޓާންޖީ ބްރައުން ޖެކްސަން ހިމެނިވަޑައިގަންނަވަ އެވެ. ކޮންޒަވޭޓިވް ފަނޑިޔާރު ބްރެޓް ކަވަނޯވެސް އެ ގަރާރު ބާތިލުކުރުމަށް ތާއީދުކުރެއްވި ނަމަވެސް، އޭނާ ވިދާޅުވީ އެ ގަރާރު ޚިލާފުވަނީ ސީދާ ގާނޫނުއަސާސީއާ ނޫން ކަމަށާއި، އެއީ އެމެރިކާގައި އުފަންވާ މީހުންގެ ދަރަޖަ ކަނޑައަޅާ 1940 ވަނަ އަހަރުގެ ފެޑަރަލް ގާނޫނާ ޚިލާފު އަމުރެއް ކަމަށެވެ.

ކޯޓުގައި ތިއްބަވާ އަނެއް ތިން ކޮންޒަވޭޓިވް ފަނޑިޔާރުން ކަމަށްވާ ކްލެރެންސް ތޯމަސް، ސެމިއުލް އެލީޓޯ އަދި ނީލް ގޯސަޗް ވަނީ މި ނިންމުމާ ދެކޮޅަށް ރައުޔު ނެރުއްވާފަ އެވެ. ފަނޑިޔާރު އެލީޓޯ މި ނިންމުމަކީ "ބޮޑު ގޯހެއް" ކަމަށް ސިފަކުރައްވައި ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ހިޖުރަވެރިންނަށް އުފަންވާ ކުދިންނަށް، އެ ކުދިންގެ މައިންބަފައިން ނިސްބަތްވާ ގައުމުގެ ރައްޔިތުކަން ލިބޭނަމަ، އޮޓޮމެޓިކުން އެމެރިކާގެ ރައްޔިތުކަން ލިބިގެން ނުވާނެ ކަމަށެވެ.

ފަނޑިޔާރު ތޯމަސް ވިދާޅުވީ، ރައްޔިތުކަން ހޯދުމުގެ ބޭނުމުގައި އެމެރިކާއަށް ދަތުރުކުރާ މީހުންނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި ފަނޑިޔާރު ގޯސަޗް ވެސް އެފަދަ މޭރަމަކުން ވާހަކަދައްކަވަމުން ވިދާޅުވީ، އެންމެ މުހިންމު ކަމަކީ އެ ކުއްޖެއްގެ މައިންބަފައިންނަކީ، އެމެރިކާއަކީ އެމީހުންގެ ދާއިމީ ވަޒަން ކަމުގައި ހަދައިގެން އުޅޭ ބައެއްތޯ ބެލުން ކަމަށެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސް މެދުވެރިކޮށް އައު ގާނޫނެއް ހަދައިގެން މިކަން ހައްލުކުރެވިދާނެ ކަމަށާއި، މިއަދުން މިއަދަށް އެ މަސައްކަތް ފެށުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ. އަދި އެފަދަ ބިލަކަށް ފުރިހަމަ ތާއީދު ދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ހައުސް ސްޕީކަރު މައިކް ޖޯންސަންވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަނީ ކޯޓުގެ ނިންމުމާމެދު މާޔޫސްވާކަން ހާމަކުރައްވާފައެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޖޯންސަން ވިދާޅުވީ، ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން "ބާތް ޓޫރިޒަމް" ނުވަތަ ރައްޔިތުކަން ހޯދުމަށް ވިހަން އަންނަ މީހުން އިތުރުވަމުންދާ ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް، އިދިކޮޅު ޑިމޮކްރެޓުން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. ހައުސް މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ވިދާޅުވީ ޓްރަމްޕްގެ އަމުރަކީ "ލަދުވެތި" އަދި "ކަނޑައެޅިގެން ގާނޫނާ ޚިލާފު" އަމުރެއް ކަމަށެވެ. ސެނެޓް މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ، މިއީ މީހުންގެ އަތުން ރައްޔިތުކަން "ފޭރިގަތުމަށް" ޓްރަމްޕް ކުރެއްވި މަސައްކަތް ހުއްޓުވައިދިން މުހިންމު ނިންމުމެއް ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ދަރިންނަށް އެމެރިކާގެ ރައްޔިތުކަން ހޯދައިދިނުމުގެ ބޭނުމުގައި އެ ގައުމަށް ދަތުރުކޮށް، ވިހެއުމަށްފަހު އެނބުރި ގައުމަށްދާ މީހުން ހުއްޓުވުމަށެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، މިފަދަ ކަންކަމާ ގުޅުންހުރި އެފްރިކާ އަދި ޔޫރަޕްގެ ނެޓްވޯކްތައް ރޫޅާލައި، އެތައް ސަތޭކަ ވިސާއެއް ބާތިލުކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެމެރިކާގައި އަހަރަކު އުފަންވާ ކުދިންގެ ތެރެއިން މިގޮތަށް ރައްޔިތުކަން ހޯދާ ކުދިންގެ ނިސްބަތަކީ އެންމެ 1 އިންސައްތައަށްވުރެވެސް ކުޑަ މިންވަރެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސުޕްރީމް ކޯޓުރައްޔިތުކަންގާނޫނުއަސާސީގެ 14 ވަނަ އިސްލާހުޖޯން ރޮބަޓްސްމައިކް ޖޯންސަންއެމެރިކާބާތްރައިޓް ސިޓިޒަންޝިޕް

އިތުރަށް ކިޔާލަން

01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

29 ޖޫން 2026
ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
29 ޖޫން 2026

އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

29 ޖޫން 2026
އެމެރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި
29 ޖޫން 2026

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް

29 ޖޫން 2026
އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް