Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޭޔަރު ޕޫލް ހުޅުވުން

ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!

ކޯޓު ފަޓުލޫނުގައި މަމްދާނީ ފަތާ މަންޒަރު ފެންނައިރު، އެ ވީޑިއޯ ތަަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި. ނަމަވެސް، އެއީ އާންމުކޮށް ހެދިފައިވާ އުސޫލާ ޚިލާފު ކަމެއް. އެގޮތުން ޤަވާއިދުގައި ބުނެފައި ވަނީ އާންމު ޕޫލް ތަކަށް އެރެންވާނީ ބާތު ސޫޓް ލައިގެން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2026 | ހޯމަ 05:29
ނިއު ޔޯކްގެ މޭޔަރު މަމްދާނީ ކުޑަ ކުދިންނާ އެކު ޕޫލުގައި.

ނިއު ޔޯކްގެ މޭޔަރު މަމްދާނީ ކުޑަ ކުދިންނާ އެކު ޕޫލުގައި. | ރޮއިޓާސް

ނިއު ޔޯކް ސިޓީގެ މޭޔަރު ޒޯރަން މަމްދާނީ ރަސްމީ ކޯޓު ފަޓުލޫނުގައި ހުންނަވައި، އާންމު ސްވިމިން ޕޫލް އަކަށް އެރިވަޑައިގެން ހޫނު މޫސުމުގެ ޕޫލް ސީޒަން ރަސްމީކޮށް ހުޅުވައި ދެއްވައިފި އެވެ. 

އީސްޓް ހާލެމްގައި ހުންނަ ތޮމަސް ޖެފަސަން ޕޫލް އަށް ކުޑަ ކުދިންތަކަކާ އެކު މަމްދާނީ އެރިވަޑައިގެންނެވީ، ކޯޓާއި ޓައި ހިމެނޭ ރަސްމީ ހެދުން ކޮޅުގައި އެވެ. ކުޑަ ކުދިންނާ އެކު މަމްދާނީ ފެތުމުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ޕޫލްތައް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާފައި ހުންނާނެ އެވެ. 

ކޯޓު ފަޓުލޫނުގައި މަމްދާނީ ފަތާ މަންޒަރު ފެންނައިރު، އެ ވީޑިއޯ ތަަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި އެވެ. ނަމަވެސް، އެއީ އާންމުކޮށް ހެދިފައިވާ އުސޫލާ ޚިލާފު ކަމެކެވެ. އެގޮތުން ޤަވާއިދުގައި ބުނެފައި ވަނީ އާންމު ޕޫލް ތަކަށް އެރެންވާނީ ބާތު ސޫޓް ލައިގެން ކަމަށެވެ. 

މިއަހަރުގެ މާޗު މަހުގެ ތެރޭގައި މަމްދާނީ ވަނީ ޕޫލް ހުޅުވުމުގެ ގޮތުން، ފެންގަނޑަށް ފުންމާލާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މިފަދަ އިޝާރާތެއް މަމްދާނީ ކުރައްވާފައި ވަނީ ކުރީގެ މޭޔަރު މައިކަލް ބްލޫމްބާގްއާ އެއްގޮތަށް، ޕޫލް ހުޅުވާ ދުވަހު ފެން ގަނޑަށް ފުންމާލަން ގަސްދު ކުރައްވަންތޯ ސުވާލު ކުރުމުންނެވެ. ކުރީގެ މޭޔަރު ބްލޫމްބާގް އަކީ ޕޫލް ހުޅުވި ދުވަހު އެންމެ ފަހުން ފެން ގަނޑަށް ފުންމާލެއްވި މޭޔަރެވެ. ކުރީގެ މޭޔަރު ބިލް ޑި ބްލާސިއޯ އަދި އެރިކް އެޑަމްސް މި ސަގާފަތް ކުރިއަށް ގެންދަވާފައި ނުވެ އެވެ. 

ޕޫލް ހުޅުވުމުގެ ގޮތުން މަމްދާނީ ފެން ގަނޑަށް ފުންމާލުމާ އެކު، އެތަނުގައި ތިބި ކުޑަ ކުދިންނަށް އެކަން ވެގެން ދިޔައީ ވަރަށް މަޖާ ކަމަކަށެވެ. އަދި ޕޫލްގައި އެ ވަގުތު ތިބި ކުދިން މަމްދާނީއާ އެކު ސަކަރާތް ޖަހައި، މަޖާ ކުރަމުންދާ މަންޒަރު ވެސް ފެނެ އެވެ. އެގޮތުން ބައެއް ކުދިން ބުނެފައި ވަނީ މަމްދާނީ އެކަން ކުރުމަކީ ވަރަށް މަޖާ ކަމެއް ކަމަށާއި، އެކަން އެހެން ކުރާނެ ކަމަށް ކުރިން ޤަބޫލު ނުކުރެވުނު ކަމަށެވެ. 

ބައެއް ކުދިން ވަނީ މަމްދާނީ އެ ކުދިންގެ އަތުގައި ހިފައިގެން ސަކަރާތް ޖެހުމުގައި ބައިވެރިވެފައިވާތީ، އެކަން ވެސް ފާހަގަ ކޮށްފައި އެވެ. 

މަސްދަރު: ފަސްޓްޕޯސްޓު

އެމެރިކާނިއު ޔޯކް ސިޓީޒޮހްރާން މަމްދާނީ

އިތުރަށް ކިޔާލަން

28 ޖޫން 2026

ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!

28 ޖޫން 2026
ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!
27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި

27 ޖޫން 2026
ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
22 ޖޫން 2026

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

22 ޖޫން 2026
ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި
21 ޖޫން 2026

ބައިޑަންގެ ފޯނު ކޯލުގެ ރެކޯޑިން ހާމަ ކުރުން ހުއްޓުވުމަށް ކުރި މަސައްކަތް ކޯޓުން ބަަލައި ނުގަތް

21 ޖޫން 2026
ބައިޑަންގެ ފޯނު ކޯލުގެ ރެކޯޑިން ހާމަ ކުރުން ހުއްޓުވުމަށް ކުރި މަސައްކަތް ކޯޓުން ބަަލައި ނުގަތް
21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
21 ޖޫން 2026

ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ

21 ޖޫން 2026
ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ
20 ޖޫން 2026

ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި

20 ޖޫން 2026
ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު