Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހިކަމުގެ ގާނޫނު

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

ރަށްވެހިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން، ރަށްފުށުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުވެފައިވާތީ އެކަން ބަދަލުކުރަންޖެހޭ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރު ވިދާޅުވި. އާންމު ޚިދުމަތްތައް ހޯދުމުގައި ވަކި ރަށަކަށް ނިސްބަތްވާތީ ކުރިމަތިވާ ތަފާތުކުރުންތައް ނައްތާލައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރުމަށް އޭނާ ގޮވާލެއްވި. އެހެންކަމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ހައްލެއް ހޯދުމަށް މި ބިލު ފާސްކުރުން މުހިންމުކަން މެންބަރު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2026 | ހޯމަ 10:27
ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރާއްޖޭގައި ބައެއް ގާނޫނުތައް ހަދާފައިވާ ގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ. 

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ސަމީރު ވިދާޅުވީ ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ކަސްތޮޅު އެޅުވިފައިވާ ކަމަށާއި، ލިބެންޖެހޭ އެތައް ހައްގަކުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުފުލަން ނުޖެހޭ އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް މެންބަރު ސަމީރު ވިދާޅުވި އެވެ.

މެންބަރު ސަމީރު ވިދާޅުވީ މިކަން ބަދަލު ކުރާން ޖެހޭ ކަމަށާއި، ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. 

އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ވެރިކަމުގައި އޮންނަ ފަރާތްތަކުން ނޫނީ އަޅުގަނޑުމެންގެ ގާނޫނުހަދާ މަޖިލީހެއް ހެދޭ ގާނޫނުގެ ސަބަބުން އަޅުގަނޑުމެންގެ ރަށްފުށުގައި އުޅޭ މީހުން އެޅިފައި ހުރި ކަސްތޮޅު. އަޅުގަނޑުމެންނަށް ލިބެންވާ އެތައް ބައިވަރު ހައްގެއް އަޅުގަނޑުމެންގެ މައިންބަފައިން އުފުލަންނުޖެހޭ އެތައް ބައިވަރު ތަކުލީފެއް އަޅުގަނޑުމެން އުފުލާފައި މި ތިބީ. އަޅުގަނޑުމެން މިއަދު ނަޒަރު ހިންގާ ބަލައިލާއިރު، މި މަޖިލީހުގެ ބޮޑު ބައެއް މި ބުނާ، ރާއްޖެތެރޭ ރަށްފުށު މީހުންނަށް ނިސްބަތްވާއިރުގައި އަޅުގަނޑު ގަބޫލެއް ނުކުރަން، މިފަދަ ގާނޫނުތަކަކީ އިސްލާހުނުވެ، މިފަދަ ކަސްތޮޅުތަކުގައި އަޅުގަނޑުމެން އެޅެން ތިބެންޖެހޭނެކަން. އަޅުގަނޑުމެން މިއަދު އުފާވޭ، މި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސަކީ ވެސް ރާއްޖެތެރޭ ރަށަކަށް ވާ މީހަކަށްވާތީ.  
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

މެންބަރު ސަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވެސް ވަކި ރަށެއް، ވަކި ބައެއް ނުވަތަ ވަކި ކުލައަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހޭ ބައެއް ކަމަށާއި، ގާނޫނުތައް ވެސް އެގޮތަށް ހަދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ވަކި ދާއިރާއަކުން އިންތިޚާބު ކުރި ނަމަވެސް ވަކި ރަށެއް ތަމްސީލު ކުރަން ނުޖެހޭ ކަމަށާއި، މަސައްކަތް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. 

ނަމަވެސް އާއްމު ޚިދުމަތްތައް ދެމުންދާއިރު، ވަކި ރަށަކަށް، ވަކި ތަނަކަށް  ނިސްބަތްވާތީވެ އެމީހަކު ވަރަށް ގިނަ ހައްގުތަކުން މަހުރޫމުވާ ކަމަށެވެ.

އެހެންކަމުން މިފަދަ މައްސަލަތައް ހައްލު ކުރުމަށް ރަށްވެހިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ، ފާސް ކުރަން ޖެހޭ ކަމަށް މެންބަރު ސަމީރު ގޮވާލެއްވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްރަށްވެހިކަމުގެ ގާނޫނުހުސެއިން ސަމީރު

އިތުރަށް ކިޔާލަން

29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
25 ޖޫން 2026

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

25 ޖޫން 2026
ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
24 ޖޫން 2026

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

24 ޖޫން 2026
"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު