Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްސިއްޚަތް

ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ހިމެނުން އެންމެ ފައިދާހުރި މޭވާތައް އިނގޭތަ؟

ޒަރޫރީ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއާއި ތަރުކާރީއަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ބާވަތްތަކެއް. އެހެންކަމުން، ދުވަހުން ދުވަހަށް ބޭނުންކުރާ ކާބޯތަކެތީގެ ތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ސިއްހީ ގޮތުން ނުހަނު މުހިންމު ކަމެއް.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 18 ޖޫން 2026 | ބުރާސްފަތި 05:43
ސިއްހަތަށް ފައިދާހުރި ބައެއް މޭވާތައް - ގިނަ ބާވަތްތަކުގެ މޭވާއަކީ ފައިބަރުގެ މާއްދާ މުއްސަނދި ތަކެތި ކަމަށްވުމުން، އެއީ ގިނަ ވަގުތު ބަނޑުފުރިފައި ހުރިކަމުގެ އިހުސާސްކޮށްދޭ އެއްޗެއް. މީގެ ސަބަބުން، ގިނައިން ކެއުމުން ދުރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދޭ.

ސިއްހަތަށް ފައިދާހުރި ބައެއް މޭވާތައް - ގިނަ ބާވަތްތަކުގެ މޭވާއަކީ ފައިބަރުގެ މާއްދާ މުއްސަނދި ތަކެތި ކަމަށްވުމުން، އެއީ ގިނަ ވަގުތު ބަނޑުފުރިފައި ހުރިކަމުގެ އިހުސާސްކޮށްދޭ އެއްޗެއް. މީގެ ސަބަބުން، ގިނައިން ކެއުމުން ދުރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދޭ. | ހެލްތްފިޓްނެސްހަބް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކެއިންބުއިމުގެ އާދަކާދަތައް ދުރާލާ ރޭވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ހާއްސަކޮށް، އެކި ބާވަތްތަކުގެ މޭވާތަކަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމުގައި އަދާކުރާ ދައުރު ބޮޑު އެއްޗެކެވެ. އެގޮތުން މި ބަލައިލަނީ ކެއުމަށް އެންމެ ފައިދާހުރި ބައެއް މޭވާތަކާއި އޭގެ ސަބަބުން ހަށިގަނޑަށް ކުރާ ފައިދާތަކަށެވެ.

އާފަލު

އާފަލަކީ ހަށިގަނޑަށް ބޭނުންވާ ފައިޓޯނިއުޓްރިއަންޓްސް އާއި އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އާފަލު ކެއުމުގެ ސަބަބުން ދަތްތައް ސާފުކޮށްދީ، އަނގަ ތާޒާކޮށްދިނުމަށް އެހީތެރިވެދެ އެވެ. އާފަލުގެ އަސްލު ރަހައާއި މީރުވަސް އެކުލެވިގެންވަނީ އޭގެ ތޮށިގަނޑުގައި ހުންނަ "ފްރެގްރެންސް ސެލް" ތަކުގައެވެ. އެހެންކަމުން، އާފަލުން ލިބޭ ފުރިހަމަ ރަހައާއި ފައިބަރުގެ މާއްދާތައް ހޯދުމަށްޓަކައި، ތޮށި ނުނޮޅާ ކެއުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

ދޮންކެޔޮ

ދޮންކޭލަކީ އެންމެ ގިނައިން ޕޮޓޭސިއަމް އެކުލެވިގެންވާ އެއް މޭވާއެވެ. މެދު ސައިޒުގެ ދޮންކޭލެއްގައި ގާތްގަނޑަކަށް 295 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ. މިއީ ބޮޑު މީހަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ ގާތްގަނޑަކަށް 7 އިންސައްތަ އެވެ. ޕޮޓޭސިއަމްއަކީ ހަށިގަނޑުގެ މަސްތަކުގެ ހަރަކާތްތައް ފުރިހަމައަށް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ދޮންކެޔޮ އަވަހަށް ދޮންކުރުމަށްޓަކައި ކަރުދާސް ކޮތަޅެއްގައި ބެހެއްޓިދާނެ އެވެ. މިގޮތަށް ހެދުމުން އޭގައި ހިމެނޭ "އެތިލީން" ގޭހުގެ ސަބަބުން ދޮންވުން އަވަސްކޮށްދެ އެވެ. އަދި ދޮންކެޔޮ އައިސްއަލަމާރީގައި ބެހެއްޓުމުން ތޮށިގަނޑު ކަޅުވި ނަމަވެސް، އެތެރޭގެ މޭވާ އޮންނާނީ ގާތްގަނޑަކަށް ހަފުތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގަ އެވެ.

ސިއްހަތަށް ފައިދާހުރި ބައެއް މޭވާތައް
ސިއްހަތަށް ފައިދާހުރި ބައެއް މޭވާތައް

ބެރީގެ ބާވަތްތައް: ބަލިތަކުން ދިފާއުކޮށްދޭ ބާރެއް

ހުރިހާ މޭވާތަކެއްގެ ތެރެއިން އެންމެ ގިނައިން އެންޓިއޮކްސިޑަންޓްސް ހިމެނެނީ ބެރީގެ ބާވަތްތަކުގަ އެވެ. މި މާއްދާތަކުގެ ސަބަބުން އެކި ބަލިތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކޮށްދީ، ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެ އެވެ. މިގޮތުން ބްލޫބެރީ، ކްރޭންބެރީ، ބްލެކްބެރީ، ރާސްބެރީ އަދި ސްޓްރޯބެރީއަކީ މިފަދަ ފައިދާތައް ގިނައިން އެކުލެވިގެންވާ ބާވަތްތަކެވެ.

ދޫރިއަން

ވިޓަމިންތަކުން ފުރިގެންވާ "މޭވާތަކުގެ ރަސްގެފާނު" ދޫރިއަންއަކީ ހަށިގަނޑަށް ބޭނުންވާ އެތައް ވިޓަމިންތަކާއި މިނަރަލްތަކެއް އެކުލެވިގެންވާ މޭވާއެކެވެ. މީގެ ތެރޭގައި ވިޓަމިން ބީ-1 (ތަޔަމިން) އަދި ބީ-6 (ޕައިރިޑޮކްސިން) ފާހަގަކޮށްލެވެއެވެ. މިއީ ފައިބަރު ލިބިދޭ މުހިންމު ވަސީލަތެއްގެ އިތުރުން، އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް އެކުލެވިގެންވާ މޭވާއެއް ނޫނެވެ. ނަމަވެސް، ދޫރިއަންގައި ހަކުރު ހުންނަ މިންވަރު މަތިވުމުގެ ސަބަބުން އޭގައި ކެލޮރީ ގިނައެވެ. އެހެންކަމުން، ދޫރިއަން ކެއުމުގައި މެދުމިންވަރެއް ގެންގުޅުން މުހިންމެވެ (އެއްފަހަރާ ހަތަރު އޮށަށްވުރެ ގިނައިން ނުކެއުމަށް ސަމާލުކަން ދޭންވާނެ އެވެ).

މި މޭވާތަކަކީ އަޅުގަނޑުމެންގެ ކެއުމުގެ އާދަކާދައިގެ ތެރޭގައި ހިމެނުމުން، ހަށިގަނޑަށް ނުހަނު ބޮޑެތި ފައިދާތަކެއް ލިބިދޭނެ ބާވަތްތަކެކެވެ. ސިއްހަތަށް ފައިދާކުރަނިވި މިފަދަ ކާނާ އިޚްތިޔާރު ކުރުމަކީ، ބާއްޖަވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި އެޅޭނެ ނުހަނު މުހިންމު ފިޔަވަޅެކެވެ.

އާފަލްދޮންކެޔޮދޫރިއަންސިއްހީ ގޮތުން ރަނގަޅު ކާނާމޭވާ އާއި ތަރުކާރީ

އިތުރަށް ކިޔާލަން

07 މެއި 2026

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން

07 މެއި 2026
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކާނާއަށް ގެނެވޭނެ އެންމެ ނަތީޖާ ރަނގަޅު އެއް ބަދަލަކީ ފައިބާ ބޭނުންކުރާ މިންވަރު އިތުރުކުރުން
11 މާރިޗު 2026

ވިޓަމިން ޑީ އެންމެ ފުރިހަމައަށް ހަށިގަނޑަށް ނެގުމަށް ބިސް ކާންވީ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

11 މާރިޗު 2026
ވިޓަމިން ޑީ އެންމެ ފުރިހަމައަށް ހަށިގަނޑަށް ނެގުމަށް ބިސް ކާންވީ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
28 ޑިސެމްބަރު 2023

ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި

28 ޑިސެމްބަރު 2023
ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި
08 ޑިސެމްބަރު 2023

އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ

08 ޑިސެމްބަރު 2023
އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު