Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީރާން ޓީމަށް ހުއްދަ

ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި

24 ޖޫން 2026 | ބުދަ 05:29

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޓާސްކު ފޯހުގެ އިސްވެރިޔާ އެންޑްރޫ ޖިއުލިއާނީ މީޑިއާ ތަކަށް ވިދާޅުވެފައި ވަނީ މިއީ އެމެރިކާ އިން ކުރިން ވެސް ރާވާފައި އޮތް ގޮތް ކަމަށް. އެގޮތުން ފުރަތަމަ ދެ މެޗުގެ ދަތުރުތައް ރަނގަޅަށް ދާ ނަމަ، ދަތުރު ކުރުމުގައި އިތުރު ވަގުތު ދިނުމަށް ނިންމާފައި އޮތް ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 05:29
މީގެ ކުރިން ކުރި ދަތުރެއްގައި އީރާންގެ ކުޅުންތެރިން ފްލައިޓުން ފައިބަނީ.

މީގެ ކުރިން ކުރި ދަތުރެއްގައި އީރާންގެ ކުޅުންތެރިން ފްލައިޓުން ފައިބަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރަމުން އަންނަ އީރާންގެ ޓީމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަަކެއް ލުއި ދިނުމަށް އެމެރިކާ އިން ނިންމައިފި އެވެ. 

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް އިން އަންގާރަ ދުވަހު ބުނެފައި ވަނީ، މީގެ ކުރިން އީރާންގެ ޓީމަށް އަޅާފައިވާ ހުރަސްތައް ލުއި ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މެޗުގެ ދެ ދުވަސް ކުރިން އެމެރިކާ އަށް ދަތުރު ކުރުމުގެ ހުއްދަ އީރާން އަށް ވަނީ ދީފައި އެވެ. 

މިއާ އެކު، ހުކުރު ދުވަހު އެމެރިކާގެ ސިއެޓަލްގައި ކުޅޭ މެޗަށް ބުދަ ދުވަހު އީރާންގެ ޓީމު މެކްސިކޯ އިން ފުރާނެ ކަމަށް ވަނީ ބުނެފައި އެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، ހުކުރު ދުވަހު މިޞްރާ ދެކޮަޅަށް ކުޅޭ މެޗު ނިމުމާ އެކު، އީރާންގެ ޓީމު އެމެރިކާ އިން ފައިބަން ޖެހޭނެ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޓާސްކު ފޯހުގެ އިސްވެރިޔާ އެންޑްރޫ ޖިއުލިއާނީ މީޑިއާ ތަކަށް ވިދާޅުވެފައި ވަނީ މިއީ އެމެރިކާ އިން ކުރިން ވެސް ރާވާފައި އޮތް ގޮތް ކަމަށެވެ. އެގޮތުން ފުރަތަމަ ދެ މެޗުގެ ދަތުރުތައް ރަނގަޅަށް ދާ ނަމަ، ދަތުރު ކުރުމުގައި އިތުރު ވަގުތު ދިނުމަށް ނިންމާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އީރާންގެ ޓީމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން، މުބާރާތުގެ ފުރަތަމަ ދެ މެޗަށް ދަތުރު ކުރުމުގައި އީރާން އަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވި އެވެ. އެގޮތުން އީރާާން އަށް އެމެރިކާ އަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ މެޗުގެ 24 ގަޑިއިރު ކުރިންނެވެ. އެކަމާ ގުޅިގެން އީރާންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ފީފާ އަށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ. 

ފީފާ ވާރލްޑް ކަޕް 2026ފީފާއީރާން ޤައުމީ ފުޓުބޯޅަ ޓީމުޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖޫން 2026

ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް

24 ޖޫން 2026
ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް
24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
24 ޖޫން 2026

ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް

24 ޖޫން 2026
ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް
24 ޖޫން 2026

ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި

24 ޖޫން 2026
ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި
24 ޖޫން 2026

ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު

24 ޖޫން 2026
ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު
24 ޖޫން 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

24 ޖޫން 2026
އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް
23 ޖޫން 2026

ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި

23 ޖޫން 2026
ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި
23 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

23 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް