Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް

24 ޖޫން 2026 | ބުދަ 05:27

އިންފަންޓީނޯގެ މި ބުރަ ދަތުރު ތަކުގެ ތާވަލްގެ ފަހަތުގައިވާ ސިއްރަކީ ޤަތަރު އެއާވޭސް އިން ފީފާ އަށް ފޯރުކޮށްދީފައިވާ ޚާއްސަ ޕްރައިވެޓް ޖެޓެއް. މިއީ ޤަތަރު އެއާވޭސް އާއި ފީފާއާ ދެމެދު އޮންނަ ސްޕޮންސާޝިޕް އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައިވާ އިންތިޒާމެއް. މި އިންތިޒާމުގެ ސަބަބުން މުބާރާތް ބާއްވާ ތިން ޤައުމުގެ އެކި ސިޓީ ތަކުގެ މެދުގައި ވަރަށް އަވަހަށް ދަތުރު ކުރުމުގެ ފުރުސަތު އިންފަންޓީނޯ އަށް ލިބިވަޑައިގެންފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 05:27
ވޯލްޑް ކަޕްގެ މެޗެއް ބެއްލެވުމަށް އިންފަންޓީނޯ ވަޑައިގެން ހުންނެވި މަންޒަރު.

ވޯލްޑް ކަޕްގެ މެޗެއް ބެއްލެވުމަށް އިންފަންޓީނޯ ވަޑައިގެން ހުންނެވި މަންޒަރު. | ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގިނަ މެޗު ތަކެއް ބައްލަވަން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަޑައިގަންނަވާތީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ. 

މިފަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކަމަށްވާއިރު، މުބާރާތުގެ ގިނަ މެޗު ތަކެއް ބައްލަވަން އިންފަންޓީނޯ ވަޑައިގަންނަވަ އެވެ. އެހެންވެ އެކި ސިޓީ ތަކުގެ މެދުގައި ދަތުރު ކުރެއްވުމުގައި އިންފަންޓީނޯ އަމަލު ކުރައްވާ ގޮތާ މެދު ސުވާލު ތަކެއް ވެސް އުފެދިފައި އެވެ. ތިން ޤައުމުގައި ކުރިއަށްދާ މި މުބާރާތުގައި އިންފަންޓީނޯ ދުވާލަކު މަދު ވެގެން ދެ މެޗު ބައްލަވަން އެކި ސިޓީ ތަކަށް ވަޑައިގަންނަވަ އެވެ.

އިންފަންޓީނޯގެ މި ބުރަ ދަތުރު ތަކުގެ ތާވަލްގެ ފަހަތުގައިވާ ސިއްރަކީ ޤަތަރު އެއާވޭސް އިން ފީފާ އަށް ފޯރުކޮށްދީފައިވާ ޚާއްސަ ޕްރައިވެޓް ޖެޓެކެވެ. މިއީ ޤަތަރު އެއާވޭސް އާއި ފީފާއާ ދެމެދު އޮންނަ ސްޕޮންސާޝިޕް އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައިވާ އިންތިޒާމެކެވެ. މި އިންތިޒާމުގެ ސަބަބުން މުބާރާތް ބާއްވާ ތިން ޤައުމުގެ އެކި ސިޓީ ތަކުގެ މެދުގައި ވަރަށް އަވަހަށް ދަތުރު ކުރުމުގެ ފުރުސަތު އިންފަންޓީނޯ އަށް ލިބިވަޑައިގެންފައިވެ އެވެ. 

އިންފަންޓީނޯ ދަތުރު ކުރައްވަނީ ޤަތަރު އެއާވޭސް އެގްޒެކެޓިވް އިން އޮޕަރޭޓު ކުރާ ގަލްފްސްޓްރީމް ޖީ 650 އީއާރު މަރުކާގެ މަތިންދާ ބޯޓެއްގައި އެވެ. ގަޑިއަކު ގާތް ގަނޑަކަށް 1000 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރާ މި ބޯޓަކީ، އެއްފަހަރާ 13،900 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓެކެވެ. 

Loading Instagram post...

މި ބޯޓުގެ ކެބިން ފަރުމާ ކޮށްފައި ވަނީ އޮފީހެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އަދި އަރާމު ކޮށްލެވޭނެ ފަދަ ލަގްޒަރީ ސޫޓެއްގެ ގޮތުގައި އެވެ. މިއީ އިންފަންޓީނޯ އަށް މެޗު ތަކުގެ މެދުގައި އޮންނަ މަދު ވަގުތު ކޮޅުގެ ތެރޭގައި އެއް ސިޓީ އިން، އަނެއް ސިޓީ އަށް ވަޑައިގަތުމަށް މަގުފަހިހާ މައިގަނޑު ސަބަބު ކަމަށް ބުނެފައި އެވެ. 

މުބާރާތް ފެށި ދުވަހު އިންފަންޓީނޯ ހުންނެވީ މެކްސިކޯގައި އެވެ. އެއީ މުބާރާތުގެ ފުރަަތަމަ މެޗުގައި މެކްސިކޯ އާއި ދެކުނު އެފްރިކާާ ބައްދަލު ކުރި މެޗުގައި އެވެ. އޭގެ ގަޑިއިރު ތަކެއް ފަހުން އޭނާ ވަނީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލު ކުރި މެޗު ބައްލަވަން މެކްސިކޯގެ ގުއަޑަލަޖަރާ އަށް ވަޑައިގެންފައި އެވެ.

މުބާރާތުގެ ދެ ވަނަ ދުވަހު އިންފަންޓީނޯ ހުންނެވީ އެމެރިކާގައި އެވެ. އެއީ މުބާރާތުގައި އެމެރިކާގެ ފުރަތަމަ މެޗުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު ބެއްލެވުމަށެވެ. އޭގެ ފަހުން އިންފަންޓީނޯ ވަނީ އެމެރިކާގެ ސެން ފްރެންސިސްކޯ އާއި ކެނެޑާގެ ވެންކޫވާ އަށް ވެސް ވަޑައިގެންފައި އެވެ.

ނަމަވެސް، ކޮންމެ ދުވަހަކު ޕްރައިވެޓް ޖެޓެއްގައި އިންފަންޓީނޯ ކުރައްވާ މި ދަތުރުތަކާ ގުޅިގެން ތިމާވެށީގެ މާހިރުންގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައި އެވެ. ވޯލްޑް ކަޕް އަކީ މިހާރު ވެސް ތިމާވެއްޓަށް ބޮޑު އަސަރެއް ކުރާ މުބާރާތަކަށް ވާއިރު، މިހާ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ބޭނުން ކުރުމަކީ ކާބަން ފުޓްޕްރިންޓް އިތުރު ވާނެ ކަމެއް ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

މި ފާޑުކިޔުންތަކާ އެކު ވެސް، ފީފާ އިން ބުނަމުން ދަނީ މި ދަތުރު ތަކުގެ ސަބަބުން މުބާރާތް ބާއްވާ ތިން ގައުމުގެ ސަޕޯޓަރުންނާ ގާތުން ގުޅުން ބޭއްވުމަށާއި، މުބާރާތުގެ ކަންކަން ގާތުން ބެލެހެއްޓުމަށް ރައީސް އަށް ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް، މިހާ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުގައި ދަތުރު ކުރުމަކީ އެންމެ މުހިންމު ކަމެއްތޯ ބައެއް ފަރާތްތަކުން އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

ފީފާފީފާ ވާރލްޑް ކަޕް 2026ޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
24 ޖޫން 2026

ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް

24 ޖޫން 2026
ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް
24 ޖޫން 2026

ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި

24 ޖޫން 2026
ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި
24 ޖޫން 2026

ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު

24 ޖޫން 2026
ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު
24 ޖޫން 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

24 ޖޫން 2026
އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް
23 ޖޫން 2026

ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި

23 ޖޫން 2026
ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި
23 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

23 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް