Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް.ޑރ މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، ރަށްރަށުގެ އިހުތިސާސާއި ބިންތަކަށް ސަރުކާރުން އަތްގަދަކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ މެންބަރު ވަހީދު ވަނީ ފާޑު ވިދާޅުވެފައި. ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ އުސޫލުތަކާ މި ސަރުކާރުން ޚިލާފުވަމުންދާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ވަހީދު ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 09:06
އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް އާއި ބިން ފޭރިގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވަހީދު ވިދާޅުވީ، ދުނިޔޭގެ ތާރީހުގައި ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ފުރަތަމަ އައީ ބަޔެއްގެ ޓެރިޓޮރީއަށް ވަނުމުން ކަމަށާއި، މިހާރު ވެސް ބައެއްގެ ސަރަހައްދަށް އެހެން ބަޔަކު އަތްގަދަ ކުރާ ނަމަ ދެކޮޅުވެރިކަން ފެށޭ ކަމަށެވެ. 

މިއީ މަސްލަހަތު އެއްކޮށް ގެއްލޭ ކަމެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތުން ރާއްޖޭގެ ކޮންމެ ރަށެއް ވަށައިގެން އޮތް 700 މީޓަރުން ކަނޑު އޮޅިން އެތެރެ އެރަށުގެ އަމިއްލަ ބައެއްގެ ގޮތުގައި ކަނޑައަޅައި ދީފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު މިހާރު ކޮންމެ ރަށެއްގެ އިހުތިސާސް ފޭރި ގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މިސަރުކާރުގައި ރަށްރަށުގެ ރައްޔިތުންނަށް މިހާރު އެރަށެއް ތަރައްގީ ކުރުމުގެ ބާރެއް ނެތް ކަމަށާއި، ކައުންސިލް ތަކަށް ދިން ބްލޮކް ގްރާންޓާއި، ކައުންސިލަރުންގެ އަދަދު މަދުކޮށް ރައްޔިތުންނާއި، ކައުންސިލްގެ ބާރުަތައް ހިފަހައްޓަމުންދާ ކަމަށެވެ. 

ޑރ.މުއިއްޒު މިހާރު އެގެންދަވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރި ގަންނަން ތައްޔާރުވަމުން. ކޮންމެ ރަށެއްގެ ބިން ފޭރިގަންނަން ތައްޔާރުވަމުން އެދަނީ. ބައްލަވާ މަސްމަހާ މެހި ވެސް އެސޮރުގެ އާއިލާ ނުވަތަ ވިހައިގެން އުޅޭ އެއްޗެހި އުޅޭ ސަރަހައްދަށް މީހަކު ކައިރި ވަންޏާ ކޮށައި ގަންނާނެ. ކުކުޅުހާ ވެސް މި ދެންނެވިހެން ހާއްޔާ މީހަކު ކައިރިވާ ކަމަށްވަންޏާ ދެކޮޅު ވެރިކަމުގެ ކޮންމެވެސް ކަމެއް ދައްކާނެ. ހިފައި ގަންނާނެ. ކުރިމަތިލާނެ. ވަލު ޖަނަވާރުން ހުންނަ ކަމެއް އެއީ އޭގެ ޓެރިޓަރީއަށް ދަރިން އުޅޭ ތަނަށް އާއިލާ އުޅޭ ތަނަށް އެހެން މީހަކު ވަދެ ގަންނަންޏާ ދެކޮޅު ވެރިވާނެ. ހަމަލާ ދޭނެ. މަޑެއްކޮށް ނުތިބޭނެ. ރާއްޖޭގެ ކޮންމެ ރަށެއްގެ އިހުތިސާސް ބައްލަވާ މިވީ ދެ އަހަރުގެ ތެރޭގައި އެންމެ ގާނޫޏު އަސާސީއަށް ގެނައި އެންމެ ބަދަލަކު އެހުރީ ޖީބަށް ލައްވައިގެން. 
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު

މިސަރުކާރުގެ ދެ އަަހަރުގެ ތެރޭގައި ހައްގަކުން ހައްގެއް ނިގުޅައި ގަންނަމުންދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، ދިރިއުޅުމުގެ ހައްގު، އިޖްތިމާއީ ހައްގު، އަދި އިގްތިސާދީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. 

ވަހީދު ވިދާޅުވީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ނުލިބޭ ކަމަށާއި، އެންމެ އަސާސީ ބޭސް ހޯދުމަށް ވެރިން ގާތަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދައުލަތުން ޔަގީންކަން ދީގެން ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ކޯސް ފީ ނުލިބި ވެސް ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިވަން ދައުލަތެއް ވެއްޖެއްޔާ ހިނގަންޖެހޭނެ އެންމެ އަސާސީ ސިފައަކީ އެގައުމެއްގައި ލިޔެ ކަނޑައެޅިފައި އޮންނަ ގާނޫނު އަސާސީއާ އެއްގޮތަށް ދައުލަތް ހިންގުން. ބައްލަވާ ލާމަރުކަޒީ ނިޒާމު އެކަންޏެއް ނޫނޭ ހަލާކުކޮށްލައްވައިގެން މިއުޅެނީ. ގާނޫނު އަސާސީގެ 4 ވަނަ މާއްދާ އެހުރީ ހަލާކުކޮށްލައްވައިގެން. 5 ވަނަ މާއްދާ އެހުންނެވީ ޖާބަށް ލައްވައިގެން. 6 ވަނަ މާއްދާ އެހުންނެވީ ގަނޑުބަޑު ކުރައްވައިގެން. 7 ވަނަ މާއްދާ އެ ހުންނެވީ އޮޅާލައްވައިގެން. ގާނޫނު އަސާސީގައި އަސާސީ ހައްގުތައް، ހައްގަކުން ހައްގަކުން އެ ގެންދަނީ އަތުލަމުން ފޭރެމުން އެންމެ ދެ އަހަރުގެ ތެރޭގައި. ގާނޫނު އަސާސީ ކަށަވަރު ކުރޭ ދިރިހުުރުމުގެ ހައްގު. އަޅުގަނޑުމެން މިހާރު ވެރިންނަށް ސަނާ ކިޔައިގެން ވެރިކަމަށް ތަބާވެގެން ކުރުނީސް ކޮށްގެން ނޫނީ ދިރިނޫޅެވޭ ހާލަތަށް ދިވެހި ރައްޔިތުން އަޅުވެތި ކޮށްފި އެންމެ ދެ އަހަރުގެ ތެރޭގައިި.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު

ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި، އަންނަން އޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ  ވެށި ސަލާމަތުން ރައްކާތެރިކޮށް ފޯރުވައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވާދޫ ކަނޑުއޮޅި ހިއްކަމުން ދަނީ ފަނިގަނޑެއް ގިރާހެން ކަމަށާއި، ތިމާވެއްޓަށް ރައްކާތެރި ވުމުގެ ގޮތުން ގެންގުޅެމުން އައި ހުރިހާ ހަމައެއް ނަގާލައި، އީއައިއޭ ހެދުން ވެސް ހުއްޓާލާފައިވާ ކަަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މިއީ ރަނގަޅު ވެރިއެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހައްދަވާފައިވާ ހުރިހާ ދޮގުތަކާ ރައްޔިތުން ކުރިމަތިލުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

އެމްޑީޕީލާމަރުކަޒީ ނިޒާމުމުހައްމަދު ވަހީދު (ވައްޑެ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

25 ފެބުރުއަރީ 2026
ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

24 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

24 ފެބުރުއަރީ 2026
ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު