Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި

20 ޖޫން 2026 | ހޮނިހިރު 07:29

އޮބާމާގެ މި ރިޔާސީ މަރުކަޒު ޤާއިމު ކޮށްފައި ވަނީ ގާތް ގަނޑަކަށް 850 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން. މި މަރުކަޒުގައި އާންމު ލައިބްރަރީއެއްގެ އިތުރުން، މިއުޒިއަމް އަކާއި، ފަންނުވެރި ކަމުގެ ހޯލެއް އަދި ބާސްކެޓު ކުޅޭނެ ކުޅިވަރު މަރުކަޒެއް ވެސް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:29
އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ އޮބާމާ އާއި، ކްލިންޓަން، ބުޝް އަދި ބައިޑަން.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ އޮބާމާ އާއި، ކްލިންޓަން، ބުޝް އަދި ބައިޑަން. | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.

އެމެރިކާގެ ޗިކާގޯގައި ހުންނަ މި މަރުކަޒު ހުޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި އެމެރިކާގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުން ދައުވަތު ދީގެން އެކި އެކި ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި އެވެ. 

އޮބާމާ ފައުންޑޭޝަން އިން ޚަރަދު ކޮށްގެން ޤާއިމު ކޮށްފައިވާ މި މަރުކަޒު ހުންނަނީ ޗިކާގޯގެ ތާރީޚީ ޖެކްސަން ޕާކުގައި އެވެ. މި ސަރަހައްދަކީ އޮބާމާގެ ދަރިންނަށް ކިޔަވައި ދެމުން އަންނަ ޗިކާގޯ ޔުނިވާސިޓީ ވެސް ހުންނަ ސަރަހައްދެވެ. 

ރިޔާސީ މަރުކަޒު ޤާއިމު ކުރުމަށް އޮބާމާ މި ސަރަހައްދު ކަނޑަ އަޅާފައި ވަނީ، އޭނާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ކައިވެނި ބައްލަވައި ގަތުމަށް ފަހު ދިރިއުޅުން ފެއްޓެވީ އެ ސަރަހައްދުގައި ކަމަށްވާތީ އެވެ. ރަސްމިއްޔާތުގައި އޮބާާމާ ވިދާޅުވެފައި ވަނީ، އޭނާ އެންމެ ލޯބިވާ ސިޓީގައި އެފަދަ ތަނެއް ހުޅުވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، ރައްޔިތުންނަށް އެކަމުން އުފާވެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އޮބާމާގެ މި ރިޔާސީ މަރުކަޒު ޤާއިމު ކޮށްފައި ވަނީ ގާތް ގަނޑަކަށް 850 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެންނެވެ. މި މަރުކަޒުގައި އާންމު ލައިބްރަރީއެއްގެ އިތުރުން، މިއުޒިއަމް އަކާއި، ފަންނުވެރި ކަމުގެ ހޯލެއް އަދި ބާސްކެޓު ކުޅޭނެ ކުޅިވަރު މަރުކަޒެއް ވެސް ހިމެނެ އެވެ. 

އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޙާއްސަ ވެފައި ވަނީ، މި ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ތިން ރައީސުން ބައިވެރިވެ ވަޑައިގެންނެވުމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަދި ކުރީގެ ރައީސް ޖޯ ބައިޑަން ހިމެނި ވަޑައިގަންނަވަ އެވެ. ބުޝް އަކީ އޮބާމާގެ ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅާ އެވެ. އަދި ބައިޑަން ވަނީ އޮބާމާގެ ދެ ދައުރުގައި ވެސް އޭނާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. 

މި ބޭފުޅުންގެ އިތުރުން ޖަރުމަނުގެ އެންމެ ފުރަތަމަ އަންހެން ޗާންސެލަރު އެންޖެލާ މާކަލް އާއި، އިޓަލީގެ ކުރީގެ ބޮޑު ވަޒީރު މަޓެއޯ ރެންޒީ އަދި ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި އެވެ. އަދި މަޝްހޫރުން ފަންނާނުން ކަމަށްވާ ސްޓީވީ ވޮންޑާ އާއި ބްރޫސް ސްޕްރިންގްސްޓީން ފަދަ މަޝްހޫރު ފަރާތްތައް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައި އެވެ.  

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. ޓްރަމްޕް އަށް މި ރަސްމިއްޔާތުގެ ދައުވަތު ދެއްވާފައި ނުވާއިރު، ދާދި ފަހުން ޓްރަމްޕް ވަނީ އޮބާމާ އާއި އޭނާގެ އަނބިކަނބަލުންނަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްފައި އެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ޓްރަމްޕް އަށް އަމާޒުވެގެން ދިޔަ އެވެ. 

އެމެރިކާއޮބާމާ ފައުންޑޭޝަންއޮބާމާ ޕްރެޒިޑެންޝަލް ސެންޓަރުބަރަކް އޮބާމާބިލް ކްލިންޓަންޖޯޖް ޑަބްލިއު ބުޝްޖޯ ބައިޑަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 ޖޫން 2026

އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ

20 ޖޫން 2026
އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
20 ޖޫން 2026

އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި

20 ޖޫން 2026
އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި
20 ޖޫން 2026

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

20 ޖޫން 2026
އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް
18 ޖޫން 2026

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026
ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
15 ޖޫން 2026

އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

15 ޖޫން 2026
އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް