Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ބާންހަމް އަކީ އިންތިހާ އަށް ލިބަރަލް ނުވަތަ މިނިވަން ޚިޔާލުގެ ބޭފުޅެއް ކަމަށް އަޑު އިވިފައިވާ ކަމަށް. ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ ބާންހަމްގެ ސިޔާސީ ފިކުރާާ މެދު އޭނާ ހިތްހަމަ ނުޖެހޭކަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 08:14
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް އަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަން ކުރައްވައި، އަދި މިހާރު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބާންހަމް އަށް ޓްރަމްޕް ފާޑު ވިދާޅުވެފައިވާއިރު، މިއީ ޓްރަމްޕް ބާންހަމް އަށް ނިސްބަތް ކުރައްވައި މިހެން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ މޭކާފީލްޑްް ބައި އިލެކްޝަންގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ބާންހަމް ވަނީ، އެމެރިކާާގައި މިހާރު އޮތް ވިހަގަދަ އަދި ބައިބައިވުން ބޮޑު ސިޔާސީ ސަގާފަތުން އިނގިރޭސިވިލާތް ސަލާމަތް ވާން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. ބާންހަމްގެ މި ވާހަކަތަކާ ގުޅިގެން ޓްރަމްޕްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ބާންހަމް އަކީ ހަމައެކަނި ރަށެއްގެ މޭޔަރެއް ކަމަށެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ކިއާ ސްޓާމާ އިއުލާން ކުރައްވާފައިވާއިރު، ބާންހަމް އަކީ ދެން އެ މަޤާމަަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅާ އެވެ. ޓްރަމްޕް ވިދާޅުވީ ބާންހަމް އަކީ އިންތިހާ އަށް ލިބަރަލް ނުވަތަ މިނިވަން ޚިޔާލުގެ ބޭފުޅެއް ކަމަށް އަޑު އިވިފައިވާ ކަމަށެވެ. ޓްރަމްޕްގެ މި ވާހަކަ ތަކުން ދޭހަވަނީ ބާންހަމްގެ ސިޔާސީ ފިކުރާާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމެވެ. 

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބާންހަމް އަށް ޓްރަމްޕް މިފަދަ ބަހުގެ ހަމަލާއެއް މި ދެއްވީ، ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތުގެ ލީޑާޝިޕަށް ބަދަލު ތަކެއް އަތުވެ ދާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި އެވެ. ބާންހަމް މީގެ ކުރިން ވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގައި އޮތް ހަމަނުޖެހުން ތަކަށް އިޝާރާތް ކުރައްވައި، އެފަދަ ކަންކަމުން އިނގިރޭސިވިލާތް ދުރުހެލިވާން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ސިޔާސީ މުހައްލިލުން ދެކޭ ގޮތުގައި، ޓްރަމްޕްގެ މި ފާޑުކިޔުން ތަކަކީ ދެ ގައުމުގެ ސިޔާސީ ލީޑަރުންގެ މެދުގައި އޮތް ފިކުރީ ތަފާތުތައް ހާމަވެގެން ދިޔަ ކަމެކެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅުމަށް އަސަރު ކޮށްފާނެ ފަދަ ބަހުގެ ހަމަލާ ތަކެއްގެ ގޮތުގައި ވެސް ބައެއް ފަރާތް ތަކުން ސިފަ ކުރެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްއެމެރިކާޔޫކޭ-ޔޫއެސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު