Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ރެކޯޑިން ދައުވާ

ބައިޑަންގެ ފޯނު ކޯލުގެ ރެކޯޑިން ހާމަ ކުރުން ހުއްޓުވުމަށް ކުރި މަސައްކަތް ކޯޓުން ބަަލައި ނުގަތް

21 ޖޫން 2026 | އާދީއްތަ 13:06

އެކަމާ ގުޅޭ ގޮތުން ބައިޑަންގެ ފަރާތުން ވިދާޅުވެފައި ވަނީ އެ ރެކޯޑިން ތަކުގައި އޭނާގެ ދަރިކަލުން ބިއު ބައިޑަންގެ މަރާއި، ޒާތީ ކަންކަމާ ގުޅޭ ހިތް ދަތި މައުލޫމާތު ތަކެއް ހިމެނޭތީ އެއީ އޭނާގެ ޕްރައިވަސީ އަށް އަރައި ގަތުން ކަމަށް. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައި ވަނީ، ސަރުކާރުން އެ މައުލޫމާތުތައް ފޮރުވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 13:06
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޯ ބައިޑަން ބައިވެރިވެ ވަޑައިގަންނަވަނީ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޯ ބައިޑަން ބައިވެރިވެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ފޯނު ކޯލުތަކެއްގެ ރެކޯޑިން ހާމަ ކުރުމަށް އެމެރިކާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވުމަށް ބައިޑަންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ނިންމައިފި އެވެ. 

އެމެރިކާގެ ކޯޓަކުން މިހެން ނިންމާފައި ވަނީ ހުކުރު ދުވަހު އެވެ. ކޯޓުގެ ގާޒީ ޑެބްނީ ފްރީޑްރިކް ވިދާޅުވީ، މި މައްސަލައިގައި ބައިޑަންގެ ޕްރައިވަސީ އަށް ވުރެ، އެމެރިކާގެ ރައްޔިތުންގެ ޙައްގުތައް މާ މުހިންމު ކަމަށެވެ. ނަމަވެސް، އިސްތިއުނާފު ކުރުމުގެ ފުރުސަތު ބައިޑަން އަށް ދިނުމުގެ ގޮތުން ތިން ހަފުތާ އަށް ވުރެ ދިގު މުއްދަތަކަށް އޭނާގެ ޙުކުމް ހިފެހެއްޓުމަށް ގާޒީ ނިންމެވި އެވެ. 

މި ރެކޯޑިންތައް ހޯދާފައި ވަނީ ސްޕެޝަލް ކައުންސެލް ރޮބާޓް ހަރް އެވެ. އެއީ އެމެރިކާގެ ސެނެޓަރެއްގެ ގޮތުގައި ބައިޑަން ހުންނެވި ދުވަސްވަރާއި، އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ބައިޑަން ހުންނެވި ދުވަސްވަރު، ސިއްރު ލިޔެ ކިޔުން ތަކެއް ނުރައްކާތެރި ގޮތުގައި ބަހައްޓާފައިވޭތޯ ތަހުގީގު ކުރަމުން ދަނިކޮށެވެ. 

ބައިޑަންއާ ދެކޮޅަށް ދައުވާ ނުކުރުމަށް ހަރް ނިންމުމާ އެކު، އެމެރިކާގެ ކޮންގްރެސްގައި ތިބި ރިޕަބްލިކަންް ޕާޓީގެ މެމްބަރުން ވަނީ އެ ރެކޯޑިންތައް ހާމަ ކުރުމަށް ގޮވާލައިފަ އެވެ. 2026 ވަނަ އަހަރާއި 2017 ވަނަ އަހަރު، އޭރުގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމުގައި ވަނީ ރެކޯޑިންތަކާއި، ޓްރާންސްކްރިޕްޓްތައް ހަވާލު ކުރުމަށް ދެކޮޅު ހަދައިފަ އެވެ. 

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ވަނީ އެ މައުލޫމާތުތައް ހާމަ ކުރުމުގެ ހުއްދަ ދީފަ އެވެ. އެކަމުގެ ސަބަބުން ކޮންސަވޭޓިވް ހެރިޓޭޖް ފައުންޑޭޝަންގެ ސްޓާފް މެމްބަރަކު ރެކޯޑިންތައް ހާމަ ކުރުމަށް ރަސްމީކޮށް އެދުމާ އެކު، މިދިޔަ މެއި މަހު ބައިޑަންގެ ފަރާތުން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި މައްސަލަ ހުށަހަޅައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ބައިޑަންގެ ފަރާތުން ވިދާޅުވެފައި ވަނީ އެ ރެކޯޑިން ތަކުގައި އޭނާގެ ދަރިކަލުން ބިއު ބައިޑަންގެ މަރާއި، ޒާތީ ކަންކަމާ ގުޅޭ ހިތް ދަތި މައުލޫމާތު ތަކެއް ހިމެނޭތީ އެއީ އޭނާގެ ޕްރައިވަސީ އަށް އަރައި ގަތުން ކަމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައި ވަނީ، ސަރުކާރުން އެ މައުލޫމާތުތައް ފޮރުވާފައިވާ ކަމަށެވެ. 

ފްރީޑްރިކް އަކީ ޓްރަމްޕްގެ ފުރަތަމަ ވެރި ކަމުގައި 2017 ވަނަ އަހަރު ނޮމިނޭޓު ކޮށްފައިވާ ގާޒީ އެކެވެ.

މަސްދަރު: ދި ގާޑިއަން

އެމެރިކާޖޯ ބައިޑަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
21 ޖޫން 2026

ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ

21 ޖޫން 2026
ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ
20 ޖޫން 2026

ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި

20 ޖޫން 2026
ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި
20 ޖޫން 2026

އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ

20 ޖޫން 2026
އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
20 ޖޫން 2026

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

20 ޖޫން 2026
އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް
18 ޖޫން 2026

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026
ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް