Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ

21 ޖޫން 2026 | އާދީއްތަ 11:33

އެ ވީޑިއޯގައި ފެންނަ ގޮތުން ބައިޑަން ވަނީ އޭނާގެ ކާރު ކޮޅުން ފައިބައި ވަޑައިގެން، ބްރީފްކޭސްއެއް ހިއްޕަވައިގެން ސީކްރެޓް ސާވިސްގެ ރައްކާތެރިކަމާ އެކު ފްލައިޓަށް އަރައި ވަޑައިގަންނަވާފަ. ސޯޝަލް މިޑީއާގެ އިންފްލުއެންސާ ނިކް ތޯމާ އިންސްޓަގްރާމް އަދި ފޭސްބުކްގައި މި ވީޑިއޯ ހިއްސާ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 11:33
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ފްލައިޓަކުން ފައިބައި ވަޑައިގަންނަވަނީ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ފްލައިޓަކުން ފައިބައި ވަޑައިގަންނަވަނީ. | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ކޮމާޝަލް ފްލައިޓެއްގައި ދަތުރު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ އެކު، އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.

ޖޫން މަހުގެ 17 ވީ ބުދަ ދުވަހު، އުމުރުން 83 އަހަރުގެ ބައިޑަން ކޮމާޝަލް ފްލައިޓަކަށް އަރައި ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ކޮށްފައި ވަނީ އެހެން ފްލައިޓެއްގައި އިން ފަސިންޖަރެކެވެ. 

އެ ވީޑިއޯގައި ފެންނަ ގޮތުން ބައިޑަން ވަނީ އެ މަނިކުފާނުގެ ކާރު ކޮޅުން ފައިބައި ވަޑައިގެން، ބްރީފްކޭސް އެއް ހިއްޕަވައިގެން ސީކްރެޓް ސާވިސްގެ ރައްކާތެރިކަމާ އެކު ފްލައިޓަށް އަރައި ވަޑައިގަންނަވާފަ އެވެ. ސޯޝަލް މިޑީއާގެ އިންފްލުއެންސާ ނިކް ތޯމާ އިންސްޓަގްރާމް އަދި ފޭސްބުކްގައި މި ވީޑިއޯ ހިއްސާ ކޮށްފައިވެ އެވެ. 

ވީޑިއޯގައި އޭނާ އެންމެ ފުރަތަމަ ބުނާ އަޑު އިވެނީ، ބައިޑަން އެ ފްލައިޓަށް އަރާ ކަމަށެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ބައިޑަން އެރީ އެހެން ފްލައިޓަކަށް ކަމަށް ބުނެފަ އެވެ. އޭނާގެ އިތުރުން ބައެއް އެހެން ފަރާތް ތަކުން ވެސް ބައިޑަންގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައިވެ އެވެ. 

މީގެ އިތުރުން އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ މީހާ އާއި އާއިލާ އަށް ފައިދާވާ ގޮތަށް ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކުރައްވާއިރު، އާންމު ރައްޔިތުންނެކޭ އެއް ފަދައިން ބައިޑަން ކޮމާޝަލް ފްލައިޓް ބޭނުން ކުރައްވާ ކަމަށެވެ. މި ވާހަކަ ހިއްސާ ކޮށްފައިވާ އެޑްވާޑް ކްރަސެންސްޓައިން އަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް އޭނާ އށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ފަރާތެކެވެ. 

ފްލައިޓުގެ ޑޭޓާ މައުލޫމާތުތަކަށް ބަލާއިރު، ބައިޑަން ދަތުރު ކުރައްވާފައި ވަނީ ފިލަޑެލްފިއާ އިންޓަނޭޝަނަލް އެއާޕޯޓް އިން ޗިކާގޯގެ އޮހެއާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން ބައިޑަން ޗިކާގޯ އަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އޮތް، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. 

އެމެރިކާޖޯ ބައިޑަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 ޖޫން 2026

ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި

20 ޖޫން 2026
ކުރީގެ ހަތަރު ރައީސުންގެ ތާރީޚީ ފެނިލުމާ އެކު، އޮބާމާގެ ރިޔާސީ މަރުކަޒު ހުޅުވައިފި
20 ޖޫން 2026

އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ

20 ޖޫން 2026
އަންނަ ހަފުތާގައި ރޫބިއޯ މެދު އިރުމައްޗަށް ވަޑައިގަންނަވަނީ
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
20 ޖޫން 2026

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

20 ޖޫން 2026
އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް
18 ޖޫން 2026

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026
ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
14 ޖޫން 2026

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

14 ޖޫން 2026
ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް