Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކެރީބިއަން ކަނޑުގައި ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ ދެ މީހަކު މަރާލައިފި

ކެރީބިއަން ކަނޑުން ދަތުރުކުރި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާއިރު، މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ނާކޯ-ޓެރަރިސްޓުންނާ" ދެކޮޅަށް ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ސަދަން ކޮމާންޑުން ބުނެފި. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި އަމަލު ކުށްވެރިކުރަމުންދާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ އެމެރިކާގެ ކުރީގެ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ފާހަގަކުރެވޭ. މި ހާދިސާގައި ސަލާމަތްވި ހަ މީހަކު ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން މިހާރު ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 08:33
ޔޫއެސް ސަަދަން ކޮމާންޑް (ސައުތުކޮމް) ގެ އެކްސް އެކައުންޓުގައި 2026 ޖެނުއަރީ 23 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވި އިރުޝާދުގެ ދަށުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ މަގަކުން ދަތުރުކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ އުޅަނދަކަށް 2026 ޖެނުއަރީ 23 ވަނަ ދުވަހު ދިން ހަމަލާ.

ޔޫއެސް ސަަދަން ކޮމާންޑް (ސައުތުކޮމް) ގެ އެކްސް އެކައުންޓުގައި 2026 ޖެނުއަރީ 23 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވި އިރުޝާދުގެ ދަށުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ މަގަކުން ދަތުރުކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ އުޅަނދަކަށް 2026 ޖެނުއަރީ 23 ވަނަ ދުވަހު ދިން ހަމަލާ. | ސްކްރީން އިމޭޖް

ކެރީބިއަން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ދިން ހަމަލާއެއްގައި ދެ މީހަކު މަރާލައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދަކީ "ޓެރަރިސްޓް ޖަމާއަތްތަކުން" ބޭނުންކުރަމުންދިޔަ އުޅަނދެކެވެ. ނަމަވެސް އެއީ ކޮން ޖަމާއަތްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސަަދަން ކޮމާންޑުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރީ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މި ހަމަލާގައި މަރުވި ދެ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ނާކޯ-ޓެރަރިސްޓުން" ކަމަށް ސިފަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މިއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން "ޝަރީއަތަކާ ނުލައި މީހުން މަރާލުން" ނުވަތަ އެކްސްޓްރާޖުޑީޝަލް ކިލިންގްސްގެ ގޮތުގައި ކަނޑައަޅައި ކުށްވެރިކުރަމުންދާ މިފަދަ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ މިފަދަ ހަމަލާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޓެރަރިސްޓުންނާ ދެކޮޅަށް ދެވޭ ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާއަށްފަހު އެ އުޅަނދުގައި ތިބި ހަ ފިރިހެނަކު ސަލާމަތްވެފައިވާ ކަމަށް އެމެރިކާގެ ސަދަން ކޮމާންޑުން ބުނެއެވެ. އަދި އެ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށް އެމެރިކާގެ ކޯސްޓް ގާޑަށް މިހާރު އަންގާފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންޓެލިޖެންސް މައުލޫމާތުން ކަށަވަރުވާ ގޮތުގައި އެ އުޅަނދަކީ ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި އުފުލުމަށް އާންމުކޮށް ބޭނުންކުރާ މަގުތަކުން ދަތުރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރީގެ އޮޕަރޭޝަންތަކުގައި ބައިވެރިވަމުންދިޔަ އުޅަނދެއް ކަމަށެވެ.

މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރުމަކީ، މީގެ ކުރިން އެމެރިކާއިން މިފަދަ މައްސަލަތަކުގައި އަމަލުކުރަމުން އައި އުސޫލުތަކާ ވަރަށް ބޮޑަށް ތަފާތު، އާދަޔާ ހިލާފު ނިންމުމެކެވެ.

މަސްދަރު: ރޮއިޓާސް

ކެރިބިއަންއެމެރިކާޑޮނަލްޑް ޓްރަމްޕްމަސްތުވާތަކެތި ޓްރެފިކްކުރުންއެކްސްޓްރާޖުޑީޝަލް ކިލިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ބައިޑަންގެ ފޯނު ކޯލުގެ ރެކޯޑިން ހާމަ ކުރުން ހުއްޓުވުމަށް ކުރި މަސައްކަތް ކޯޓުން ބަަލައި ނުގަތް

ބައިޑަންގެ ފޯނު ކޯލުގެ ރެކޯޑިން ހާމަ ކުރުން ހުއްޓުވުމަށް ކުރި މަސައްކަތް ކޯޓުން ބަަލައި ނުގަތް

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ

ކޮމާޝަލް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، އެތައް ބައެއްގެ ސަމާލުކަމަށް އެކަމަށް ލިބިއްޖެ

21 ޖޫން 2026
ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

21 ޖޫން 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު