Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުލަކު ފިޓްނެސް ސެންޓަރު

މުލަކު ފިޓްނަސް ސެންޓަރުގެ ޤާއިމު ކުރަން ކުރީ ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރި: މިނިސްޓަރު ރާފިޢު

1 ޖުލައި 2026 | ބުދަ 07:53

2021 ވަނަ އަހަރު އެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށާއި، އެ މަޝްރޫއުގެ ގިނަ މަސައްކަތް ތަކެއް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި. ނަމަވެސް، މި ސަރުކާރު އައިއިރު މަޝްރޫއު ނުނިމި އޮތް ކަމަށާއި، ބާކީ ބައި ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 07:53
މުލަކުގައި ޤާއިމު ކުރި ފިޓްނަސް ސެންޓަރު، މިއީ ކުރީގެ ސަރުކާރު ތަކުން ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ މަޝްރޫއެއް.

މުލަކުގައި ޤާއިމު ކުރި ފިޓްނަސް ސެންޓަރު، މިއީ ކުރީގެ ސަރުކާރު ތަކުން ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ މަޝްރޫއެއް. | ސޯޝަލް މީޑިއާ

މ.އަތޮޅު މުލަކުގައި ދާދި ފަހުން ހުޅުވި ފިޓްނަސް ސެންޓަރު ޤާއިމު ކުރުމަށް، ކުރީގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް ކުޅިވަރު ވަޒީރު ޢަބްްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. 

މުލަކު ފިޓްނަސް ސެންޓަރު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. ސަރުކާރުން ވަނީ މި ދެ މަޝްރޫއުގެ މަސައްކަތް ނިންމައި، އެކަމުގެ ކާމިޔާބީ ފާހަގަ ކޮށްފައި އެވެ. އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ވަނީ އެ މަޝްރޫއު ކުރިއަށް ދިޔަ ގޮތް ހިއްސާ ކުރައްވައިފަ އެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ އެ ސެންޓަރުގެ ބިންގާ އެޅުނީ 2008 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރު ސްޕޯޓްސް މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން މަސައްކަތް ތަކެއް ކުރި ނަމަވެސް، ކުރިއަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ނުވަ އަހަރު ފަހުން، 2021 ވަނަ އަހަރު އެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށާއި، އެ މަޝްރޫއުގެ ގިނަ މަސައްކަތް ތަކެއް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް، މި ސަރުކާރު އައިއިރު މަޝްރޫއު ނުނިމި އޮތް ކަމަށާއި، ބާކީ ބައި ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ފާހަގަ ކުރެއްވި އެވެ. 

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މުލަކު ކައުންސިލްގެ ކުރީގެ މެމްބަރަކު ވިދާޅުވީ، އެއީ މި ސަރުކާރުން މަސައްކަތް ފަށައިގެން ނިންމާފައިވާ މަޝްރޫއެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ ބަޖެޓުން މަސައްކަތް ފެށި ނަމަވެސް، ފާއިތުވި ހުރިހާ ސަރުކާރެއްގައި ވެސް އެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މި ސަރުކާރު އައިއިރު، ބޮޑު އިންސަައްތައެއް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. 

މ.މުލަކު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށް، މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީ އިން ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓު.

މ.މުލަކު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށް، މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީ އިން ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓު. | ސޯޝަލް މީޑިއާ

މީގެ އިތުރުން ސަރުކާރުން ދާދި ފަހުން ހުޅުވި ވ.ފުލިދޫ އައުޓް ޑޯ ވޮލީ ކޯޓުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގައި މަސައްކަތް ފަށާފައިވާ ދެ މަޝްރޫއެވެ. އެގޮތުން ފުލިދޫ ވޮލީ ކޯޓުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ.

ފުލިދޫ ހިމެނޭހެން އިތުރު ރަށް ތަކެއްގައި ވޮލީ ކޮޓޯ ޤާއިމު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށް ސްޕޯޓްސް މިނިސްޓްރީ އިން ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓު.

ފުލިދޫ ހިމެނޭހެން އިތުރު ރަށް ތަކެއްގައި ވޮލީ ކޮޓޯ ޤާއިމު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމަށް ސްޕޯޓްސް މިނިސްޓްރީ އިން ސޯޝަލް މީޑިއާ ގައި ކޮށްފައިވާ ޕޯސްޓު. | ސޯޝަލް މީޑިއާ

މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ، ކުރީގެ ސަރުކާރުން ރަށް ރަށުގައި ފަށާފައިވާ ބައެއް ކުޅިވަރު މަޝްރޫއު ތަކުގެ ނިމުން ފާހަގަކޮށް، އެކަމުގެ ކްރެޑިޓް ނެގުމަށް މަސައްކަތް ކޮށްފައި އެވެ. އެގޮތުން ފުޓްސަލް ދަނޑު ތަކާއި، ވޮލީ ކޯޓު ތަކުގެ އިތުރުން އައުޓް ޖިމް ހުޅުވުމުގެ ކްރެޑިޓް ސަރުކާރުން ނަގަން މަސައްކަތް ކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްވ. ފުލިދޫމުލަކު

އިތުރަށް ކިޔާލަން

01 ޖޫން 2026

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
08 އެޕްރީލު 2026

ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

08 އެޕްރީލު 2026
ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!
03 މާރިޗު 2026

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

03 މާރިޗު 2026
އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް
17 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި

17 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި
15 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

15 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން
14 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
02 ފެބުރުއަރީ 2026

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ
28 ޖެނުއަރީ 2026

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި
28 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް