Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

އެވޯޑަށް ނޮމިނޭޓު ވެފައިވާ ގޮތާ މެދު އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، އެވޯޑަށް ނޮމިނޭޓުވި ކަމަށް އެންގުމަށް ފަހު، ފައިނަލް ނޮމިނޭޝަން ޕޯސްޓު އާންމު ކުރިއިރު ލިސްޓުން އުނިވެފައިވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައި. އެކަމާ ގުޅުން ހުރި ބައެއް ޕޯސްޓުތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 04:49
2024 ވަނަ އަހަރު އޮތް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުން، ކުޅިވަރު ވަޒީރު ރާފިޢު މަރުޙަބާ ދަންނަވަނީ

2024 ވަނަ އަހަރު އޮތް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުން، ކުޅިވަރު ވަޒީރު ރާފިޢު މަރުޙަބާ ދަންނަވަނީ | ރައީސް އޮފީސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އާދީއްތަ ދުވަހުގެ ރޭ އޮންނައިރު، އެތައް ބައެއް ފާޑު ކިޔުމާއި، ނުރުހުން އެވޯޑަށް ނޮމިނޭޓުވެފައިވާ ގޮތަށް އަމާޒުވެއްޖެ އެވެ. 

ސަރުކާރުން އެންމެ ފުރަތަމަ މި ބާއްވަނީ 2024 ވަނަ އަހަރުގެ އެވޯޑު ޙަފްލާ އެވެ. މިދިޔަ އަހަރު ބާއްވަން އޮތް އެވޯޑު ޙަފްލާ ނުބޭއްވި، ކުޅިވަރު ވުޒާރާ އިން ނިންމީ އެންމެ ފުރަތަަމަ ބާއްވާނީ 2024 ގެ އެވޯޑު ޙަފްލާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ އެވޯޑު ޙަފްލާ މިއަހަރުގެ ފަހު ކޮޅު ބާއްވާނެ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

ކުޅިވަރު ވުޒާރާ އިން ވަނީ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފަ އެވެ. ނަމަވެސް، އެވޯޑުގެ ނޮމިނޭޝަންތަކާ މެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔަން ފަށައިފަ އެވެ. އަދި ކުޅިވަރު ތަކުން ކުޅުންތެރިން ނޮމިނޭޓު ކޮށްފައިިވާ ގޮތާ މެދު ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އެއާ އެކު، ކުޅިވަރު ވުޒާރާ އިން ބުނެފައި ވަނީ ނޮމިނޭޝަންތައް ހުށަހަޅަނީ ކުޅިވަރު އެސޯސިއޭޝަން ތަކުން ކަމަށެވެ. ނޮމިނޭޝަން ނެތީ، އެސޯސިއޭޝަން ތަކުން ނޮމިނޭޝަން ހުށަ ނާޅާ ކުޅިވަރު ތަކުން ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެ އެވެ.

އެވޯޑަށް ނޮމިނޭޓު ވެފައިވާ ގޮތާ މެދު އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، އެވޯޑަށް ނޮމިނޭޓުވި ކަމަށް އެންގުމަށް ފަހު، ފައިނަލް ނޮމިނޭޝަން ޕޯސްޓު އާންމު ކުރިއިރު ލިސްޓުން އުނިވެފައިވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމާ ގުޅުން ހުރި ބައެއް ޕޯސްޓުތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައަރުވެފަ އެވެ. 

ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓުވެފައިވާ ކަމަށް ބުނެ ކުޅުންތެރިޔަކަށް މިނިސްޓްރީ އިން ކުރި މެސެޖު، އެކަމަކު ފައިނަލް ނޮމިނޭޝަން އިއުލާން ކުރި އިރު ނަމެއް ނެތް
ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓުވެފައިވާ ކަމަށް ބުނެ ކުޅުންތެރިޔަކަށް މިނިސްޓްރީ އިން ކުރި މެސެޖު، އެކަމަކު ފައިނަލް ނޮމިނޭޝަން އިއުލާން ކުރި އިރު ނަމެއް ނެތް

މީގެ އިތުރުން ބައެއް ކުޅުންތެރިންނާ ދެކޮޅަށް އެސޯސިއޭޝަން ތަކުން މަސައްކަތް ކުރަމުން ދާ ކަމުގެ ތުހުމަތު ވެސް އަމާޒުވެފައިވެ އެވެ. އެގޮތުން ހޯދާފައިވާ ބައެއް ބައިނަލްއަޤުވާމީ މެޑަލްތަކުގެ ސެޓްފިކެޓު ނެތް ކަމަށް އަންގައި، އެ މެޑަލް ކެންސަލް ކުރުމަށް ވެސް އަންގާފައިވާ ކަމުގެ ޝަކުވަ ވަނީ ބޮޑުވެފަ އެވެ. އެއާ އެކު، އެވޯޑު ދިނުމުގައި ހަމަހަމަ ކަމާއި، އިންސާފުން ކަންކަން ނުކުރެވޭ ކަމުގެ ތުހުމަތު މިނިސްޓްރީ އާއި، އެސޯސިއޭޝަން އަދި ފަނޑިޔާރުންގެ ޕެނަލް އަށް ވެސް ވަނީ އަމާޒުވެފަ އެވެ.

ހަމަ އެހެންމެ، އެވޯޑުގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ އާއި، އަހަރުގެ އެންމެ މޮޅު ވިޝުއަލް އާޓިސްޓްގެ ނޮމިނޭޝަންތަކާ މެދު ވެސް ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑަށް ތަޖުރިބާކާރު ނޫސްވެރިޔާ އައްޒާމް އަލިފުޅު ނޮމިނޭޓު ވެފައި ނުވާތީ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ، އެއީ ސިޔާސީ ހަސަދަވެރި ކަމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށެވެ. 

މިއަހަރުގެ އެވޯޑު ޙަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު