Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

އާދީއްތަ ދުވަހުގެ ރޭ ސްޕޯޓްސް އެވޯޑްސް އޮންނައިރު، އުމެއިރު ނޮމިނޭޓު ވެފައި ވަނީ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ކެޓަގަރީ އަށް. އެވޯޑަށް އުމެއިރު ނޮމިނޭޓު ވެފައި ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީ)ގެ ފަރާތުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 04:20
ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް މުޢިއްޒުގެ ޓީމަަކާ ދެމެދު ކުޅުމު މެޗުގައި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު

ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް މުޢިއްޒުގެ ޓީމަަކާ ދެމެދު ކުޅުމު މެޗުގައި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު | ރައީސް އޮފީސް

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުޙައްމަދު މުޢިއްޒު ނޮމިނޭޓު ވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ސްޕޯޓްސް އެވޯޑްސް އޮންނައިރު، އުމެއިރު ނޮމިނޭޓު ވެފައި ވަނީ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ކެޓަގަރީ އަށެވެ. މި ކެޓަގަރީ އަށް އުމެއިރުގެ އިތުރުން، ހަތަރު ކުޅުންތެރިން ނޮމިނޭޓު ވެފަ އެވެ. އެވޯޑަށް އުމެއިރު ނޮމިނޭޓު ވެފައި ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީ)ގެ ފަރާތުންނެވެ. 

އެވޯޑަށް އުމެއިރު ނޮމިނޭޓު ވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމުގެ ސުވާލު ވެސް އުފައްދަމުންނެވެ. އެގޮތުން އެވޯޑަށް އުމެއިރު ނޮމިނޭޓު ވެފައި ވަނީ ކޮން ގޮތަކުންތޯ އާއި، އުމެއިރު ހޯދާފައިވާ ކާމިޔާބީ ތަކަކީ ކޮބައިތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ. ސޯޝަލް މީޑިއާގައި އެކަން ފާހަގަ ކޮށްފައިވާ ފަރާތްތަކުން ވަނީ، މިއީ ނުފޫޒުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ވެސް ސިފަ ކޮށްފަ އެވެ.

އުމެއިރުގެ އިތުރުން ޓީޓީގެ ޒީކް ޙަސަން ލަޠީފް ވެސް ވަނީ އެވޯޑަށް ނޮމިނޭޓުވެފަ އެވެ. ދެން ނޮމިނޭޓު ވެފައި ވަނީ ބޯޑީ ބޯޑިން އެސޯސިއޭޝަންގެ ފަރާތުން އިޔާން އަޙުމަދު އާއި، މުޙައްމަދު އަޒާން އަޙުމަދުގެ އިތުރުން، ސްވިމިން އެސޯސިއޭޝަން އިން މުޙައްމަދު ރިހާމް ޝިހާމް އެވެ.

ސްޕޯޓްސް އެވޯޑަކީ 2022 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގައި ތައާރަފު ކޮށްފައިވާ އެވޯޑެކެެވެ. ޤަވާއިދުން އެވޯޑު ބާއްވަމުން އައި ނަަމަވެސް، ވެރިކަން ބަދަލުވެ ޤަވާއިދުން އެވޯޑު ބޭއްވިފައި ނުވެ އެވެ. އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ 2024 ވަނަ އަހަރު ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތަކުގެ އެވޯޑު ޙަފްލާ އެވެ. އަދި 2025 ވަނަ އަހަރުގެ އެވޯޑު ޙަފްލާ މިއަހަރުގެ ފަހު ކޮޅު ބާއްވަން ނިންމާފައިވާ ކަމަށް ކުޅިވަރު ވުޒާރާ އިން މައުލޫމާތު ދީފައިވެ އެވެ.

މިއަހަރުގެ އެވޯޑަށް ކުޅުންތެރިން ނޮމިނޭޓު ވެފައިވާ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ ފާޅު ކޮށްފަ އެވެ. އެގޮތުން އެވޯޑަށް ނޮމިނޭޓުވެފައިވާ ކަމަށް އަންގައި، ފޮޓޯ ވެސް ނެގުމަށް ފަހު، ނޮމިނޭޝަން ރަސްމީކޮށް އިއުލާން ކުރިއިރު އެ ކުޅުންތެރިން ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއުމެރިއު މުޙައްމަދު މުޢިއްޒުރައީސް ޑރ.މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

ޤައުމީ ފުޓްސަލް ޓީމަށް އެކަށީގެންވާ މަރުޙަބާއެއް ނުކިޔާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔައިފި

28 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު