Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި

އެވޯޑު ދިނުމުގައި ހުރި ކަންބޮޑުވުން ތަކާއި، ދެ ފުށް ފެންނަ ނިޒާމެއް ނެތުމުގެ ސަބަބުން، އެވޯޑު އަދި މެޑަލް ހޯދާފައިވާ ބައެއް އެތުލީޓުން މިއަހަރުގެ އެވޯޑު ޙަފްލާ ބޮއިކޮޓް ކޮށްފައިވާ ކަމަށް އައްޒާމް ފާހަގަ ކުރި. އަދި ގިނަ އެތުލީޓުންގެ ކަންބޮޑުވުންތައް އިނގޭ ކަމަށާއި، އެގޭ އެއްވެސް ވާހަކައެއް ރަސްމިއްޔާތުގެ ކުރިން ހިއްސާ ނުކުރީ، އެވޯޑު ޙަފްލާ އަށާއި، އެވޯޑަށް ނޮމިނޭޓުވި ފަރާތް ތަކަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށް އައްޒާމް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 07:45
ކުޅިވަރު ނޫސްވެރިޔާ އައްޒާމް

ކުޅިވަރު ނޫސްވެރިޔާ އައްޒާމް | ސޯޝަލް މީޑިއާ

ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް ބުނެ، ތަޖުރިބާކާރު ނޫސްވެރިޔާ އައްޒާމް އަލިފުޅު ގިނަ ކަންބޮޑުވުން ތަކެއް ހިއްސާކޮށްފި އެވެ. 

އައްޒާމްގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ އެވޯޑަށް މީހުން ހޮވުމުގައި ފަނޑިޔާރުންގެ ކޮމެޓީ އިން ބަލާ ވަކި ޚާއްސަ މިންގަނޑުތަކާއި، މާކްސް ދިނުމުގެ އުސޫލު ސާފުވެފައި ނުވާތީ، އެވޯޑު ޙަފްލާގައި ބައިވެރި ނުވާން ނިންމީ ކަމަށެވެ. އައްޒާމް ބުނީ އެވޯޑަށް ނޮމިނޭޝަންތައް ހުށަހަޅަނީ ކުޅިވަރު އެސޯސިއޭޝަން ތަކުން ކަމަށް ވީ ނަމަވެސް، އެންމެ ފަހުގެ ނިންމުންތައް ނިންމުމުގައި އަމަލު ކުރާ އުސޫލު ސާފުވެފައި ނެތް ކަމަށެވެ. 

އެކަން ފާހަަގަކޮށް އައްޒާމް ބުނީ، ކޮންމެ އަހަރަކު ވެސް ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފާހަގަވާން ހުރި ކަންބޮޑުވުންތައް މީގެ ކުރިން ބައެއް އެސޯސިއޭޝަންތަކާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައި ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އައްޒާމް ބުންޏެވެ. 

މީގެ އިތުރުން އެވޯޑު ދިނުމުގައި ހުރި ކަންބޮޑުވުން ތަކާއި، ދެ ފުށް ފެންނަ ނިޒާމެއް ނެތުމުގެ ސަބަބުން، އެވޯޑު އަދި މެޑަލް ހޯދާފައިވާ ބައެއް އެތުލީޓުން މިއަހަރުގެ އެވޯޑު ޙަފްލާ ބޮއިކޮޓް ކޮށްފައިވާ ކަމަށް އައްޒާމް ފާހަގަ ކުރި އެވެ. އަދި ގިނަ އެތުލީޓުންގެ ކަންބޮޑުވުންތައް އިނގޭ ކަމަށާއި، އެގޭ އެއްވެސް ވާހަކައެއް ރަސްމިއްޔާތުގެ ކުރިން ހިއްސާ ނުކުރީ، އެވޯޑު ޙަފްލާ އަށާއި، އެވޯޑަށް ނޮމިނޭޓުވި ފަރާތް ތަކަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށް އައްޒާމް ބުނެފައިވެ އެވެ. 

އަހަރުތައް ފާއިތުވަމުން އަންނަ ވަރަކަށް، އެވޯޑު ދިނުމުގެ އުސޫލުތަކާ މެދު އޮތް ކަންބޮޑުވުންތައް ވެސް އަންނަނީ އިތުރު ވަމުން ކަމަށް އައްޒާމް ބުންޏެވެ. އެހެން ނަމަވެސް، ދިވެހި ކުޅިވަރުގެ ކުރި މަގާއި އަދި ކުރިއެރުމަށްޓަކައި މިފަދަ ކަންބޮޑުވުން ތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ޙައްލު ހޯދަން ޖެހޭ ކަމަށް އައްޒާމްގެ ޕޯސްޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ ކުރިން ރާއްޖޭގައި ދެމުން އައި "ހަވީރު އެވޯޑްސް" އަދި "މިހާރު އެވޯޑްސް" ފަދަ ބޮޑެތި ކުޅިވަރު އެވޯޑުތައް އިންތިޒާމު ކުރުމާއި ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއްގެ ޙައިސިއްޔަތުން، އެ އެވޯޑު ތަކަކީ އިތުބާރާއި، ނަޒާހަތްތެރިކަން ހިފެހެއްޓިފައިވާ އެވޯޑު ތަކެއްކަން ކަށަވަރު ކޮށްފައިވާނެ ކަމަށް އައްޒާމް ބުންޏެވެ. 

އައްޒާމް އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅިވަރު ނޫސްވެރިޔާ އެވެ. އެގޮތުން އޭޝިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވާ "އޭޝިއަން ބެލެންޑިއޯ" ހޮވުމަށް އެކުލަވާލާ އޭޝިއާގެ އެންމެ ފުންނާބު އުސް 42 ނޫސްވެރިންގެ ޕެނަލްގައި ވެސް އޭނާ ހިމެނެ އެވެ. މީގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ދެމުން އަންނަ "ދަ ބެސްޓް" އެވޯޑު ތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވެސް ދާދި ފަހުން އޭނާ އަށް ވަނީ ލިބިފަ އެވެ. 

އައްޒާމް ބުނީ އެފަދަ ޝަރަފުވެރި އެވޯޑު ތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ބޭނުންވާ ފަރުވާތެރިކަމާއި، ޚަރުދަނާ އުސޫލު އަދި ހާމަކޮށް ބޮޑު ނިޒާމެއްގެ މުހިންމުކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ. 

ޕޯސްޓު ނިންމާލަމުން އައްޒާމް ބުނީ، އެ ބަޔާނަކީ އެއްވެސް ސިޔާސީ މަޤުސަދެއް އޮވެގެން ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި އޭނާގެ ކަންބޮޑުވުންތަކާއި، އެތައް ތަޖުރިބާއެއް ހިއްސާ ކޮށްފައިވާ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި، ކޯޗުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތެއް ކަމަށް ބުންޏެވެ. އަދި އެއީ ދިވެހި ކުޅިވަރުގެ ކުރިމަގު ވަރުގަދަކޮށް، އިތުރަށް ޚަރުދަނާ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަަމަށް ބުނެފައިވެ އެވެ. 

މިއަހަރުގެ ސްޕޯޓްސް އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް އައްޒާމް ނޮމިނޭޓުވެފައި ނުވާތީ، ގިނަ ބަޔަކު ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން މިއަހަރުގެ އެވޯޑަށް ކުޅުންތެރިން ނޮމިނޭޓު ވުމުގައި އަމަލު ކޮށްފައިވާ ގޮތާ މެދު ވެސް، އެތައް ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. 

އައްޒާމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދައިފަ އެވެ. މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑު ވަނީ ފަސް ފަހަރު ހޯދައިފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް

ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް

16 ފެބުރުއަރީ 2026
2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން، ދީމާ، މުންސިފް އަދި އީމާ ހޮވިއްޖެ

2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން، ދީމާ، މުންސިފް އަދި އީމާ ހޮވިއްޖެ

16 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

15 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު