Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާސީ މުވައްޒަފުން

ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

ސްޕޯޓްސް މިނިސްޓްރީ އާއި އެނިމަލް މިނިސްޓްރީގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެފައިވާއިރު، މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނެތް މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބޭ. އެގޮތުން ސްޕޯޓްސް މިނިސްޓްރީގައި 291 އަދި އެނިމަލް މިނިސްޓްރީގައި 53 ސިޔާސީ މުވައްޒަފުން އެބަތިބި. މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސިއްރު ކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މައުލޫމާތު ލިބޭ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތައް 2500ށް ވުރެ އިތުރުވާނެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 08:42
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މިނިސްޓަރު އަބްދުﷲ ރާފިއު.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މިނިސްޓަރު އަބްދުﷲ ރާފިއު. | ރައީސް އޮފީސް

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި 200ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އަދި މިނިސްޓްރީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެއްޖެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ އެކި މަގާމުތަކުގައި ޖުމްލަ 291 މީހުންނަށް ސިޔާސީ މަގާމުތައް ވަނީ ދީފަ އެވެ.

Advertisement - newsAdvertisement

އެއީ 3 ސްޓޭޓް މިނިސްޓަރުުން، 18 ޑެޕިއުޓީ މިނިސްޓަރުން، 114 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން، 78 ޕޮލިޓިކަލް ޑިރެކްޓަރުން، 20 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުން އަދި 56 ޔޫތު އެސޯސިއޭޓުން އެވެ. 

މީގެ އިތުރުން އެނިމަލް މިނިސްޓްރީގައި 53 ސިޔާސީ މުވައްޒަފުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

އެއީ މިނިސްޓަރު ގެ އިތުރުން 3 ސްޓޭޓް މިނިސްޓަރުންނާއި، 6 ޑެޕިއުޓީ މިނިސްޓަރުންނާއި 29 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 14 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސިއްރު ކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. 

އާއްމު ރައްޔިތުންގެ ފާޑުކިޔުންތަކާއި، ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން 15 ޖުލައި 2025 ގައި ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ވަގުތު ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން ތިބި ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކުރަން އެތައް މަސައްކަތްތަކެއް ކުރުމަށް ފަހު އެންމެ ފަހުން މި މައުލޫމާތު ހާމަ ކުރި އިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރުން ވަކިި ކުރި ކަމަށް ބުނި 248 މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރަން ވެސް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.

އޭގެފަހުން މިއަދާ ހަމައަށް އަދި މިފަހުން ބޭއްވި  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ވެސް ގިނަ ބަޔަކަށް ސިޔާސީ ގޮތުން ވަޒީފާ ދީފައިވެ އެވެ. ނަމަވެސް ޖުމްލަ އަދަދެއް ނޭނގޭ އެވެ. 

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުންނަކީ ކުރާނެ މަސައްކަތެއް އަދި އިށީންނާނެ ގޮނޑިމޭޒު ވެސް އޮފީހުގައި ނުހުންނަ، އަދި ބައެއް މީހުންނަކީ އޮފީހަށް ހަމަ އެކަނި ސޮއި ކޮށްލަން އަންނަ ބައެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިސަރުކާރުގެ ސިޔާސީ މަގާމުތައް 2500ށް ވުރެ އިތުރުވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސިޔާސީ މުވައްޒަފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި ކަރެކްޝަނުގެ މުއައްޒަފުންގެ މުސާރަ އަދި ވެސް ބޮޑެއް ނުވޭ، ޖަވާބުދާރީ ވާނެ މީހެއް ވެސް ނެތް!

10 މާރިޗު 2026
ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ

ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ

03 މާރިޗު 2026
އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

03 މާރިޗު 2026
ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު