Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެސީގެ އުފަންދުވަސް

މެސީގެ 39 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ 39 ވަނަ އުފަންދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ހާވިއޭ މިލެއި އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ފޮނުވި. ވޯލްޑް ކަޕްގައި މެސީ ދައްކަމުންދާ މޮޅު ކުޅުމާއެކު ގައުމުގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ އުފާފާޅުކުރަމުންދާއިރު، އޭނާ ވަނީ މި މުބާރާތުގައި ރެކޯޑްތަކެއްވެސް މުގުރާލާފަ. މެސީއަށް މަރުހަބާ ކިޔުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕޭނެއް ކުރިއަށްދާއިރު، ޓީމުގެ ކޯޗުވެސް ވަނީ އޭނާއަށް ހެޔޮއެދުންތައް ފޮނުވާފަ.

ޖިނާ
ޖިނާ | 25 ޖޫން 2026 | ބުރާސްފަތި 16:23
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ | ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގައި ލިއޮނަލް މެސީ ދައްކަމުންދާ ރެކޯޑް މުގުރާލަނިވި ކުޅުމުގެ ސަބަބުން އާންމުންނަށް ލިބުނު އުފާވެރިކަމާއެކު، ބުދަ ދުވަހު އުމުރުން 39 އަހަރު ފުރުނު އެ ގައުމުގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް އާޖެންޓީނާގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެެއްޖެއެވެ. 

އާޖެންޓީނާގެ ދިދަ ހިފައިގެން ޖިމްތަކުގައި ތިބި ރައްޔިތުންނާއި، ސްކޫލް ކުދިންނާއި، ފިހާރަތަކުގެ މުވައްޒަފުންގެ އިތުރުން އަވަށްޓެރިން ގުޅިގެން ގައުމުގެ އެކި ކަންކޮޅުތަކަށް އެއްވެ، ސޯޝަލް މީޑިއާގައި މެސީއަށް މަރުހަބާގެ މެސެޖުތައް ވަނީ ފުނުވާއެވެ. މީގެ އިތުރުން، ސަޕޯޓަރުން ވަނީ ބިއުނަސް އައިރެސްގެ މެދުތެރޭގައި ހުންނަ މަޝްހޫރު "އޮބެލިސްކް" ބިނާ ކައިރިއަށް ވެސް އެއްވެފައެވެ.

Your browser does not support the video tag.

"އޮބެލިސްކް" ބިނާ ކައިރި

އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި ވެސް ވަނީ މެސީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި "ލިއޮނަލް މެސީއަށް އުފަންދުވަހުގެ ތަހުނިޔާ" ކިޔުއްވައި، އާޖެންޓީނާއަށް ހިތްވަރު ދެއްވާފައިވެއެވެ. އަށް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ވަނީ މިދިޔަ ހޯމަ ދުވަހު ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސަކަލޯނީ، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވީ ވަރަށް އާދައިގެ ގޮތަކަށެވެ. ސަކަލޯނީ ބުނީ އޭނާ އެދެނީ މެސީއަކީ އަބަދުވެސް އުފާވެރި މީހެއްގެ ގޮތުގައި ހުރުން ކަމަށެވެ.

މަސްދަރު: Reuters

ލިއޮނެލް މެސީވޯލްޑް ކަޕްއާޖެންޓީނާބިއުނަސް އައިރެސްޖަވިއަރު މިލީލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟

25 ޖޫން 2026
ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟
25 ޖޫން 2026

މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ

25 ޖޫން 2026
މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ
24 ޖޫން 2026

އުރުދުން ގައި ވޯލްޑް ކަޕް މެޗު ބަލަން އެއްވި ބަޔަކު ތޮއްޖެހި ފިތި ބާރުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

24 ޖޫން 2026
އުރުދުން ގައި ވޯލްޑް ކަޕް މެޗު ބަލަން އެއްވި ބަޔަކު ތޮއްޖެހި ފިތި ބާރުވެގެން އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ
24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
24 ޖޫން 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026
ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ
24 ޖޫން 2026

މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!

24 ޖޫން 2026
މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!
23 ޖޫން 2026

ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟

23 ޖޫން 2026
ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
23 ޖޫން 2026

މެސީގެ ބައްޕަ މަރުވީ ކަމަށް ޓީވީގައި އިއުލާން ކުރެވުނު ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި

23 ޖޫން 2026
މެސީގެ ބައްޕަ މަރުވީ ކަމަށް ޓީވީގައި އިއުލާން ކުރެވުނު ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު