Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން

ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި

މި އެއްބަސްވުމަކީ ގައުމުގެ މިނިވަންކަމަށް އުނިކަންލިބޭ ބާތިލު ނިންމުމެއް ކަމަށް އޭނާ ސިފަކުރެއްވިއިރު، އިސްރާއީލުން ވަނީ އެއްބަސްވުމާ ޚިލާފަށް ލުބުނާނުގެ ދެކުނަށް ޑްރޯން ހަމަލާތަކެއް ދީފައި. ހިޒްބުﷲ އިން ބުނާ ގޮތުގައި ހަމަނުޖެހުންތައް ހުއްޓާލުމުގެ އަސާސަކަށް ބަލަންޖެހޭނީ މި މަހުގެ ކުރީކޮޅު އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާ.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 16:41
ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް

ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް | އޭއެފްޕީ

ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި ސަލާމަތީ އެއްބަސްވުމުގައި ސޮއިކުރިތާ އެއްދުވަސް ފަހުން، ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް ހޮނިހިރު ދުވަހު އެ އެއްބަސްވުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. އޭނާ އެ އެއްބަސްވުން ސިފަކުރެއްވީ އިސްރާއީލުގެ ކުރިމަތީގައި އިސްޖެހުން ނުވަތަ އަމާންދިނުމެއްގެ ގޮތުގަ އެވެ.

ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް އެކުލަވާލަމުންދިޔަ ނަމަވެސް، ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ހެއްކެއްގެ ގޮތުން، އިސްރާއީލުން ހޮނިހިރު ދުވަހު ވަނީ ލުބުނާނުގެ ދެކުނަށް ޑްރޯން ހަމަލާއެއް ދީފަ އެވެ.

ލުބުނާނުގައި އިސްރާއީލުން ހިންގާ ހަނގުރާމައާ ގުޅިގެން ލުބުނާނުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފަ އެވެ. ހިޒްބުﷲ އާއި އީރާނުން ބުނާ ގޮތުގައި، މީގެ ދެ ހަފުތާ ކުރިން އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުމުނާމާގެ ދަށުން، ލުބުނާނުގައި ކުރިއަށްދާ ހަމަލާތައް ހުއްޓުވުމަށް ވޮޝިންޓަނުން ވަނީ ވައުދުވެފަ އެވެ.

ހުކުރު ދުވަހު އެއްބަސްވި އޮނިގަނޑުގައިވާ ގޮތުން، ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން އިސްރާއީލު ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން ފޭބުމާއެކު، އެ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލަން ޖެހެއެވެ. ނަމަވެސް، އެއްބަސްވުމުގެ އިތުރު ކަންކަން ފުރިހަމަވަންދެން، ފުޅާކޮށްފައިވާ ސަލާމަތީ ސަރަހައްދެއްގައި އިސްރާއީލު ސިފައިންނަށް ވަގުތީ ގޮތުން މަޑުކުރުމުގެ ހުއްދަ އެ އެއްބަސްވުމުގެ ދަށުން ލިބިދެ އެވެ.

ނައީމް ގާސިމް ނެރުއްވި ބަޔާނެއްގައި އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއްގެ ގޮތުގައި ކަނޑައަޅުއްވައި، ލުބުނާނުގެ ސަރުކާރުން އަމިއްލައަށް ބައެއް ކަންކަމުގައި ދޫދީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން ލިބޭ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

އިސްރާއީލު ސިފައިން ފޭބުމާ، ހިޒްބުﷲގެ ހަތިޔާރު އެޅި ބާރުތައް އުވާލުމާ ގުޅުވާފައިވާ މާއްދާތަކަށް އޭނާ ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އިސްރާއީލުގެ އަސްކަރިއްޔާ އެ ގައުމުގައި ތިބުމަށް ގާނޫނީ ހައިސިއްޔަތު ދިނުން ފަދަ ކަމެއް ކަމަށާއި، މިއީ ހުރިހާ "ރަތް ރޮނގުތަކެއް" ހުރަސްކުރުން ކަމަށެވެ.

އެ ޖަމާއަތުން ހަތިޔާރު އެޅި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ، އެންމެ ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ހަނގުރާމައިގެ މައިދާން ދޫކޮށް ނުދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މައިދާން ދޫކޮށް ނުދާނެ ކަމަށެވެ.

ލުބުނާނުގެ ދައުލަތުގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލުގެ ޑްރޯނަކުން ވަނީ ނަބަތިއްޔާ އަލް-ފައުގާ އަށް ހަމަލާދީފަ އެވެ. މި ސަރަހައްދަކީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ބާއްވާނެ ކަމަށް ބުނެ އެ ގައުމުން އާންމުކުރި ޗާޓުގައިވާ ސަލާމަތީ ސަރަހައްދުން ބޭރުގައިވާ ތަނެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، އެ ސަރަހައްދުގައި އެ ގައުމުގެ އެއްގަމު ސިފައިން ނެތުމުން ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާނެ ކަމަށެވެ. އަދި އެ ހަމަލާ އަމާޒުކުރީ އިސްރާއީލުގެ ފައުޖުތަކަށް ނުރައްކާވެދާނެ ފަދަ މީހަކަށް ކަމަށް ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުވަތަ ހެއްކެއް ހާމަކޮށްފައެއް ނުވެ އެވެ.

ނައީމް ގާސިމް ވިދާޅުވީ، ހުކުރު ދުވަހުގެ ވޮޝިންޓަން އެއްބަސްވުމުގެ ބަދަލުގައި، ލުބުނާނުގެ ސަރަހައްދީ އިސްތިގުލާލު ކަށަވަރުކޮށްދޭ، މި މަހުގެ ކުރީކޮޅު އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާ އަކީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ އަސާސް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ލުބުނާން-އިޒްރޭލްހިޒްބުﷲއީރާންނައީމް ޤާސިމް

އިތުރަށް ކިޔާލަން

27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
27 ޖޫން 2026

ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި

27 ޖޫން 2026
ބަހްރައިނަށް އީރާނުން ޑްރޯން ހަމަލާދިން ކަމަށް ބުނެ ކުށްވެރިކޮށްފި
26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
25 ޖޫން 2026

އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން

25 ޖޫން 2026
އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު

24 ޖޫން 2026
އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު
24 ޖޫން 2026

އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން

24 ޖޫން 2026
އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން
24 ޖޫން 2026

އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ

24 ޖޫން 2026
އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ
24 ޖޫން 2026

އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

24 ޖޫން 2026
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ
24 ޖޫން 2026

ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"

24 ޖޫން 2026
ޓްރަމްޕް ނަތަންޔާހޫ އަށް - "ބީބީ، އެންމެން ތިބީ ކަލޭގެ ސަބަބުން ބޯގޮވައި, ފޫހިވެފައި. ހުރިހާ ޔަހޫދީން ވެސް ތިބީ ކަލޭ ދެކެ ފޫހިވެފައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު