Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ލުބުނާން

އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުގެ ހަތިޔާރު އެއްކޮށް އަތުލައި، އެ ސަރަހައްދަކީ ހަތިޔާރު ނެތް ތަނަކަށް ހެދުމުގެ ކުރިން އިސްރާއީލު ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުން ބުނެފި. އެމެރިކާ މެދުވެރިވެގެން ވޮޝިންގޓަނުގައި ކުރިއަށްދާ މަޝްވަރާތަކުގައި ދެ ގައުމުން އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި ނަމަވެސް، އިސްރާއީލުން ބުނަނީ އެ ގައުމުގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ބޯޑަރު ކައިރީގައި އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް ފުރުސަތު ނުދޭނެ ކަމަށް.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 15:52
އިސްރާއީލުގެ އަސްކަރިއްޔާއިން އިންތިޒާމުކޮށްގެން، އެ ލަޝްކަރާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ނޫސްވެރިންނަށް ދީގެން 2024 އޮކްޓޫބަރު 13 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ލުބުނާނުގެ ދެކުނުގެ ބޯޑަރު ކައިރީގައިވާ ނަގޫރާ ސަރަހައްދުގައި ގާއިމުކޮށްފައިވާ އދ. ގެ ވަގުތީ ސުލްހަ ބަލަހައްޓާ ފައުޖު (ޔުނިފިލް) ގެ މަރުކަޒެއްގެ ކައިރީގައި އިސްރާއީލުގެ ސިފައިން ފޯރިމަރަމުންދާ މަންޒަރު.

އިސްރާއީލުގެ އަސްކަރިއްޔާއިން އިންތިޒާމުކޮށްގެން، އެ ލަޝްކަރާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ނޫސްވެރިންނަށް ދީގެން 2024 އޮކްޓޫބަރު 13 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ލުބުނާނުގެ ދެކުނުގެ ބޯޑަރު ކައިރީގައިވާ ނަގޫރާ ސަރަހައްދުގައި ގާއިމުކޮށްފައިވާ އދ. ގެ ވަގުތީ ސުލްހަ ބަލަހައްޓާ ފައުޖު (ޔުނިފިލް) ގެ މަރުކަޒެއްގެ ކައިރީގައި އިސްރާއީލުގެ ސިފައިން ފޯރިމަރަމުންދާ މަންޒަރު. | އޭއެފްޕީ

ވޮޝިންގޓަނުގައި އެމެރިކާ މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ހިޒްބުاللهގެ ހަތިޔާރު އެއްކޮށް އަތުލައި ނިމުމުން ނޫނީ ލުބުނާނުގެ ދެކުނުން އިސްރާއީލުގެ ސިފައިން ނުބާލާނެ ކަމަށް އެ ގައުމުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

މިދިޔަ މާރިޗު މަހު އީރާނުގެ މަދަދުލިބޭ ވަރުގަދަ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅިގެން، އިސްރާއީލު ސިފައިން ދަނީ ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލުގެ އެއްގަމު ސިފައިން ވެސް ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަރާފައެވެ.

އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިޒްބުالله އަކީ ނުރައްކަލެއްގެ ގޮތުގައި އޮތްހާ ހިނދަކު އަދި އެ ޖަމާއަތުގެ ހަތިޔާރުތައް އަތުލައި، އެ ސަރަހައްދަކީ ހަތިޔާރު ނެތް ތަނަކަށް ހެދުމުގެ ކުރިން ލުބުނާނުގެ ދެކުނުން އިސްރާއީލުގެ ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެމެރިކާގެ ބާރު އެޅުމާއެކު، ލުބުނާނުގެ އޮފިޝަލުން ވަނީ އިސްރާއީލާއެކު ސީދާ މަޝްވަރާތަކެއް މިދިޔަ އޭޕްރިލް މަހު ވޮޝިންގޓަނުގައި ފަށާފައެވެ.

މިހާރު ކުރިއަށްދާ ތިން ދުވަހުގެ މަޝްވަރާތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އަވަށްޓެރި މި ދެ ގައުމުން މިހާރު ތިބީ ވަކި ކަންތައްތަކަކަށް އިގުރާރުވުމާ ވަރަށް ގާތުގައި ކަމަށެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މެންސަރ ވިދާޅުވީ، އިސްރާއީލުގެ އުތުރުގެ ރައްޔިތުންނާއި މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އިސްރާއީލުގެ ބޯޑަރު ކައިރީގައި އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އިސްރާއީލު ސިފައިން އެ ސަރަހައްދުން ބާލާނީ ލުބުނާނުގެ ދެކުނަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދައި، ހިޒްބުاللهގެ ހަތިޔާރު އަތުލައި ނިމުމުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ 2024 ވަނަ އަހަރުގެ ތެރޭގައި ވެސް މިފަދަ ހާލަތެއް ކުރިމަތިވި ކަމަށާއި، އެ ފަހަރު ވެސް ހިޒްބުاللهގެ ހަތިޔާރު އަތުލަން ޖެހޭނެ ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ.

ހިޒްބުﷲލުބުނާން-އިޒްރޭލްއީރާންޑޭވިޑް މެންސަރމާކޯ ރޫބިއޯ

އިތުރަށް ކިޔާލަން

25 ޖޫން 2026

ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި

25 ޖޫން 2026
ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
24 ޖޫން 2026

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު

24 ޖޫން 2026
އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ލުބުނާނުގައި ދެ މީހަކު މަރު
24 ޖޫން 2026

އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން

24 ޖޫން 2026
އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން
24 ޖޫން 2026

އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ

24 ޖޫން 2026
އިޒްރޭލު ސިފައިން ހިފާފައިވާ ލުބުނާނުގެ ބައެއް ސަރަހައްދުތައް އެ ގައުމުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު