Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

އޭނާގެ ފިރިކަލުން ކުރީގެ ރައީސް ޔޫން ވަނީ 2024 ވަނަ އަހަރު އަސްކަރީ ގާނޫނު ހިންގުމަށް ކުރި ނާކާމިޔާބު މަސައްކަތާ ގުޅިގެން، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އިންސާފަށް ހުރަސް އެޅުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަން ފަށްޓަވައިފައި. މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ކުރީގެ ރައީސަކާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްފަހަރާ ކުށްވެރިވި ފުރަތަމަ ފަހަރު.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 02:51
ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން އާއި އަނބިކަނބަލުން ކިމް ކިއުން ހީ (ފައިލް).

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން އާއި އަނބިކަނބަލުން ކިމް ކިއުން ހީ (ފައިލް). | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގެ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސްގެ އަނބިކަނބަލުން،  ރިޝްވަތު ހިފި މައްސަލައިގައި 20 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ނަމަވެސް، އުމުރުން 52 އަހަރުގެ ކިމް ކިއުން ހީގެ މައްޗަށް ކުރެވުނު އެހެން ދައުވާތައް ކަމަށްވާ ހިއްސާގެ އަގުތަކަށް ބަދަލު ގެނައުމަށް ނުފޫޒު ފޯރުވުމާއި، 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ސިޔާސީ ބްރޯކަރެއްގެ އަތުން ޚިޔާލު ހޯދުމުގެ ސާވޭތަކެއް ހޯދި ކަމުގެ ތުހުމަތުތަކުން ކޯޓުން ވަނީ އޭނާ ބަރީއަކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާގެ ފިރިކަލުން ޔޫން ސުކް ޔިއޯލް އެވެ.

ޔޫން ވަނީ 2024 ވަނަ އަހަރު އަސްކަރީ ގާނޫނު ހިންގުމަށް ކުރި ނާކާމިޔާބު މަސައްކަތާ ގުޅިގެން، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އިންސާފަށް ހުރަސް އެޅުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަން ފަށްޓަވައިފަ އެވެ. މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ކުރީގެ ރައީސަކާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްފަހަރާ ކުށްވެރިވި ފުރަތަމަ ފަހަރެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ވޫ އިން-ސަންގް ބުދަ ދުވަހު ނިންމެވި ނިންމެވުމުގައި ވަނީ، ކިމް އޭނާގެ މަގާމުގެ ބޭނުން ހިފާފައި ވަނީ އަމިއްލަ ފައިދާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. "މަގާމު މަތިވިވަރަކަށް، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ބޮޑަށް ސަމާލުވާންޖެހޭނެ. ދައުވާ ލިބޭ ފަރާތުން ވަނީ އެކި ހުށަހެޅުންތަކަށް ނޫނެކޭ ބުނުމުގައި ނުކުޅެދި، އަމިއްލަ ނަފްސު ޒީނަތްތެރިކުރުމަށް އިސްކަންދީފައި،" ގާޒީ ވިދާޅުވި އެވެ.

މި މައްސަލަ ތަހުގީގު ކުރި ޚާއްސަ ޓީމުން ބުނި ގޮތުގައި، 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޖުލައި މަހާ ދެމެދު ކިމް ވަނީ ޔުނިފިކޭޝަން ޗާޗްގެ ފަރާތުން 80 މިލިއަން ވޮންގެ އަގުހުރި ހަދިޔާ ހޯދާފަ އެވެ. މީގެ ތެރޭގައި 'ގްރާފް' ބްރޭންޑްގެ އަލިމަސް ހާރަކާއި 'ޝްނެލް' ބްރޭންޑްގެ ބައެއް އަތްދަބަސްތައް ހިމެނެއެވެ. މިއީ ވިޔަފާރި އަދި ސިޔާސީ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ދީފައިވާ ތަކެއްޗެވެ.

ތަހުގީގީ ޓީމުން ވަނީ ތިން ދައުވާއަށް ޖުމްލަ 15 އަހަރުގެ ޖަލު ހުކުމަކާއި 2 ބިލިއަން ވޮންގެ ޖޫރިމަނާއެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ފާހަގަކުރެއްވި ގޮތުގައި، ކިމް އަކީ އަމިއްލަ އަށް ރިޝްވަތަށް އެދުނު ފަރާތެއް ނޫނެވެ. އަދި އޭނާގެ ކުށުގެ ރެކޯޑެއް މީގެ ކުރިން ނެތުމަކީ ލުއި ހުކުމެއް ދިން ސަބަބެކެވެ. އެހެންނަމަވެސް، 12.85 މިލިއަން ވޮން (ގާތްގަނޑަކަށް 9,000 ޑޮލަރު) އަނބުރާ ދެއްކުމަށާއި، އަލިމަސް ހާރު ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިމްގެ މައްޗަށް އަދިވެސް އިތުރު ތުހުމަތުތަކެއް ކުރެވެއެވެ. އޭގެ ތެރޭގައި ޔުނިފިކޭޝަން ޗާޗްގެ މެންބަރުން އޭނާގެ ފިރިކަލުން ނިސްބަތްވި 'ޕީޕަލް ޕަވަރ ޕާޓީ' އަށް ވެއްދުމަށް މަސައްކަތް ކުރުމާއި، ސަރުކާރުގެ ވަޒީފާތައް ހޯދައިދިނުމުގެ ބަދަލުގައި ހަދިޔާ ހޯދުން ހިމެނެ އެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފެށެއެވެ.

ކުރީގެ ފަސްޓް ލޭޑީ ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. ނަމަވެސް ޝްނެލް ދަބަސްތަކެއް ލިބުނު ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެ ތަކެތި ބޭނުން ނުކޮށް އަނބުރާ ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ އޯގަސްޓް މަހު ސުވާލު ކުރުމަށް ހާޒިރުވިއިރު އޭނާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. "އަޅުގަނޑު ކަހަލަ އާދައިގެ މީހެއްގެ ސަބަބުން ރައްޔިތުންނަށް ކަންބޮޑުވުންތަކެއް ކުރިމަތިވީތީ ވަރަށް ބޮޑަށް ހިތާމަކުރަން،" އޭނާ ވިދާޅުވިއެވެ.

ކިމް އާއި ޔުނިފިކޭޝަން ޗާޗާ ދެމެދު އޮތް ގުޅުންތައް ތަހުގީގު ކުރުމުގެ ތެރެއިން އެ ޗާޗްގެ ލީޑަރު ހަން ހަކް-ޖާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޖިނާއީ ތުހުމަތުތަކުގެ އިތުރުން، ކިމް އަށް ވަނީ އެހެން ބައެއް މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ. އެގޮތުން، 1999 ވަނަ އަހަރު ސޫކްމިއުންގް ވިމެންސް ޔުނިވާސިޓީން އޭނާ ހާސިލްކުރި އާޓް އެޑިއުކޭޝަން ޑިގްރީ ވަނީ ބާތިލު ކޮށްފަ އެވެ. އެއީ އޭނާގެ މާސްޓާސް ތީސީސް ކޮޕީކޮށްފައިވާކަން ސާބިތުވުމުމާ ގުޅިގެންނެވެ.

މަސްދަރު: ބީބީސީ

ދެކުނު ކޮރެއާކިމް ކިއޮން ހީޔޫން ސުކް ޔިއޯލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި

ދެކުނު ކޮރެއާ ގެ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް ގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅައިފި

13 ޖެނުއަރީ 2026
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު