Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޓްރެވެލާ

ފުރަތަމަ ފަހަރަށް އައްޑޫ އިން ޖިއްދާއަށް ޑައިރެކްޓް ފްލައިޓް ބޭއްވުމަށް ދަތުރުވެރިޔާއިން ތައްޔާރުވަމުންދަނީ!

މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން ތަޢާރަފްކުރާ ދަތުރުތަކަށްވާއިރު، އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފްލައިޓް ބާއްވާނެ ކަމަށް ދަތުރުވެރިޔާއިން މައުލޫމާތުދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ޖޫން 2026 | ހޮނިހިރު 13:30
ދަ ޓްރެވެލަރ - އައްޑޫ އިން ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް ދިއުމަށް އިތުރު ފުރުޞަތު ވަނީ ހުޅުވާލާފައި | ދަ ޓްރެވެލަރ

ދަ ޓްރެވެލަރ - އައްޑޫ އިން ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް ދިއުމަށް އިތުރު ފުރުޞަތު ވަނީ ހުޅުވާލާފައި | ދަ ޓްރެވެލަރ | ރާއްޖެ އެމްވީ

ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ އިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ޑައިރެކްޓް ފްލައިޓް ބޭއްވުމަށް ދަތުރުވެރިޔާއިން ތައްޔާރުވާން ފަށައިފި އެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިން ސީދާ ޖިއްދާއަށް ކަމަށްވާއިރު މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުޅުލެ ނޫން އެހެން ސަރަހައްދަކުން ޑައިރެކްޓްކޮށް ޖިއްދާ އަށް ދެވޭ ފަހަރުއެވެ. މިއީ މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން ތަޢާރަފްކުރާ ދަތުރުތަކަށްވާއިރު، އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފްލައިޓް ބާއްވާނެ ކަމަށް ދަތުރުވެރިޔާއިން މައުލޫމާތުދެ އެވެ.

އައްޑޫ އިން ސީދާ ޑައިރެކްޓް ފްލައިޓްގައި ޖިއްދާއަށް ދާ ފަރާތްތަކަށް 46 ކިލޯގެ ލަޖެގް ގެންދެވޭނެ އެވެ.

އުމުރާގެ އަޅުކަމަށް ފުރަން ތައްޔާރުވަމުންދާއިރު މިވަގުތު ދަތުރުވެރިޔާގެ ފަރާތުން ގެންދަނީ، ހާޖީންނަށް ހަމައަށް ދޮރުން ދޮރަށް އުމުރާ ކިޓްތައް ހަވާލުކުރަމުންނެވެ. ދަތުރުވެރިއާ އިން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ތެރޭގައި އައްޑޫ އިން ފުރާ ޢުމްރާވެރިންގެ ލަގެޖް ދޮރުން ދޮރަށް ގޮސް ކަލެކްޓް ކުރުމާއި އަދި ފަސް އުމުރާ ކުރުމުގެ ފުރުޞަތު ދެ އެވެ.

ހަމަ މިއާއި އެކު ޢުމްރާވެރިން އުމުރާގެ އަޅުކަމާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ގިނަ އޮންލައިން ސެޝަންތައް ކުރިއަށްގެންދެ އެވެ. އަދި އުމުރާގެ އަޅުކަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ފަރާތެއް ނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން މޯލްޑިވިއަން އާއި ދަތުރުވެރިޔާ ގުޅިގެން މިއަހަރުގެ ޖުލައި، ޑިސެމްބަރ އަދި އަންނަ އަހަރުގެ ރަމަޟާން މަހަށް ވަނީ ދަތުރުތައް ހުޅުވާލާފަ އެވެ. އެގޮތުން މިހާރުން ފެށިގެން ރަޖިސްޓަރ ކޮށްގެން ދަތުރުގެ ޖާގަ ttumurah.com ކަށަވަރު ކުރެވޭނެ އެވެ.

އައްޑޫ ސިޓީގެ މަރަދޫގައި މިހާރު ދަތުރުވެރިޔާގެ އޮފީހެއް ހުޅުވާފައި ހުރި އިރު، ހިތަދޫގައި ވެސް ވަރަށް އަވަހަށް އޮފީހެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި ދަތުރާ ގުޅޭ މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ ދަތުރުވެރިޔާގެ ހޮޓްލައިން ނަންބަރު 1510 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.

ދަ ޓްރެވަލާމޯލްޑިވިއަން

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

27 އެޕްރީލު 2026
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ
16 މާރިޗު 2026

މޯލްޑިވިއަން ގެ Q2 707 ފްލައިޓަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ކޮޗިން އެއަރޕޯޓުގަ ތާށިވެފައި

16 މާރިޗު 2026
މޯލްޑިވިއަން ގެ Q2 707 ފްލައިޓަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ކޮޗިން އެއަރޕޯޓުގަ ތާށިވެފައި
07 މާރިޗު 2026

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން
31 ޖެނުއަރީ 2026

ރިބަން ކަނޑާ، ބިންގާ އެޅިޔަސް ނުވާނެ: ދެކުނު ގުޅާލާ، އިގްތިސާދު ކޮޅަށް ޖެހޭނީ އެހެންކަންކަން ވެސް ރަނގަޅުކޮށްގެން ނޫންތޯ؟

31 ޖެނުއަރީ 2026
ރިބަން ކަނޑާ، ބިންގާ އެޅިޔަސް ނުވާނެ: ދެކުނު ގުޅާލާ، އިގްތިސާދު ކޮޅަށް ޖެހޭނީ އެހެންކަންކަން ވެސް ރަނގަޅުކޮށްގެން ނޫންތޯ؟
31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
31 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

31 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި
28 ޑިސެމްބަރު 2025

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

28 ޑިސެމްބަރު 2025
ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި
20 ޑިސެމްބަރު 2025

މޯލްޑިވިއަން އިން އޮސްޓްރޭލިޔާ ގެ މެލްބަން އަށް ސީދާ ފްލައިޓް ތައް 6 މަސް ދުވަހަށް ބާއްވަނީ

20 ޑިސެމްބަރު 2025
މޯލްޑިވިއަން އިން އޮސްޓްރޭލިޔާ ގެ މެލްބަން އަށް ސީދާ ފްލައިޓް ތައް 6 މަސް ދުވަހަށް ބާއްވަނީ
01 އޮކްޓޯބަރު 2025

މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ

01 އޮކްޓޯބަރު 2025
މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ
19 އޯގަސްޓު 2025

ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟

19 އޯގަސްޓު 2025
ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު