Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ފްލައިޓް ކެންސަލް

މޯލްޑިވިއަން ގެ Q2 707 ފްލައިޓަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ކޮޗިން އެއަރޕޯޓުގަ ތާށިވެފައި

ފްލައިޓް ކެންސަލްވިކަން އެންގުމުގައި އެއާލައިނުން އިހުމާލުވެފައިވާ ކަމަށާއި، ތާށިވެފައި ތިބި މީހުންނަށް ރޯދަވީއްލުމާއި އެކޮމޮޑޭޝަން ފަދަ ޒަރޫރީ އިންތިޒާމުތައް ހަމަޖައްސައިދީފައި ނުވާތީ ފަސިންޖަރުން ދަނީ ބޮޑެތި ޝަކުވާ ކުރަމުން. މި ހާދިސާއާ ގުޅިގެން ފަސިންޖަރުންނަށް އަނބުރާ ރާއްޖެ އާދެވޭނެ ސީދާ ވަގުތެއް އަދިވެސް ކަށަވަރުވެފައެއް ނުވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 މާރިޗު 2026 | ހޯމަ 13:50
Your browser does not support the video tag.
0:00 / 0:00

މޯލްޑިވިން ގެ Q2 707 ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ގިނަ ބަޔަކު ވަނީ ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓުގަ ތާށިވެފަ | ރާއްޖެ އެމްވީ

ހޯމަ ދުވަހުގެ ހަވީރު ރާއްޖެއަށް އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައި ތިބި ފަސިންޖަރުން އިންޑިއާގެ ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާށިވެއްޖެ އެވެ.

މި ހާދިސާގައި މޯލްޑިވިއަންގެ ފަރާތުން ފަސިންޖަރުންނަށް އެކޮމޮޑޭޝަން ނުވަތަ ރޯދަ ވީއްލާނެ ފަދަ އެއްވެސް އިންތިޒާމެއް ފޯރުކޮށްދީފައި ނުވާތީ ފަސިންޖަރުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ހަވީރު 4 ޖެހިއިރު ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓް Q2 707 އަށް މައްސަލައެއް ދިމާވުމުން އެ ފްލައިޓް ވަނީ ކެންސަލް ކުރެވިފަ އެވެ.

ކޮޗިންގައި ތާށިވެފައި ހުރި މޯލްޑިވިއަންގެ ފަސިންޖަރަކު ރާއްޖެ އެމްވީ އާ ވާހަކަ ދައްކަމުން ބުނީ ފަސިންޖަރުންތައް ހޯމަ ދުވަހު މެންދުރު އެއަރޕޯޓަށް ގޮސް ބޯޑިން ޕާސް ނަގައިގެން، ފުރަން ހަމަޖެހިފައި އޮތް ވަގުތު ޖެހުނު އިރު ވެސް މޯލްޑިވިއަންގެ ފަރާތުން ފްލައިޓް ކެންސަލް ވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ. ޝެޑިއުލް ކޮށްފައިވާ ގަޑިއަށް ނުފުރޭނެ ކަން އެންގީ ފްލައިޓް ފުރަން އޮތް ވަގުތު ފަހަނައަޅާ ގޮސް އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވި ފަހުން ކަމަށް އެ ފަސިންޖަރު ބުންޏެވެ.

އަދިވެސް މޯލްޑިވިއަންގެ ފަރާތުން ރަސްމީކޮށް ފްލައިޓް ކެންސަލް ވި ވާހަކަ އަންގާފައި ނުވާ ކަމަށާއި، ނަމަވެސް މިއަދު އަދި މާދާމާ ވެސް އެ ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުންނަށް މާލެ ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކޮޗިން އެއަރޕޯޓުގެ ކައުންޓަރ ސްޓާފުން ބުނެފައިވާ ކަމަށް ފަސިންޖަރު ބުންޏެވެ.

ފަސިންޖަރުންނަށް އެންމެ ފަހުން ދިން މައުލޫމާތަކީ، ހޯމަ ދުވަހުގެ ރޭ 8 ގެ ފަހުން ފްލައިޓަށް ދިމާވި މައްސަލަ އިންޖިނިއަރުން ބެލުމަށްފަހު ދޭ ޖަވާބަކުން ފަސިންޖަރުން ފުރުމުގެ ކަންތަކާ ގުޅޭ ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފަރާތުން ފަސިންޖަރުންނަށް އެކޮމޮޑޭޝަން އަދި ރޯދަ ވީއްލާނެ ފަދަ ވެސް ފޯރިކޮށްދީފައި ނުވާ ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ފަސިންޖަރުން ވަނީ ބުނެފަ އެވެ. މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭ ވުމަކީ އާއްމު ކަމަކަށް ވެފައިވާއިރު، ފަހަކަށް އައިސް ކެންސަލް ވާ ފްލައިޓްތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން ވެސް ފްލައިޓްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މޯލްޑިވިއަންގެ ފަސިންޖަރުން އިންޑިއާގައި ތާށިވެފައި ވެއެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކަށް ދިމާވަމުން އަންނަ މައްސަލަތަކާ ގުޅިގެން ފަސިންޖަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުން އައިސްފަ އެވެ. ފްލައިޓްތައް ޑިލޭ ވުމާއި ކެންސަލް ވުމުގެ އިތުރުން، އެފަދަ ހާލަތްތަކުގައި ފަސިންޖަރުންނަށް ރަނގަޅު އިންތިޒާމްތަކެއް ފޯރުކޮށް ނުދިނުމަކީ ވެސް ފަސިންޖަރުން ކުރާ އެއް ޝަކުވާ އެވެ.

މޯލްޑިވިއަންކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްފްލައިޓް އިންޖީނު ހަލާކުވުންފްލައިޓް ކެންސަލް ވުން

އިތުރަށް ކިޔާލަން

14 މާރިޗު 2026

އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފި: އީދު ބަންދާ ދިމާކޮށް ފްލައިޓް ޓިކެޓް އަގު ބޮޑުވާނެ!

14 މާރިޗު 2026
އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފި: އީދު ބަންދާ ދިމާކޮށް ފްލައިޓް ޓިކެޓް އަގު ބޮޑުވާނެ!
07 މާރިޗު 2026

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

07 މާރިޗު 2026
ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން
05 މާރިޗު 2026

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި
04 މާރިޗު 2026

ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

04 މާރިޗު 2026
ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން
02 މާރިޗު 2026

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު