Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ

މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް 1 އޮކްޓޯބަރު 2025 އިން ފެށިގެން އެރައިވަލް ކާޑު އޮންލައިންކޮށް ފުރިހަމަކުރެވޭނެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 1 އޮކްޓޯބަރު 2025 | ބުދަ 04:18
އިންޑިއާގެ ކޮޗިން އިންޓަރނޭޝަނަލް އެއާރޕޯޓް: ބޭސްފަރުވާގެ ކަންކަމުގައި އެތައް ހާސް ދިވެހިންނެއް ކޮންމެ މަހަކު ކޮޗިން އަށް ދަތުރުކުރޭ

އިންޑިއާގެ ކޮޗިން އިންޓަރނޭޝަނަލް އެއާރޕޯޓް: ބޭސްފަރުވާގެ ކަންކަމުގައި އެތައް ހާސް ދިވެހިންނެއް ކޮންމެ މަހަކު ކޮޗިން އަށް ދަތުރުކުރޭ

އިންޑިއާގެ އިމިގްރޭޝަނުން ގެނައި އައު ބަދަލަކާއެކު، 1 އޮކްޓޯބަރު 2025 އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ނިޒާމެއް ތަޢާރަފުކޮށްފިއެވެ.

މި ބަދަލާއެކު "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން އޮންލައިންކޮށް ފުރައި ހުށަހެޅޭނެއެވެ.

Advertisement - newsAdvertisement

އިންޑިއާގެ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފުރަންޖެހޭ މި އީ-އެރައިވަލް ކާޑަކީ، އެ ގައުމަށް ވަދެ ނިކުމެވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. މީގެ ކުރިން އޮންނަނީ އިންޑިއާއަށް އެތެރެވުމަށްފަހު، އެރައިވަލް ކާޑު އިމިގްރޭޝަން ކައުންޓަރާ ހަވާލުކުރަންޖެހޭ ގޮތަށެވެ.

އިންޑިއާގެ އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު ނިޒާމުގެ ސަބަބުން އިމިގްރޭޝަން ކައުންޓަރުތަކުގައި ހޭދަވާ ވަގުތު މަދުވެ، ފަސިންޖަރުންނަށް ލިބޭ ޚިދުމަތް އިތުރަށް ހަލުވިވެގެންދާނެއެވެ. ޚާއްޞަކޮށް ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރާ ގިނަ އަދަދެއްގެ ދިވެހިންނަށް މީގެ ފައިދާ ކުރާނެއެވެ.

އިންޑިއާގެ އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ގައުމަށް މަސައްކަތްކުރަން ދާ މީހުންނާއި، ޓޫރިސްޓުންނާއި، ކިޔަވަން ދާ ދަރިވަރުންނާއި، ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ އެންމެހާ ފަރާތްތަކުން މި ޑިޖިޓަލް ކާޑު ފުރިހަމަކުރަންވާނެއެވެ. މި ބަދަލަކީ އިންޑިއާގެ އިމިގްރޭޝަން ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

އިންޑިއާއެރައިވަލް ކާޑުއިމިގްރޭޝަންބޭސް ފަރުވާޑިޖިޓަލް ޓެކްނޮލޮޖީދިވެހިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
10 ޑިސެމްބަރު 2025

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
29 ނޮވެމްބަރު 2025

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

29 ނޮވެމްބަރު 2025
ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު