Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝައިޚް އާސިމްގެ ދަރުސް

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

މި މަހުގެ 28 އިން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުގައި ކުޅުދުއްފުށި، މާލެ، އައްޑޫ، ފުވައްމުލަކު އަދި ތިނަދޫ ސިޓީގައި ޚާއްސަ ދަރުސްތަކެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައި. "ދަ ޓްރެވަލާ" އާއި ސިޓީ ކައުންސިލްތައް ގުޅިގެން އިންތިޒާމުކުރާ މި ހަރަކާތުގެ އެންމެ ފަހު ދަރުސް އޮންނާނީ ތިނަދޫ ސިޓީގައި. މި ދަތުރާ ގުޅޭ އިތުރު މައުލޫމާތު 1510 ނަންބަރު ހޮޓްލައިން މެދުވެރިކޮށް އާންމުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 17:35
ޝެއިޚް އާސިމް ބިން ލުގްމާން އަލް ހަކީމް.

ޝެއިޚް އާސިމް ބިން ލުގްމާން އަލް ހަކީމް. | ސޯޝަލް މީޑިއާ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ ފަސް ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިއްޖެ އެވެ.

Advertisement - newsAdvertisement

"އައްސަލާމް އަލައިކުމް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ދަތުރަކީ ދަ ޓްރެވަލާރގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

މި ދަތުރުގައި އެންމެ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށި ސިޓީގެ އޭއީސީ ހޯލުގަ އެވެ. އޭގެ ފަހުން މި މަހުގެ 29 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި މާލެ ސިޓީގެ ސަލްމާން މިސްކިތުގައި ޚާއްސަ ދަރުހެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އައްޑޫ ސިޓީގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ އެ 8:30 ގައި އެ ސިޓީގެ އައްޑޫ ހައިސްކޫލު ހޯލުގަ އެވެ. އަދި އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގެ އެންމެ ފަހު ދަރުސް އޮންނާނީ މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ ގަޑިން 8:30 ގައި ތިނަދޫ ސިޓީގެ ތިނަދޫ ސްކޫލް ހޯލުގަ އެވެ.

މި ހަރަކާތަކީ ދަތުރުވެރިޔާ ހައްޖު އެންޑް އުމްރާ ގުރޫޕާއި، މުސްލިމް ވޮއިސް ފޯ ޕީސް (އެމްވީޕީ) އާއި ރާއްޖޭގެ ސިޓީ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ދަރުސްތަކެކެވެ.

ޝެއިޚް އާސިމް ބިން ލުގްމާން އަލްހަކީމަކީ ޖިއްދާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ އިސްލާމީ އިލްމުވެރިއެއް އަދި ދަރުސްވެރިއެކެވެ. އިނގިރޭސި ބަހުން ދަރުސްތަކާއި ސުވާލު ޖަވާބު ސެޝަންތައް ދެއްވުމަށް މަޝްހޫރު އިލްމުވެރިއެކެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ޔޫޓިއުބް ޗެނަލާއި އެކްސް އެކައުންޓް މެދުވެރިކޮށް ވެސް އޭނާ ހަރަކާތްތެރިވެ އެވެ.

1962 ވަނަ އަހަރު އުފަންވި އާސިމް އަކީ ސައުދީ ރައްޔިތެކެވެ. އޭނާ ވަނީ ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީން ލިންގުއިސްޓިކްސް އިން 1987 ގައި ޑިގްރީ ހާސިލް ކުރައްވައި އުއްމުލް ޤުރާ ޔުނިވާސިޓީން އިސްލާމިކް ސްޓަޑީޒްގެ ހައި ޑިޕްލޮމާ 1998 ހާސިލް ކުރެއްވި އެވެ.

ޖިއްދާގެ މިސްކިތެއްގައި އިމާމެއްގެ ގޮތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު އާސިމް މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާ މަޝްހޫރުވެފައިވަނީ ހަފްތާއަކު އެއްފަހަރު ހުދާ ޓީވީން ކުރިއަށް ގެންދާ ސުވާލު ޖަވާބު ސެޝަންތަކާއި، ޕީސް ޓީވީއަށް ކޮށްދެއްވާ ޚިދުމަތްތަކާއި، ސޯޝަލް މީޑިއާގައި އޮންލައިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުންނެވެ.

ފަޟީލަތުއްޝައިޚް އާސިމް އަލް ހަކީމްދަ ޓްރެވަލާމުސްލިމް ވޮއިސް ފޯ ޕީސްކުޅުދުއްފުށިއައްްޑޫ ސިޓީފުވައްމުލައް ސިޓީމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

28 އެޕްރީލު 2026
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން މޭޔަރ އާދަމް ޢާޒިމް މަރުޚަބާ ދަންނަވައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން މޭޔަރ އާދަމް ޢާޒިމް މަރުޚަބާ ދަންނަވައިފި

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

26 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު