Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ އެއަރޕޯޓު

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

މޫނު ނިވާކޮށްގެން ހުރި މީހާ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކައި ޕާރުސަލެއް ގެންގޮސްފައިވާއިރު މިހާތަނަށް އޭނާ އަތުލައިގެންނެވިފައެއް ނުވޭ. އޮކްޓޫބަރު 27 ވަނަ ދުވަހު ވީއައިއޭ ގައި ބޭންކެއްގެ މުވައްޒަފުންގެ އަތުން ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓްކޭސް އެއް ވެސް ވަނީ ފޭރިގެންފައި.

އަލީ ޝާހީން
އަލީ ޝާހީން | 28 ޑިސެމްބަރު 2025 | އާދީއްތަ 04:06
ހޯރަފުށީ އެއަރޕޯޓު

ހޯރަފުށީ އެއަރޕޯޓު

ހއ. ހޯރަފުށި އެއަރޕޯޓުގައި ހުންނަ ގައުމީ އެއާލައިން - މޯލްޑިވިއަން ގެ އޮފީސް ރޭ ފަތިހު ފާޅާލައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ފަތިހު ހޯރަފުށި އެއަރޕޯޓުގައި މި ހާދިސާ ހިނގީ ފަތިހު 4 ޖަހާކަށް ހާއިރު އެވެ. އަދި މޯލްޑިވިއަން ގެ އޮފީސް ފަޅާލައި އެތަނުން ޕާރްސަލް އެއް ގެންގޮސްފައިވާކަން ވެސް ރާއްޖެ އެމްވީ އަށް ވަނީ އެނގިފަ އެވެ. 

އެކަން ކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވައިކޮށްގެން ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭނާ މޯލްޑިވިއަން ގެ އޮފިސް ފަޅާލާފައިވަނީ ދޮރު ހަލާކު ކޮށްލައިގެން ކަމަށް އެއަރޕޯޓުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތާ ހަމައަށް ވެސް އެމީހާ އަތުލައިގަނެވިފައެއް ނުވެ އެވެ.

ހާދިސާ ހިނގި އިރު ޑިއުޓީގައި ދެ ސެކިއުރިޓީ އޮފިޝަލުން ތިއްބެވެ.

ހޯރަފުށީ އެއަރޕޯޓުގެ މޯލްޑިވިއަން އޮފީސް ފަޅާލާފައިވާއިރު، އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ވެސް ވަނީ ފޭރިގަނެފަ އެވެ. 

ހޯރަފުށީ އެއަރޕޯޓު ހިންގުމާ ހަވާލުވެ ހުރި އަހުމަދު ވަލީދު އާ މި ނޫހުން ގުޅުމުން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓު ހިންގަމުން ދާތާ 5 އަހަރު ފުރިފައިވާއިރު މިހާތަނަށް މިބާވަތުގެ ޙާދިސާ އެއް އެ އެއަރޕޯޓުގައި ހިނގާފައެއް ނުވެ އެވެ.

ހއ. ހޯރަފުށިމޯލްޑިވިއަންހޯރަފުށީ އެއަރޕޯޓް

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

މޯލްޑިވިއަން އިން އޮސްޓްރޭލިޔާ ގެ މެލްބަން އަށް ސީދާ ފްލައިޓް ތައް 6 މަސް ދުވަހަށް ބާއްވަނީ

20 ޑިސެމްބަރު 2025
މޯލްޑިވިއަން އިން އޮސްޓްރޭލިޔާ ގެ މެލްބަން އަށް ސީދާ ފްލައިޓް ތައް 6 މަސް ދުވަހަށް ބާއްވަނީ
01 އޮކްޓޯބަރު 2025

މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ

01 އޮކްޓޯބަރު 2025
މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ
19 އޯގަސްޓު 2025

ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟

19 އޯގަސްޓު 2025
ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟
12 އޮކްޓޯބަރު 2024

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި
13 ސެޕްޓެމްބަރު 2023

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

13 ސެޕްޓެމްބަރު 2023
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ
04 އޯގަސްޓު 2023

ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އިތުރު ކުރިއެރުންތައް ހޯދުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ކައުންސިލްގެ ރައީސް
04 އޯގަސްޓު 2023

ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި

04 އޯގަސްޓު 2023
ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށައިފި
13 އޯގަސްޓު 2022

ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓް އަށް ރޭގަނޑު ދަތުރު ކުރެވޭގޮތް ހަދަނީ

13 އޯގަސްޓު 2022
ހޯރަފުއްޓާއި މާވަރުލު އެއަރޕޯޓް އަށް ރޭގަނޑު ދަތުރު ކުރެވޭގޮތް ހަދަނީ
05 ޖެނުއަރީ 2022

ހޯރަފުށީ އެއާރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ 4ވަނަ ޝިޕްމެންޓް ގެންދެވިއްޖެ- އެމްޓީސީސީ

05 ޖެނުއަރީ 2022
ހޯރަފުށީ އެއާރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ 4ވަނަ ޝިޕްމެންޓް ގެންދެވިއްޖެ- އެމްޓީސީސީ
19 ނޮވެމްބަރު 2021

ރައީސްގެ ވައުދުފުޅު ފުއްދެވުމަށް މަސައްކަތް ނުހިނގާ އެންމެ ރަށެއްވެސް ނެތް – ނައިބްރައީސް

19 ނޮވެމްބަރު 2021
ރައީސްގެ ވައުދުފުޅު ފުއްދެވުމަށް މަސައްކަތް ނުހިނގާ އެންމެ ރަށެއްވެސް ނެތް – ނައިބްރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު