Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްްޑޫ ސިޓީ

ޑިމާންޑާ އެއްވަރަށް އައްޑޫއަށް ދަތުރު ނޭޅޭ ނަމަ ސަރުކާރުން ހިތުހުރިގޮތެއް ނުހަދައި އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ: މެންބަރު އަބްދުއްރަހްމާން

މާލެއާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުން ޖާގަ ނުލިބޭތީ އާއި ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރު ނުކުރާތީ، މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. ގައުމީ އެއާލައިނަށް މި ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުދެވޭނަމަ އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ ކަމަށާއި، ސަރުކާރުގެ ބޭފުޅުންގެ އަމިއްލަ ބޭނުންތަކަށް ފްލައިޓް ޝެޑިއުލްތަކަށް ބަދަލު ގެނައުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އައްޑޫގެ ތަރައްގީއަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ އާއި، އިންތިޚާބުތަކާ ދިމާކޮށް ދައްކާ ވާހަކަތަކާ އެއްގޮތަށް އަމަލީ މަސައްކަތް ނުފެންނާތީ މެންބަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 09:49
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހުމާން (އައްދު)- ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހުމާން (އައްދު)- ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ޑިމާންޑާ އެއްވަރަށް އައްޑޫ ސިޓީ އަށް ދަތުރު ބޭއްވުމުގެ ގާބިލްކަން ނެތްނަމަ އެހެން ބަޔަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ނަމަވެސް މިސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ހަދަނީ ހިތުހުރި ގޮތެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ. 

ޑިމާންޑާ އެއްވަރަށް އައްޑޫ ސިޓީއަށް ދަތުރުކުރާ ފްލައިޓުތައް އިތުރުނުކުރާތީ ކަންބޮޑުވުންފާޅު ކުރައްވައި، މެންބަރު އަބްދުއްރަހްމާން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  އައްޑުއާއި މާލެއާއި ދޭތެރޭ ދަތުރުކުރަން މިފަހަކަށް އައިސް މޯލްޑިވިއަން ފްލައިޓުން ޖާގަ ނުލިބޭ ކަމަށާއި، ފްލައިޓްތަށް އިތުރު ނުކުރާ ކަމަށެވެ. އަދި އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތު ވެސް ނުދޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފަހު ދިހައިގަ އަދި އީދަށް އާއިލާ ކައިރިއަށް އަންނަން ތިބި އައްޑޫ މީހުންނަށް ފުރުސަތު ނުލިބޭކަން ފާހަގަކުރައްވައި މެންބަރު އަބްދުއްރަހްމާން ވިދާޅުވީ، އީދަށް މަޑުކުރަން ބޭނުން އެތައް ބަޔަކު ޖާގަ ނުލިބުމުގެ ސަބަބުން އީދުގެ ކުރިން ފުރަން ޖެހޭ ކަމަށާއި، މިއީ ވަކި ޗުއްޓީއެއް ވެގެން މިހާރު ވާ ކަމެއް ނޫން ކަަމަށެވެ.

މެންބަރު އަބްދުއްރަހްމާން ވިދާޅުވީ، ޑިމާންޑާއި އެއްވަރަށް ދަތުރު ބޭއްވުމުގެ ގާބިލްކަން ސަރުކާރު އަދި މޯލްޑިވިއަންގަ ނެތްނަމަ އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުން އައްޑޫ ރައްޔިތުންނާ ދޭތެރޭގައި ހިތުހުރި ގޮތެއް ހަދަމުންދާ ކަމަށާއި، ސަރުކާރުގެ ބޭފުޅުން ބޭނުންވީމަ އަމިއްލަ ދޯންޏަށް ހަދާ ގޮތަށް ކެންޕޭން ދަތުރަށް ބޯޓުތަކުގެ ޝެޑިއުލްއަށް ބަދަލު ގެންނަ ކަމަށެވެ. އަދި ވިދާޅުވީ މިގޮތަށް މިކަން ކުރުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ. 

މޮނޮޕޮލީއެއް ކުޅެ މޯލްޑިވިއަން އިން އައްޑޫ ރައްޔިތުން ފެލާ ރައްޔިތުންނާއި ދޭތެރޭ ހިތުހުރި އެއްޗެއް މިހަދަނީ ސަރުކާރުން. ފްލައިޓްތަކުގެ ދަތިކަން މިހާއޮންނައިރު މި ބޭފުޅުން އަމިއްލަ ދޯންޏަކަށް ހަދާ ގޮތަށް ކެމްޕޭން ދަތުރަށް ބޯޓުތަކުގެ ޝެޑިއުލް މި ބޭފުޅުންގެ ކޮންވިނިއަންސަށް އެބަ ބަދަލުކުރޭ، މިހެން ހެދުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކަނެކްޓިން ފްލައިޓްތަކަށް އަރަން ތިބި މީހުންނަށް. ފްލައިޓް ލަސް އެބަކުރޭ ވަޒީރާއި މެންބަރު ފެންވަރާ ނިމެންދެން. މީޓިން ނިމެންދެން.ކޮފީ ނިމެންދެން.
އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން

މީގެ އިތުރުން މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އައްޑޫ ރައްޔިތުންނަށް އުޑުން ތަރި ބާލަދޭ ކަމަށެވެ. ނަމަވެސް އައްޑޫ އިސްކުރަނީ ވާހަކަ އިން ކަމަށާއި، ވެރި ކަމަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އެއްވެސް އިސްކަމެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ އަށް ތަރައްގީ ބޭނުންވާކަން ފާހަގަކުރައްވައި މެންބަރު އަބްދުއްރަހްމާން ވިދާޅުވީ އައްޑޫ އަށް ހަމައެކަނި ބޭނުންވަނީ މަގާއި ކަރަންޓުގެ ޚިދުމަތް ނޫން ކަމަށެވެ. މިއާއެކު، މަސް ފެކްޓަރީ، ބްރިޖް، ބޭހާއި، ބޭސްފަރުވާ، އައްސޭރި ޓުއަރިޒަމުން 10 ހާސް ވަޒީފާ އައްޑޫ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މެންބަރު އަބްދުއްރަހްމާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ނުވާ ކަމަށްވާނަމަ އެ ވާހަކަތައް ދައްކާނެ ކަމަށެވެ. އަދި އައްޑޫގެ މެޖޯރިޓީ އަކީ ވަޒީފާއެއް ދަށުވެ ނުވަތަ އަމިއްލަ އެދުމާއެކު، ތިބި ބައެއް ކަމަށް ސަރުކާރުން ދެކިގެން ނުވާނެ ކަމަށާއި، ސަރުކާރަށް ސަނާ ކިޔަން ޖެހޭ ސަބަބެއް ނެތް ކަމަށް މެންބަރު އަބްދުއްރަހްމާން ވިދާޅުވި އެވެ. 

އައްްޑޫ ސިޓީއަބްދުއްރަހްމާންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

07 މާރިޗު 2026
މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ  ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

05 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

03 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު