Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީ ޕްލޭންގެ ޚިދުމަތް

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

ދެކުނުގެ 4 އަތޮޅުގައި ސީޕްލޭން ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ސީޕްލޭން ޚިދުމަތް ފެށުމުން ފުވައްމުލަކާއި އައްޑޫއާ ދެމެދު 20 މިނިޓުން ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވި ދޮޅު ގަޑި އިރުގެ ދަތުރާއި 5 ގަޑި އިރަށް ދިގުވާ ވާހަކަ ހަގީގަތާ ޚިލާފެވެ. މިހާރު އާރްޓީއެލް އާއި ލޯންޗުން އެ ދަތުރުތަކަށް ނަގަނީ ގަޑި އެއް ހާއިރެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 13:02
ދެކުނުގެ 4 އަތޮޅުގައި މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތުން ގުޅާލުން

ދެކުނުގެ 4 އަތޮޅުގައި މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތުން ގުޅާލުން | ރައީސް އޮފީސް

ފުވައްމުލަކާއި އައްޑޫ އާއި މެދު ކަނޑު ދަތުރުކޮށްފައި ދެވެނީ ދޮޅު ގަޑި އިރުން ކަމަށް ފާހަގަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހޯމް މިނިސްޓަރ އަލީ އިހުސާން އިތުރުފުޅު ހައްދަވައިފި އެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ދެކުނުގެ 4 އަތޮޅުގައި މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތުން ގުޅުވާލުމަށް އައްޑޫ ސިޓީގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ކަނޑު މަޑު އިރު ފުވައްމުލަކާއި އައްޑޫ އަށް ދެވެނީ ދޮޅު ގަނޑި އިރުން ކަމަށާއި ބައެއް ދަތުރުތައް 3 ގަޑި އިރަށް ދިގުދެމިގެންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަނޑު ގަދަ ނަމަ ދަތުރު ހުއްޓާލުމަށް ފަހު އަނބުރާ  ދާން ޖެހޭ ފަހަރު ވެސް ދިމާވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސީޕްލެއިންގެ ޚިދުމަތް ފެށުމުން މިހާރު 20 މިނިޓުން އެ ދަތުރު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފަ އެވެ.

Advertisement - newsAdvertisement

"ޚިޔާލަށް ގެންނަވާ ކަނޑު ރަނގަޅު ދުވަހެއްގައި ފަސް ގަޑިއިރުން ދޮޅު ގަޑިއިރުން ދެން 20 މިނެޓަށް މިހާރު އައި ތަފާތުގެ ވާހަކަ. ކަނޑުގަދަ ދުވަހެއް ނަމަ ދަތުރު ނުކުރަން ނިންމާ ދަތުރު ވަކި ހިސާބަކުން އަނބުރާ ދާންޖެހުމާއި ނުވަތަ ދޮޅު ގަޑިއިރުގެ ދަތުރު 3 ގަޑިއިރަށް ދެމިގެގެންދޭ.  މި ހުސް ދިމާވެފައި ހުރި ކަންތައްތައް. އެހެންވީމަ އަޅުގަނޑުމެންގެ ހަޔާތަށް ތަރައްގީއޭ މިކިޔާ އަސްލު އިހުސާސް ވާކަހަލަ ބަދަލެއް ގެނެވޭނެ ނިންމުމެއް މިއީ" އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް މިހާރު އާރްޓީއެލްގައި ކުރާ ދަތުރުތަކާއި އެހެނިހެން ލޯންޗްދަތުރުތަކުގައި ވެސް އައްޑޫ އާއި ފުވައްމަލަކާއި ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ ގަޑި އެއް ހާއިރެވެ. އެހެންކަމުން ދޮޅު ގަޑި އިރުން އެ ދަތުރު ކުރަމުން އައި ކަމަށް އަދި 5 ގަޑި އިރަށް ދަތުރު ދިގުދެމިގެންދާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެވީ ހަގީގަތާއި ޚިލާފު ވާހަކަތަކެކެވެ.

އިހުސާން އިތުރަށް ވިދާޅުވީ ދެކުނު އަތޮޅުތައް ސީޕްލޭނުން ގުޅާލުމުން އެތަންތަނުގެ އަސްލު މަންފާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އިހުސާން އިތުރަށް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް އަށް ބަލާ ނަމަ އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރީން ރާއްޖެ އައިސް މަޑުކުރާ މުއްދަތު އިތުރުނުވުން ކަމަށެވެެ. އެކަން ބަދަލުކުރުމަށް ދެކުނު ވައިގެ މަގުން ގުޅާލުމަކީ މުހިންމު ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ފުވައްމުލަކުއައްޑޫރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރު އަލީ އިހުސާންމޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

31 ޖެނުއަރީ 2026
ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

30 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމީ ޓީމަށް ހޫނު މަރުޙަބާ ކިޔަން ރައީސް ވަޑައިނުގަންނަވާ

28 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު