Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަން އިން އޮސްޓްރޭލިޔާ ގެ މެލްބަން އަށް ސީދާ ފްލައިޓް ތައް 6 މަސް ދުވަހަށް ބާއްވަނީ

މި ފްލައިޓުގައި އޮސްޓްރޭލިއާ އިން ދަތުރު ކުރެވޭނީ ހަމައެކަނި ލަގްޒަރީ އެސްކޭޕް އިން ބުކިންގ ހަދާ ފަތުރުވެރިންނަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވޭ.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 08:38
ޑިސެމްބަރު 19، 2025 ގައި ރިލީޒްކުރި ފޮޓޯގައި ފެންނަނީ މެލްބަން އެއާޕޯޓްގެ ސީއީއޯ ލޯރީ އާގަސް (ވ) އާއި ލަގްޒަރީ އެސްކޭޕް ގެ ކޯ ފައުންޑަރ އަދި ސީއީއޯ  އެޑަމް ޝްވާބް، މެލްބޯން އެއާޕޯޓުގައި މޯލްޑިވިއަން އޭ330 މަތިންދާބޯޓެއްގެ މޮޑެލް އަކާ އެކު.

މޯލްޑިވިއަން އިން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ސީދާ ފްލައިޓްތައް ފަށާ ކަން އިއުލާނު ކޮށްފި އެވެ.

މި ދަތުރުތައް ކުރާނީ، އޮސްޓްރޭލިއާގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލަގްޒަރީ އެސްކޭޕްސް އާ ގުޅިގެން ޗާޓަރ އިންތިޒާމެއްގެ ދަށުން ކަމަށާއި ދަތުރުތައް ކުރާނީ މެލްބަން އިން މާލެ އާ ދެމެދުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ހަފްތާއަކު އެއް ދަތުރު ކުރާ ގޮތައް ހަމަ ޖެހިފައިވާއިރު މި ޚިދުމަތް ފަށާނީ 2026 މެއި 18 އިން ފެށިގެން ކަމަށާއި، ދަތުރުތައް ފަށާނީ އޮސްޓްރޭލިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ލިބުމުން ކަމަށް އެނގިފައިވެއެވެ. ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ޑިމާންޑަށް ބަލައި މުއްދަތު އިތުރު ކުރެވިދާނެ ކަމަށް އޮސްޓްރޭލިއާގެ ޓްރެވެލް ވެބްސައިޓެއް ކަމަށްވާ އެސްކޭޕް ޑޮޓް ކޮމް އިން ބުނެފައިވެއެވެ.

2024 ވަނަ އަހަރު އޮސްޓްރޭލިއާ އިން ރާއްޖެ އަށް 29،519 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 34،933 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އޮސްޓްރޭލިއާ ފާހަގަ ވެފައިވަނީ ރާއްޖެ އަށް 10 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރާ ގައުމުގެ ގޮތުގަ އެވެ.

އޮސްޓްރޭލިއާ އިން ރާއްޖެ އަށް ދަތުރުކުރާ ފަރާތްތަކުން މިހާރު އާންމު ގޮތެއްގައި ދަތުރު ކުރަނީ ސިންގަޕޫރު، ދޯހާ ނުވަތަ ޑުބާއީ ގައި ޓްރާންސިޓް ކޮށްފަ އެވެ. އެ ގޮތުން މުޅި ދަތުރުގެ ދިގުމިނުގައި ގާތްގަނޑަކަށް 20 ގަޑީއިރު ހޭދަވާ ކަމަށްވެ އެވެ. ސީދާ ދަތުރުތައް ފެށުމުން ހޭދަވާނީ 10 ގަޑިއިރާއި 11 ގަޑިއިރުގެ ވަގުތެކެވެ.

މި ދަތުރުތަކުގައި ބޭނުން ކުރާނީ މޯލްޑިވިއަން ގެ އޭ330-200 ގެ ބޯޓެވެ. ބޯޓުގައި ބިޒްނަސް ކްލާސް އާއި އިކޮނޮމީ ކްލާހުގެ ޚިދުމަތް ލިބެން ހުރެއެވެ.

މި ފްލައިޓުގައި އޮސްޓްރޭލިއާ އިން ދަތުރު ކުރެވޭނީ ހަމައެކަނި ލަގްޒަރީ އެސްކޭޕް އިން ބުކިންގ ހަދާ ފަތުރުވެރިންނަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވިއަންއޮސްޓްރޭލިއާ-ރާއްޖެލަގްޒަރީ އެސްކޭޕްސްމެލްބަން

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2025

މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ

01 އޮކްޓޯބަރު 2025
މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ
19 އޯގަސްޓު 2025

ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟

19 އޯގަސްޓު 2025
ތި ބޭނުން ކުރަނީ އަސްލު "ނޯޓް"ތަ؟
26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު