Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އެއަރޕޯޓް

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ބޭކާރު ހަރަދެއްގެ ގޮތުގައި ކުރި ކަމެއްކަން ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވަނީ ތުހުމަތު ކުރައްވާފައި. އެއާޕޯޓުގެ އޮޕަރޭޝަންތައް ހީނަރުވެ، ފިއުލް ފާމް ފަދަ ވަސީލަތްތައް ބޭނުންނުކުރެވި ހުރިއިރު، ރަށުގެ ބިންތައް ފޭރިގަންނަ އުސޫލުން ސަރުކާރުން އަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން، އެއާޕޯޓު ސަރަހައްދުގައި ރިސޯޓެއް ތަރައްގީކުރުމަށް އޮތް ޕްލޭން މި ސަރުކާރުން ބަދަލުކޮށްފައިވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2026 | ހުކުރު 08:02
ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން.

ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން. | ސޯޝަލް މީޑިއާ

ހދ. ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަލީ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހަނިމާދޫ އެއާޕޯޓަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ރައްޔިތުން އެދުނު ގޮތަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ މުހިންމު ތަނެއް ކަމަށެވެ. 

އަލީ ވިދާޅުވީ އެއާޕޯޓުގެ ހުރިހާ ދިމާލެއްގައި އޮތީ މައްސަލަ ކަމަށާއި، އެއާޕޯޓުގެ އެއްފަޅި އޮތީ ޕްރަލައިޒް ވެފައިވާ ކަމަށެވެ. 

ދެން އަޅުގަނޑުމެންނަށް ވަރަށް ބުރަ މަސައްކަތުން ބޮޑުތިލަދުންމަތީ އެންމެ ބޮޑު ތަރައްގީގެ މައި ހަބުގެ ގޮތުގައި އެއާޕޯޓެއް އެއޮތީ ޓޫރިޒަމަށް އެކަން ކުރެވޭ ގޮތަށް ފައްކާ ކޮށްފައި. އެޑިޒައިނަށް. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއާޕޯޓުގެ މިހާރު އަޅުގަނޑަށް ހީވާ ގޮތުން ދޭ ނުނީ އެއް ފްލައިޓް ޖައްސަނީ. އެއީ މާލެއިން. ކުރީގައި 5 ނުވަތަ 8 ނޫނީ 6 ފްލައިޓް ޑޮމެސްޓިކް އެއާޕޯޓެއް އޮތްއިރު ވެސް ޖައްސާ. ދެން މިހާރު އެއާޕޯޓު އެއްކޮށް ހުއްޓެމުން މިދަނީ. އަނެހެން ބުނަންޏާ އެއާޕޯޓުގެ އެބަހުރި ހުރިހާ މައްސަލައެއް ދިމާވެފައި. މިސާލަކަށް ބަލަންޏާ ފިއުލް. ފިއުލް ފާމަށް އެއޮތީ ފިއުލް އަޅާފައި. އެކަމަކު އެ ތެލެއް ބޭނުމެއް ނުކުރެވޭ. އެތެލުގައި ކެމިކަލް ހުރީމަ އެ ވަރަށް ބައިވަރު ތެޔޮތަކެއް. އަނެހެން ބުނަންޏާ އެއާޕޯޓުގެ އެއްފަޅި އެއޮތީ ޕްރަލައިޒް ވެފައި. ދެން އެއްވެސް ކަހަލަ ޕްލޭނެއް ނެތް މީގައި. 
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

މީގެ އިތުރުން އަލީ ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރީ މުޅި ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތަށް ކަމަށާއި، މިހާރު އެޕްލޭން ނެތް ކަމަށެވެ. 

އެ ރަށުގެ ހިމަކޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، މިސަރުކާރުން ވެސް އެގޮތަށް މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި ރިސޯޓު ތަރައްގީ ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަަމަށާއި، އެސަރަހައްދު އެއްކޮށް އެއާޕޯޓަށް ދިނުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެސަރަހައްދު އެއާޕޯޓަށް ދިން ނަމަވެސް އެތަނުގައި ރިސޯޓު ތަރައްގީ ކުރެވޭނެ ކަމަށެވެ. 

މިހާރު އަޅުގަނޑުމެންނަށް މިދިމާވާ މައްސަލައަކީ އަޅުގަނޑުމެން އެންމެ ހިތްހަމަ ނުޖެހޭ ކަންކަމަކީ ހަމަ ރައްޔިތުން ވެސް ހަމަ މިސަރަހައްދުގެ ރައްޔިތުން ހިތްހަމަ ނުޖެހޭނެ ކަމެއް މިއީ އެތާގެ ޕްލޭން ދެއްކި އެތާގައި ރިސޯޓެއް ހަދާ ގޮތަށް. މިހާރު އެބޭފުޅުން އެބަ ބުނޭ އަޅުގަނޑުމެން އެކަން ކުރަން ބޭނުންވެގެން އުޅޭތީ ލޭންޑް ޔޫސް ޕްލޭން އެގޮތަށް ހިމަނާ ފާސް ކުރަން ރައްޔިތުން ހުށަހެޅީމަ އެތާގައި ރިސޯޓެއް ނުހެދޭނެއޭ. އެއަށް ބޮޑު ބިމުގައި. އެންމެ ރީތި އެތައް އެއީ. މިހާރު އެ ބުނަނީ އެސަރަހައްދު ދޭށޭ އެއާޕޯޓަށް. އެއާޕޯޓަށް އެސަރަހައްދު ނުދޭކަށް ނޫން. އެއާޕޯޓުގެ ބައެއްގެ ގޮތުގައި ހިމެނިކަމުގައި ވިޔަސް އެތާގައި ހަދަންވާނީ ރިސޯޓޭ. އެހެންނޫނީ އެ ސަރަހައްދު އަޅުގަނޑުމެން ދުލެއް ނުކުރާނަމޭ. އޭރުން ރަންވޭ ހަދާނީ އެންމެ ކޮޅުން ޖައްސާގެންނޭ. ޕްލޭންތަކެއް ހުރީމަ އެގޮތަށް އެމަސައްކަތް ކުރީ. މިހާރު މިފެންނަނީ މުޅިން އެހެން ސިސްޓަމަކަށް މިކަން ކުރިއަށް ގެންދާތަން. ރަށުގެ ބޮޑެތި ބިންތަކެއް ފޭރިގަންނަ އުސޫލުން ސަރުކާރުން ކަންތައް ކުރާތަން 
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

އަލީ ވިދާޅުވީ މިސަރުކާރާއެކު އެއާޕޯޓުގެ އާރޯކަމެއް ތަރައްގީއެއް ނުފެންނަ ކަމަށާއި، އެއީ ކުރީ ސަރުކާރުގައި ކޮށްފައިވާ ބޭކާރު ހަރަދެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިސަރުކާރުގެ ބޭފުޅުން މީގެ ކުރިން ވެސް އެއާޕޯޓަކީ ބޭކާރުތަނެއްގެ ގޮތުގައި ސިފަކޮށް އެގޮތަށް އެވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ. 

ހދ. ހަނިމާދޫއަލީ އިބްރާހިމްހަނިމާދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
23 މެއި 2026

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

23 މެއި 2026
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި
02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
01 ފެބުރުއަރީ 2025

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި
13 އޮކްޓޯބަރު 2024

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު

13 އޮކްޓޯބަރު 2024
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު
22 ޖޫން 2024

ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

22 ޖޫން 2024
ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
12 އޮކްޓޯބަރު 2023

މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި

12 އޮކްޓޯބަރު 2023
މަސްތުވާތަކެއްޗާއެކު ހަނިމާދޫން 2 މީހަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2023

އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް

05 އޮކްޓޯބަރު 2023
އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް
05 ޑިސެމްބަރު 2022

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ
28 ސެޕްޓެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

28 ސެޕްޓެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު