Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުސްގެކޮޅު

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚީ ބިނާއެއް ކަމަށްވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ކުރަހައި ގެއްލުންދިން މައްސަލަ ބަލައި، އެކަން ކުރި ބަޔަކަށް ތަރިކައިގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ފުލުހުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން. މި ބިނާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި، އެތަން ސަގާފީ ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަ. މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އާސާރީ ތަންތަނުގެ ސަގާފީ އަގު ގެއްލި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 ޖޫން 2026 | ބުރާސްފަތި 13:56
މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި "އުސްގެކޮޅު"

މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި "އުސްގެކޮޅު" | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމުގައިވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 100 އަހަރަށްވުރެ ގިނަ ދުވަސްވީ މި ތާރީޚީ ބިނާގެ ފާރުތަކުގައި ކުރަހައި، ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި އަމަލު ހިންގި ފަރާތްތައް ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު" (ޤާނޫނު ނަންބަރު 2019/12) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން އެ ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެ އެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ޙަވާލުކޮށްފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) (1893-1903) ގެ ރަސްކަމުގައި ބިނާކުރެއްވި ވަރަށް ތާރީޚީ ތަނެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވުނު އިމާރާތެވެ. އިހުގެ ދިވެހި ބިނާކުރުންތެރިކަމުގެ ފަރުމާ ވަރަށް ފުރިހަމައަށް ފެންނަން ހުރި މި ބިނާއަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން، ތަނުގެ ސަގާފީ އަގު ގެއްލި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތެވެ.

އެހެންކަމުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެތަން ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ. 

އުސްގެކޮޅުމިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުމާލޭ ސިޓީ ކައުންސިލްއައްސުލްޠާން ޙާޖީ ޢިމާދުއްދީންދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު

އިތުރަށް ކިޔާލަން

18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
30 މެއި 2026

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
25 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން
17 މެއި 2026

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

17 މެއި 2026
މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު