Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް އެމްޑީޕީ ފަރާތުން ވާދަކުރައްވާނީ މީކާއީލް!

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ ވޯޓު މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް ކާމިޔާބު ކުރައްވައިފި. ހަތަރު ކައުންސިލަރަކު ވާދަކުރެއްވި މި ވޯޓުގައި މީކާއީލަށް ހަތް ވޯޓު ލިބިވަޑައިގެންފައިވާއިރު، ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް އޮތުމުން މި މަޤާމަށް އޭނާ އިންތިޚާބުވާނެކަން މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 09:47
މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ)

މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) | އެމްޑީޕީ

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) ހޮވަން ނިންމައިފިއެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ އައު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު ނެގި ވޯޓުގައެވެ. އެގޮތުން މި މަޤާމަށް އޭނާގެ އިތުރުން 3 ކައުންސިލަރަކު ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ (ރިލޭޭ)، މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާ އަދި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާއެވެ. 

Advertisement - newsAdvertisement

އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ މީކާއީލްއަށެވެ. އެގޮތުން މީކާއީލަށް ހަތް ވޯޓު ލިބިފައިވެއެވެ. 

މާލޭ ސިޓީ ކައުންސިލްގެ ސޯޅަ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާތީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަގާ ވޯޓު ކާމިޔާބު ކުރާނީ މީކާއީލްކަމަށް ބެލެވެއެވެ. 

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދިއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީކާއީލް މުޙައްމަދު ރިޔާޒްމާލޭ ސިޓީ ކައުންސިލްއެމްޑީޕީމުޙައްމަދު ރިޟްވާން ޢަލީޢާއިޝަތު ޙަނާފާތިމަތު ޒަހިއްޔާ

އިތުރަށް ކިޔާލަން

17 މެއި 2026

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު
17 މެއި 2026

ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

17 މެއި 2026
ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި
17 މެއި 2026

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
14 މެއި 2026

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު