Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ މުއްތޮލިބް

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

މާލޭގެ ތަރައްގީއާ ގުޅޭ މުހިއްމު ކަންކަމުގައި މަޝްވަރާކުރުމަށް ހައުސިންގ މިނިސްޓަރާ ބައްދަލުކުރަން އެދިވަޑައިގަންނަވާތާ ދެ އަހަރުވީއިރު ވެސް އެ ފުރުސަތު ދެއްވާފައި ނުވާތީ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި. މިނިސްޓަރު މުއްޠަލިބު ލިޔެކިޔުމުން މުއާމަލާތުކުރަން އެދިވަޑައިގެންނެވި ނަމަވެސް، މޭޔަރު ވިދާޅުވީ މިހާތަނަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ދެއްވާފައި ނުވާ ކަމަށާއި، ވަޒީރު އުޅުއްވަނީ ހަގީގަތް އޮޅުވާލައްވަން ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2026 | ބުރާސްފަތި 11:24
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. | ރާއްޖެ އެމްވީ

 

މާލެ ސިޓީ ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެދިވަޑައިގަތުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

މުހިއްމު އެކި މައްސަލަތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަން ބޭނުންވާތީ އެކަމަށް އެދިވަޑައިގެން އުޅުއްވާތާ ދެ އަހަރުވީއިރު ވެސް މުއްތޮލިބު ބައްދަލުކުރައްވާފައިނުވާކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ މިނިސްޓްރީއަށް ވެސް ގޮސްފައެވެ.

އެހެންނަމަވެސް އެކި ފަހަރުމަތިން މަސައްކަތް ކޮށްގެންވެސް މިނިސްޓަރާ ބައްދަލުވެފައިނުވާއިރު، މިނިސްޓަރު ވަނީ މާލޭގެ ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމަށް މޭޔަރުގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި، އަނގަބަހުން މޭޔަރާ އެކު ކުރެވިފައިވާ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާކަމާށް ބުނެ، ދެން މުއާމަލާތު ކުރަންޖެހޭނީ ލިއެކިއުމުންކަމަށް ބުނެ ސިޓީއަކުން ޖަވާބުދީފައެވެ.

އެކަމާ ނުރުހުން ފާޅު ކުރައްވައި ކައުންސިލް ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި މޭޔަރު އާޒިމް ވިދާޅުވީ މުއްތޮލިބާ އެކު އަނގަބަހުން އަދި ފޯނަކުން ވެސް މިހާތަނަށް ވާހަކަދައްކާފައި ނުވާ ކަމަށާއި، ވަޒީރު ފޯނު ވެސް ނުނަގާ ކަމަށެވެ.

ރައްޔިތުން އިންތިހާބު ކޮށްފައި ތިބި މީހުންނާ އަދި ގާނޫނުން މަތިކޮށްފައި ތިބި މީހުންނާ ބައްދަލު ނުކޮށް މުއްތޮލިބު އުޅުއްވަނީ ސިޓީ ފޮނުވައިގެން މުއާމަލާތްތައް ކުރެވޭތޯކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ބޮޑެތި ދޮގުތައްވެސް ހަދަމުންދާކަމަށެވެ.

މޭޔަރު ވަނީ މަޤާމުގެ ޒިންމާ އަދާކުރެއްވުމަށްވެސް މުއްތޮލިބަށް ގޮވާލައްވާފައެވެ. އަދި ގާނޫނީ އިމުގެ ތެރެއަށް ވަދެގެން ހުރިހާ ކަމެއް ކުރަން އެންމެންވެސް ގުޅިގެން ހިނގަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު، ލިޔެކިޔުމުން މިހާރު ހުރިހާ އެއްޗެއް ފޮނުވިފައި ހުރި ކަމަށާއި، އެއްވެސް އެއްޗަކަށް މިހާތަނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކައުންސިލުން ރައްޔިތުންނަށް ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެ ކަންކަން ކުރެވޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްޑރ. އަބްދުﷲ މުއްތަލިބުއާދަމް އާޒިމްހައުސިންގް މިނިސްޓްރީމާލެ

އިތުރަށް ކިޔާލަން

17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
17 ޖޫން 2026

ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް

17 ޖޫން 2026
ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
16 ޖޫން 2026

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

16 ޖޫން 2026
އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު