Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާ-އެމެރިކާ

ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި

ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ އަލީ ޙުސައިން އަލް-ޢުލައިވީ، އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި މަރާލައިފި. މިއީ އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނޭ. ސޫރިޔާގެ ބޮޑު ސަރަހައްދެއް ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، ބައިނަލްއަގުވާމީ ކޯލިޝަނުން ދަނީ އެ ޖަމާއަތުގެ ބާކީ ތިބި ހަނގުރާމަވެރިން ނައްތާލުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 05:28
ސޫރިޔާގެ ދީރު ހާފިރުގައި، ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ގެ ލީޑަރުންނާއި އެމެރިކާ އަސްކަރިއްޔާގެ އިސްވެރިން 2026 ޖެނުއަރީ 16 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއް އޮތް ސަރަހައްދުގައި އެމެރިކާގެ ސިފައިންގެ މީހަކު ފޯރިމަރަނީ.

ސޫރިޔާގެ ދީރު ހާފިރުގައި، ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ގެ ލީޑަރުންނާއި އެމެރިކާ އަސްކަރިއްޔާގެ އިސްވެރިން 2026 ޖެނުއަރީ 16 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއް އޮތް ސަރަހައްދުގައި އެމެރިކާގެ ސިފައިންގެ މީހަކު ފޯރިމަރަނީ. | ރޮއިޓާސް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުދަ ދުވަހު އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ހަފުތާގައި ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށެވެ.

ސެންޓްކޮމް އިން ހާމަކުރި ގޮތުގައި ޖޫން މަހުގެ 19 ވަނަ ދުވަހު ދިން މި ހަމަލާގައި މަރާލާފައިވަނީ އަލީ ޙުސައިން އަލް-ޢުލައިވީ އެވެ. މިއީ އެމެރިކާއިން ބޭރުގައި ތިބި އެމެރިކާގެ ރައްޔިތުންނަށާއި އެމެރިކާގެ ފަސްގަނޑަށް ހަމަލާދޭން މަސައްކަތްކުރާ ޓެރަރިސްޓުން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދިން ހަމަލާއެއް ކަމަށާއި، ސަރަހައްދީ ބައިވެރިންނާއެކު މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، އައިއެސް ޖަމާއަތް މުޅިން ބަލިކޮށް، އެ ޖަމާއަތުގެ ބާކީ ތިބި މީހުން ނައްތާލުމަށް ސެންޓްކޮމް އާއި ބައިވެރިވާ ގައުމުތަކުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި އެމެރިކާގެ ފަސްގަނޑާއި، ސިފައިންނާއި، އެ ސަރަހައްދުގައި ތިބި އެކުވެރި ގައުމުތަކާއި ބައިވެރިންގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް އަހުމަދު އަލް-ޝަރާގެ ސަރުކާރާ ދެކޮޅަށް އައިއެސް އިން އާ އޮޕަރޭޝަންތަކެއް ފަށާފައިވާކަން އިއުލާންކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ ޖަމާއަތުން ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ. ރައީސް އަލް-ޝަރާގެ ސަރުކާރުން މިދިޔަ އަހަރު ވަނީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނާ ގުޅިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާގެ އިރުއުތުރު އަލެއްޕޯ ޕްރޮވިންސްގެ މަންބިޖް ސިޓީ ކައިރީގައި ދިން ހަމަލާއެއްގެ ޒިންމާވެސް ހަނގުރާމަވެރި އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރިން ސޫރިޔާގެ ދާޚިލީ ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރު، އެ ގައުމުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އައިއެސްގެ ކޮންޓްރޯލްގެ ދަށުގައި އޮތެވެ. ނަމަވެސް އެމެރިކާ އިސްވެ އޮތް ކޯލިޝަނާއި އެހެނިހެން ފަރާތްތަކުން ދިން ހަމަލާތަކުގައި އެ ޖަމާއަތް ވަނީ އެ ސަރަހައްދުތަކުން ބޭރުކޮށްލާފައެވެ.

ސޫރިއާއައިސިސްއަހުމަދު އަލް-ޝަރާސީރިއާގެ ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

31 މާރިޗު 2026
ސީރިއާގައި ވެރިކަންކުރާ އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފި

ސީރިއާގައި ވެރިކަންކުރާ އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފި

08 ފެބުރުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު