Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސީރިއާ

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025 | ހޮނިހިރު 06:08

އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވެފައި ވަނީ، އެ ހަމަލާ ތަކުގެ ޓާގެޓަކީ އައިސިސް ޖަމާއަތުގެ މީހުންނާއި، އެ މީހުންގެ އިންފްރާސްޓްރަކްޗާ އަދި އެ މީހުންގެ ހަތިޔާރު ބަހައްޓާފައިވާ ތަންތަން ކަމަށް. ހެގްސެތު ވިދާޅުވީ އެއީ ހަނގުރާމަ ފެށުން ނޫން ކަމަށް. ނަމަވެސް، އެއީ ބަދަލު ހިފުމުގެ އިއުލާނެއް ކަމަށް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޑިސެމްބަރު 2025 | ހޮނިހިރު 06:08
ޔޫއެސް ސެންޓްރަލް ކޮމާންޑް އޭރިއާގެ ބޭސްއަކުން ކޭސީ-135 ސްޓްރެޓޯޓޭންކަރ މަތިންދާ ބޯޓެއް އުދުހެނީ

ޔޫއެސް ސެންޓްރަލް ކޮމާންޑް އޭރިއާގެ ބޭސްއަކުން ކޭސީ-135 ސްޓްރެޓޯޓޭންކަރ މަތިންދާ ބޯޓެއް އުދުހެނީ

އެމެރިކާގެ ސިފައިންނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އައިސިސް ޖަމާއަތުގެ ގިނަ ޓާގެޓު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ހާމަ ކޮށްފި އެވެ.

އެމެރިކާ ސަރުކާާރުގެ ބައެއް އިސް އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެ ހަމަލާ ތަކުގައި އައިސިސް ޖަމާއަތުގެ 70 އަށް ވުރެ ގިނަ ޓާގެޓު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ވަނީ ބުނެފަ އެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ސީރިއަގައި އައިސިސް ޖަމާއަތުން ދިން ހަމަލާގައި އެމެރިކާގެ ސިފައިންގެ އޮފިޝަލުން ތަކެއް ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ހަމަލާގެ ބަދަލު އެމެރިކާ އިން ފުރިހަމަ އަށް ހިފާނެ ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވެފައި ވަނިކޮށް، "އޮޕަރޭޝަން ހޯކައި ސްޓްރައިކް"ގެ ނަމުގައި އެމެރިކާ އިން ވަނީ ހަމަލާ ދީފަ އެވެ. 

އެކަމާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވެފައި ވަނީ، އެ ހަމަލާ ތަކުގެ ޓާގެޓަކީ އައިސިސް ޖަމާއަތުގެ މީހުންނާއި، އެ މީހުންގެ އިންފްރާސްޓްރަކްޗާ އަދި އެ މީހުންގެ ހަތިޔާރު ބަހައްޓާފައިވާ ތަންތަން ކަމަށެވެ. ހެގްސެތު ވިދާޅުވީ އެއީ ހަނގުރާމަ ފެށުން ނޫން ކަމަށެވެ. ނަމަވެސް، އެއީ ބަދަލު ހިފުމުގެ އިއުލާނެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން އެމެރިކާ އިން ވަނީ އެ ޤައުމުގެ ދުޝްމަނުން ހޯދައި، އެމީހުން މަރާލާފައި ކަމަށް ހެގްސެތު ފާހަގަ ކުރެއްވި އެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނެފައި ވަނީ، މެދު ތެރޭގެ ސީރިއާގެ 70 އަށް ވުރެ ގިނަ ޓާގެޓު ތަކަށް ހަމަލާ ދީފައިވާއިރު، އެ ހަމަލާތައް ދިނުމުގައި އުރުދުންގެ ފައިޓާ ޖެޓު ތަކުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވެފައި ވަނީ، އެމެރިކާ އިން އެ ހަމަލާ ދީފައި ވަނީ އެފް-15 އަދި އޭ-10 ޖެޓުތަކާއި، އެޕާޗީ ހެލިކޮޕްޓަރުތައް އަދި ހައިމާސް ރޮކެޓު ސިސްޓަމް ތަކުން ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން ސީރިއާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އައިސިސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޤައުމުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށެވެ. އަދި ސީރިއާގެ ބިމުގައި އައިސިސް އަށް އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށާއި، އެ ފަދަ ފުރުސަތެއް ވެސް ނުދޭނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. 

ސީރިއާގައި މިހާރު ވެސް އެމެރިކާގެ ހާހެއްހާ ސިފައިން ޙަރަކާތްތެރި ވަމުން އަންނައިރު، ސީރިއާގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފައި ވަނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިން މީހާ އަކީ، އައިސިސް ޖަމާއަތާ ގުޅުން އޮންނަ ކަމަށް ޝައްކު ކުރެވޭ މީހެއް ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

ސީރިޔާރައީސް ޑޮނަލްޑް ޓްރަމްޕްޕީޓް ހެގްސެތުއޮޕަރޭޝަން ހޯކައި ސްޓްރައިކްއައިސިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
18 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

18 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި
18 ޑިސެމްބަރު 2025

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި
18 ޑިސެމްބަރު 2025

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް
17 ޑިސެމްބަރު 2025

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި
17 ޑިސެމްބަރު 2025

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް
17 ޑިސެމްބަރު 2025

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި
16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް