Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ސީރިއާ

އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ހޮނިހިރު ދުވަހު ދިން މި ހަމަލާތަކަކީ، މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އައި.އެސް އިން އެމެރިކާ ސިފައިންނަށް ދިން ނުރައްކާތެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ދިން ހަމަލާތަކެއް ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 07:50
އެމެރިކާ އިން އެރޭބިއަން ގަލްފް ގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން

އެމެރިކާ އިން އެރޭބިއަން ގަލްފް ގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން | ޔޫއެސް ސެންޓްރަލް ކޮމާންޑް

އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފިއެވެ.

ސެންޓްކޮމް އިން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، "އޮޕަރޭޝަން ހޯކްއައި ސްޓްރައިކް" ގެ ނަމުގައި ހޮނިހިރު ދުވަހު ދިން މި ހަމަލާތަކަކީ، މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އައި.އެސް އިން އެމެރިކާ ސިފައިންނަށް ދިން ނުރައްކާތެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ދިން ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ. މި ހަމަލާތަކުގެ މަގްސަދަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެ ސަރަހައްދުގައި ތިބި އެމެރިކާ އަދި އެކުވެރި ބާރުތަކުގެ ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ސެންޓްކޮމްއިން ބުނެފައިވެ އެވެ.

"އަހަރެމެންގެ މެސެޖަކީ ވަރުގަދަ މެސެޖެއް: އަހަރެމެންގެ ސިފައިންނަށް ގެއްލުމެއް ދީފިނަމަ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ކަމުގައިވިޔަސް، އަދި އިންސާފުން ރެކެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެބަޔަކު ހޯދައި ނައްތާލާނަން،" ސެންޓްކޮމްއިން ބުނެފައިވެ އެވެ.

ސީ.ބީ.އެސް ނިއުސް އަށް މަޢުލޫމާތު ދިން އޮފިޝަލަކު ބުނި ގޮތުގައި، 20 އަށްވުރެ ގިނަ މަތިންދާބޯޓު ބޭނުންކޮށްގެން ހިންގި މި އޮޕަރޭޝަނުގައި 35 އަށްވުރެ ގިނަ އަމާޒަށް 90 އަށްވުރެ ގިނަ ޕްރެސިޝަން މިއުނިޝަން  ބޭނުންކޮށްފައިވެ އެވެ. މި ހަމަލާތަކުގައި އެފް-15 އީ، އޭ-10، އޭސީ-130 ޖޭ، އެމްކިއު-9 އަދި އުރުދުންގެ އެފް-16 މަތިންދާބޯޓުތައް ބޭނުންކޮށްފައިވެ އެވެ. ނަމަވެސް، ހަމަލާ ދިން ސީދާ ތަންތަނާއި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން، އަދި ފަހަތަކަށްވެސް ނުޖެހޭނަން،" ކަމަށެވެ. ޓްރަމްޕްގެ ސަރުކާރުން "އޮޕަރޭޝަން ހޯކްއައި ސްޓްރައިކް" ފުރަތަމަ އިޢުލާން ކުރީ މިދިޔަ ޑިސެމްބަރު މަހު ސީރިއާ ގެ މެދުތެރޭގައި އޮންނަ ޕަލްމީރާ ގައި އައި.އެސް އިން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިންނާއި ތަރުޖަމާނަކު މަރުވުމާ ގުޅިގެންނެވެ.

"މިއީ ހަނގުރާމައެއްގެ ފެށުމެއް ނޫން - މިއީ ބަދަލުހިފުމުގެ އިޢުލާނެއް،" މި އޮޕަރޭޝަން އިޢުލާން ކުރައްވަމުން ހެގްސެތު ވިދާޅުވި އެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ހަމަލާތަކުގެ ކުރިން، ޑިސެމްބަރު 20 އާއި 29 އާ ދެމެދު ހިންގި 11 މިޝަނެއްގައި އައި.އެސްގެ 25 އެއްހާ މެންބަރުން ވަނީ މަރާލާފައި ނުވަތަ ހައްޔަރުކޮށްފަ އެވެ. އަދި ޑިސެމްބަރު 19 ވަނަ ދުވަހު ހިންގި ފުރަތަމަ މިޝަނުގައި އެމެރިކާ އާއި އުރުދުންގެ ސިފައިން ގުޅިގެން ސީރިއާގެ މެދުތެރޭގެ އެކި ސަރަހައްދުތަކުގައިވާ އައި.އެސްގެ 70 އަށްވުރެ ގިނަ އަމާޒަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެ އެވެ.

ސީރިއާ ގެ މަސްރަހު މިހާރު އޮތީ ނާޒުކު ފައްތަރެއްގަ އެވެ. 2024 ގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، 13 އަހަރަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފަ އެވެ. އަސަދުގެ ވެރިކަން ވައްޓާލި ހަނގުރާމަވެރި ޖަމާއަތުގެ ވެރިޔާ އަހުމަދު އަލް-ޝަރާ (އަބޫ މުހައްމަދު އަލް-ޖޫލާނީ) މިހާރު ގެންދަވަނީ ގައުމުގެ ރައީސްކަން ކުރައްވަމުންނެވެ. އައި.އެސްގެ ބާރު ސީރިއާ ގައި ހީނަރުވެފައިވީ ނަމަވެސް، އެ ޖަމާއަތުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ވަކިން ހާއްސަކޮށް 2025 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ އިރުއުތުރުގައިވާ ކުރުދީންގެ ބާރުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަން ފާހަގަކުރެވެ އެވެ.

އެމެރިކާ-ސީރިއާއިސްލާމިކް ސްޓޭޓްއޮޕަރޭޝަން ހޯކައި ސްޓްރައިކްޕީޓް ހެގްސެތުއަހުމަދު އަލް-ޝަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަން ގައި އެމެރިކާގެ 200 އެއްހާ ސިފައިން ކަރާކަސް އަށް ވަތް

މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަން ގައި އެމެރިކާގެ 200 އެއްހާ ސިފައިން ކަރާކަސް އަށް ވަތް

06 ޖެނުއަރީ 2026
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު