Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

ބޮންޑައި ބީޗުގެ ހަމަލާގައި އަނިޔާވި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމް މީހުން ސަލާމަތް ކުރަން ކަމަށް

މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގައި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމު މީހުން ސަލާމަތް ކުރަން ކަމަށް. އެގޮތުން އަޙުމަދު ބުނީ އޭނާގެ އެންމެ ފުރަތަމަ އަމާޒަކަށް ވީ ވެސް، ހަމަލާ ދެމުން ދިޔަ މީހާގެ އަތުން ބަޑި އަތުލައި ގަތުން ކަމަށް. އެގޮތުން އިންސާނެއްގެ ފުރާނަ ނަގާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ކުށެއް ނެތް މައުސޫމު މީހުން މަރައިގެން ނުވާނެ ކަމަށް ވެސް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 03:24
ބޮންޑައި ބީޗުގައި ދިން ހަމަލާގައި އަނިޔާވި އަޙުމަދު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި

ބޮންޑައި ބީޗުގައި ދިން ހަމަލާގައި އަނިޔާވި އަޙުމަދު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި

އޭނާ ބޭނުން ވަނީ އެއްވެސް ކުށެއް ނެތް، މައުސޫމު މީހުން ސަލާމަތް ވުމަށް ކަމަށް ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާގައި އަނިޔާވި އަޙުމަދު އަލް އަޙުމަދު ބުނެފި އެވެ.

ދެ ބަފައިން ގުޅިގެން ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާގައި ވަނީ 15 މީހަކު މަރާލައިފަ އެވެ. މީގެ އިތުރުން، އެ ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، ހަމަލާ ދިން އެކަކު ހުއްޓުވީ އަޙުމަދު އެވެ. ހަމަލާ ދިން މީހުންގެ ތެރެއިން ސާޖިދު އަކްރަމް ހުއްޓުވުމަށްޓަކައި އަޙުމަދު ވަނީ، ފަހަތުން ގޮސް އޭނާ ވައްޓާލައި، އޭނާ ގެ އަތުގައި އޮތް ބަޑި ޖަހައިގެންފަ އެވެ.

ނަމަވެސް، އެ ހާދިސާގައި އަޙުމަދުގެ އަތަށް އަމާޒުކޮށް ވަޒަން އަރާފައި ވުމުގެ ސަބަބުން އޭނާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަނިޔާ ތަަކަށް ފަރުވާ ދިނުމަށް އަޙުމަދު ހޮސްޕިޓަލުގައި އެނދުމަތި ކުރިއިރު، އޭނާ ވަނީ ސާޖަރީއެއް ވެސް ފުރިހަމަ ކޮށްފަ އެވެ. އެތައް ބަޔަކަށް ހީރޯ އަކަށްވި އަޙުމަދަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވެސް ވަނީ އަޙުމަށް ޒިޔާރަތް ކޮށްފަ އެވެ. 

ހޯމަ ދުވަހު މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގައި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމު މީހުން ސަލާމަތް ކުރަން ކަމަށެވެ. އެގޮތުން އަޙުމަދު ބުނީ އޭނާ ގެ އެންމެ ފުރަތަމަ އަމާޒަކަށް ވީ ވެސް، ހަމަލާ ދެމުން ދިޔަ މީހާގެ އަތުން ބަޑި އަތުލައި ގަތުން ކަމަށެވެ. އެގޮތުން އިންސާނެއްގެ ފުރާނަ ނަގާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ކުށެއް ނެތް މައުސޫމު މީހުން މަރައިގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

މީގެ އިތުރުން އަޙުމަދު ބުނީ، އޭނާ ދުވެފައި ގޮސް ހަމަލާ ދޭން ހުރި މީހާ ހުއްޓުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވިކަން އިނގޭ ކަމަށެވެ. އެހެން ނަމަވެސް، އެ ހަމަލާގެ ސަބަބުން ފުރާނަ ގެއްލުނު އެންމެނާ މެދު ވެސް އޭނާ ހިތާމަ ކުރާ ކަމަށް އަޙުމަދު ވަނީ ބުނެފަ އެވެ. ގިނަ ބަޔަކު އަޙުމަށް ތައުރީފު ކޮށްފައިވާއިރު، އޭނާ ގެ ފަރާތުން ފެނުނީ އިންސާނިއްޔަތުގެ އެންމެ މަތިވެރި މިންވަރު ކަމަށް ވެސް މީހުން ވަނީ ބުނެފަ އެވެ. 

އެ ދުވަހުގެ ހަނދާންތައް ހިއްސާ ކުރަމުން އަޙުމަދު ބުނީ، ހަމަލާ ދޭން ހުރި މީހާގެ ފަހަތުން ގޮސް އޭނާ ވައްޓާލުމަށް ފަހު، ކުރަމުން ދިޔަ ކަންތައް ހުއްޓާލަން ބުނެފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރަމުން އަޙުމަދު ބުނީ އޭނާ ގެ ކުރިމަތީގައި މީހުން މެރުމަކީ ބަލައި ގަންނަ ކަމެއް ނޫން ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ލޭ ފެނުމަކީ ވެސް އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށާއި، ބަޑީގެ އަޑު އަހަން ވެސް އޭނާ ބޭނުން ނުވާ ކަމަށް ބުންޏެވެ. 

މޭވާ އާއި ތަރުކާރީ ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އަޙުމަދު ބުނީ، އެ ހަމަލާގެ އަޑު އިވެން ފެށީ އޭނާ ކޮފީއެއް ބޯން ހުއްޓާ ކަމަށެވެ. އެއާ އެކު، އެތައް ބައެއްގެ ހަޅޭކުގެ އަޑާއި، ރުއިމާއި، ވޭނުގެ އަޑު އިވުނުކަން ފާހަގަ ކުރަމުން އަޙުމަދު ބުނީ، އެެއީ އޭނާ އަހަން ބޭނުންވާ އަޑު ތަކެއް ނޫން ކަމަށާއި، އެ އަޑުތައް އިވެން ވެސް ބޭނުން ނުވާ ކަމަށެވެ.

ސީރިއާ އަށް އުފަން އަޙުމަދު އޮސްޓްރޭލިއާ އަށް ބަދަލުވެފައި ވަނީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނައިރު، އޭނާ އަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޙުމަދުގެ ބޭބެ ބުނެފައި ވަނީ، އަޙުމަދުގެ އަމަލަކީ މުޅި އާއިލާ އަދި، ސީރިއާ އަށް ފަޚުރުވެރި އަމަލެއް ކަމަށެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ އަޙުމަދާއި، އޭނާގެ އާއިލާ އަށް "އަވަސް" ވިސާ ހަމަޖައްސައިދީފަ އެވެ. އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވެފައި ވަނީ، އަޙުމަދު ދައްކައިދީފައި ވަނީ މުޅި އޮސްޓްރޭލިއާ އަށް ބޭނުންވާ ހިތްވަރާއި، އެކަމުގެ އަގު ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އަޙުމަދު އަލް އަޙުމަދުބޮންޑައި ބީޗުއޮސްޓްރޭލިއާސީރިއާއެންތަނީ އަލްބަނީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާ ގުޅިގެން ސީރިޔާގައި އައިއެސް ޖަމާއަތުގެ އިސްވެރިޔަކު މަރާލައިފި ކަމަށް ބުނެފި

އެމެރިކާ އާ ގުޅިގެން ސީރިޔާގައި އައިއެސް ޖަމާއަތުގެ އިސްވެރިޔަކު މަރާލައިފި ކަމަށް ބުނެފި

26 ޑިސެމްބަރު 2025
ބޮންޑައި ބީޗުގެ ހަމަލާއާ ގުޅިގެން، ސަލާމަތީ އިދާރާތައް ރިވިއު ކުރުމަށް ބޮޑު ވަޒީރު އަންގަވައިފި

ބޮންޑައި ބީޗުގެ ހަމަލާއާ ގުޅިގެން، ސަލާމަތީ އިދާރާތައް ރިވިއު ކުރުމަށް ބޮޑު ވަޒީރު އަންގަވައިފި

21 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
ނަފުރަތު އުފެއްދުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އަލްބަނީސް ވިދާޅުވެއްޖެ

ނަފުރަތު އުފެއްދުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އަލްބަނީސް ވިދާޅުވެއްޖެ

18 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު