Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖުގެ އަޅުކަން

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

މިނާގެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާޖީއާއެކު، ރާއްޖޭގެ ހުރިހާ ހައްޖުވެރިން މިހާރު ތިބީ ޢަރަފާތު ބިމުގައި. ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިދިޔަ އަހަރަށްވުރެ ފުރިހަމަ އިންތިޒާމުތަކެއް ދިވެހި ހައްޖުވެރިންނަށްޓަކައި ވަނީ ހަމަޖައްސާފައި. ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2026 | އަންގާރަ 10:21
‏ދިވެހި ޙައްޖުވެރިން ޢަރަފާތައް ދިޔުން

‏ދިވެހި ޙައްޖުވެރިން ޢަރަފާތައް ދިޔުން | ހައްޖު ކޯޕަރޭޝަން

ހުރިހާ ދިވެހި ޙާޖީން ވަނީ ޢަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކުރިން މިނިސްޓަރު ވިދާޅުވީ އެއްމެ ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުންދާ ކަމަށެވެ. އެ ހައްޖުވެރިޔާ ވެސް އަރަފާތަށް ގެންދެވޭނެ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އޭނާ އާއެކު  ހަރަކާތްތެރިވެ އެހީތެރިވަމުން ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ. އަދި ހުރިހާކަމެއް ވެސް ރަނގަޅު ކަމަށާއި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަމުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ޙާޖީވެސް މިިހާރު ވަނީ އަރަފާތުގައި ކަމަށެވެ. 

ހައްޖު ކޯޕަރޭޝަނުން ބުނީ ޢަރަފާތުގައި ވެސް ދިވެހީން ތިބޭ ސަރަހައްދުގައި ދިވެހިންނަށް އިންތިޒާމުތައް މިދިޔަ އަހަރަށްވުރެ ފުރިހަމަކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ހައްޖާޖީން ހައްޖަށް މިމަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު ފުރާފައިވާއިރު، ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމަ އަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހުރިހާ ހައްޖާޖީންނަށް ވެސް މައްކާއިން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. 

ޑރ. ޝަހީމް އަލީ ސައީދުއަރަފާތުމިނާހައްޖު ކޯޕަރޭޝަންމައްކާރަވާފް

އިތުރަށް ކިޔާލަން

26 މެއި 2026

ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
20 މެއި 2026

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

20 މެއި 2026
ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!
16 މެއި 2026

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި

16 މެއި 2026
ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ހެޔޮ އަމަލުތައް އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ މުފްތީ ގޮވާލައްވައިފި
08 މެއި 2026

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ
03 މެއި 2026

އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!

03 މެއި 2026
އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓަށް '' ބަންޑާރަ މިސްކިތް '' ހިމެނިފައިވޭތޯ ކުރި ސުވާލަށް މިނިސްޓަރު ހީނާއަށް ޖަވާބެއް ނުދެއްވުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު