Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޟްހާ އީދު ޚުތުބާ

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026 | ބުދަ 05:06

މިއަހަރުގެ އަޟްހާ އީދު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް. އެގޮތުން މަޙުޝަރުގެ މައިދާނުގެ ހޫނުގަދަކަމާއި ބިރުވެރިކަން ހަނދާންކޮށް، ގިނަގިނައިން ހެޔޮ އަމަލުކޮށް ތަޤުވާވެރިވުމަށް މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައި. މީގެ އިތުރުން މައްކާގެ ބިމަށް އެއްވެފައިވާ މިލިއަނުން މީހުންގެ މަންޒަރުން ޤިޔާމަތް ދުވަހުގެ ހަގީގަތް ހާމަވާކަން ޚުތުބާގައި ފާހަގަކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2026 | ބުދަ 05:06
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ | އިސްލާމިކް މިނިސްޓްރީ

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭކަމަށް އަޟްހާ އީދުގެ ޚުތުބާގައި ބުނެފިއެވެ. 

އަޟްހާ އީދު ދުވަހުގެ ޚުތުބާގައި ވަނީ މުސްލިމުންނަށް އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކޮށްލުމަށް ގޮވާލާފައެވެ. 

މީގެ އިތުރުން ބޮޑާކަމާއި ކިބުރުވެރިކަން އަދި ހަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ހިތުން ފުހެލުމަށްވެސް ގޮވާލާފައިވެއެވެ. 

މިއަހަރުގެ އަޟްހާ އީދު ޚުތުބާގައި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހުގެ މަތިން ހަނދާން ކުރުމަށް ހަނދާންކޮށްދީފައިވެއެވެ. އެގޮތުން ޤިޔާމަތް ދުވަހުގައި މާތް ﷲ ގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނެ ދުވަސްމަތިން ހަނދާން ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެތައް މިލިއަން މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ ބިމަށް ބަލާލުމުންވެސް ލިބިގެންދަނީ ގިނަ ފިލާވަޅުތަކެއް ކަމަށް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ. މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ޤިޔާމަތް ދުވަހުގެ ބިރުވެރިކަން އަންދާޒާކުރުމަށްވެސް ގޮވާލައިފައިވެއެވެ. އެގޮތުން އެތައް މިލިއަން މޭލެއް ދުރުން އިރު ފެންނަންހުރިއިރު ވާ ހޫނާއި ޤިޔާމަތް ދުވަހު މީސްތަކުންގެ ބޮލާއި ކައިވަތަކަށްވުރެ ކައިރިއަށް އިރު އައިސްފައި ހުންނައިރު ވާނެ ހޫނު އަންދާޒާކޮށް އެ ދުވަހުގެ ބިރުވެރިކަން ހިތަށް ގެނައުމަށް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. 

މީގެ އިތުރުން ހެޔޮ އަމަލުކޮށް ތަޤުވާވެރި ވުމަށާއި، ޤިޔާމަތް ދުވަހުގެ މަތިން ހަނދާންކޮށް، އެ ދުވަހަށް ތައްޔާރުވުމަށް މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އަޟްހާ އީދުގެ ދުވަހަކީ މުސްލިމުންގެ ދެ އީދުގެ ތެރެއިން އެއް އީދެވެ. މި އީދުގެ ދުވަހު މުސްލިމުން އީދު ނަމާދު ކުރުމަށްފަހު އުޟްޙިއްޔާ ކުރުމަކީ ސުންނަތެކެވެ.

އަޟްހާ އީދުގިޔާމަތް ދުވަސްމައްކާޛުލްޙިއްޖާމަސްއުޟްހިޔާ

އިތުރަށް ކިޔާލަން

27 މެއި 2026

އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

27 މެއި 2026
އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
26 މެއި 2026

ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ

26 މެއި 2026
ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާއިނުލާ ﷲ ދެއްވާ އެއްޗެއް، ކެތްތެރިވާން ޖެހޭ: ހައްޖު ހުތުބާ
26 މެއި 2026

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި
26 މެއި 2026

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
26 މެއި 2026

ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
21 މެއި 2026

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
20 މެއި 2026

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

20 މެއި 2026
އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް