Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއުމްރާ

އައު ސީޒަނަށް ސައުދީން އުމްރާ ވިސާ ދޫކުރަން ފަށައިފި

1 ޖޫން 2026 | ހޯމަ 14:03

ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން 1448 ވަނަ އަހަރުގެ އުމްރާ ކަލަންޑަރު އާންމުކޮށް، ޖޫން 1 އިން ފެށިގެން "ނުސުކް" އެޕް މެދުވެރިކޮށް ހުއްދަ ދޫކުރަން ވަނީ ނިންމާފައި. މި އާ މޫސުމުގައި ވިސާ ދޫކުރުމާއި އެތެރެވުމުގެ ސުންގަޑިތައް މާރިޗު 2027 އަށް ކަނޑައަޅާފައިވާއިރު، އުމްރާވެރިން އެންމެ ލަސްވެގެން އޭޕްރީލް 7 ގެ ކުރިން އެ ގައުމުން ފުރަންޖެހޭ. އެހެންކަމުން، އުމްރާގެ ޚިދުމަތްދޭ ފަރާތްތަކުން މިނިސްޓްރީގެ ގަވާއިދުތަކާއި ތާވަލާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 14:03
ސައުދީ އަރަބިއްޔާގެ މައްކާގައި މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރި މުސްލިމް ހައްޖުވެރިން، 2026 މެއި 30 ވީ ހޮނިހިރު ދުވަހު ވަދާއީ ތަވާފު ފުރިހަމަކުރުމަށްފަހު ކައުބަތުﷲ ގެފުޅަށް ވަދާއު ކިޔައިފި.

ސައުދީ އަރަބިއްޔާގެ މައްކާގައި މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރި މުސްލިމް ހައްޖުވެރިން، 2026 މެއި 30 ވީ ހޮނިހިރު ދުވަހު ވަދާއީ ތަވާފު ފުރިހަމަކުރުމަށްފަހު ކައުބަތުﷲ ގެފުޅަށް ވަދާއު ކިޔައިފި. | ގެޓީ އިމޭޖަސް

އާ އުމްރާ މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުމާއި އުމްރާވެރިން އެ ގައުމަށް އެތެރެވުމުގެ ހުއްދަ، ޛުލްޙިއްޖާ މަހުގެ 14 ވީ އާދީއްތަ ދުވަހުން (31 މޭ 2026) ފެށިގެން ދޫކުރަން ފަށައިފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދާދިފަހުން އާންމުކުރި 1448 ވަނަ އަހަރުގެ އުމްރާ ކަލަންޑަރުގައިވާ ގޮތުން، ޖޫން މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން އުމްރާވެރިންނަށް މައްކާއަށް އެތެރެވުމާއި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވުމުގެ ހުއްދަ ހޯދޭނެއެވެ.

މި އާ މޫސުމުގައި އުމްރާ ވިސާ ދޫކުރާނެ އެންމެ ފަހު ތާރީޚަކީ 1448 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ކަމުގައިވާ 9 މާރިޗު 2027 އެވެ. އަދި އުމްރާވެރިންނަށް ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ އެންމެ ފަހު ތާރީޚަކީ 15 ޝައްވާލް 1448 ކަމުގައިވާ 23 މާރިޗު 2027 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އުމްރާވެރިން އެ ގައުމުން ފުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޝައްވާލް 1448 ކަމުގައިވާ 7 އެޕްރީލް 2027 ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އުމްރާ މޫސުމުގެ ތެރޭގައި އުމްރާވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަމަލުކުރުމަށާއި، މިނިސްޓްރީން ނެރެފައިވާ ހުރިހާ ގަވާއިދުތަކާއި އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށާއި ބޭރު ގައުމުތަކުގެ އެޖެންޓުންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޢުމްރާމައްކާސަޢޫދީ ޙައްޖު މިނިސްޓްރީނުސުކް

އެންމެ ހިނގާ

1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާ ސަރަހައްދަށް ހޫޘީން ދިން "ނުރައްކާތެރި" ހަމަލާތައް އޯއައިސީން ކުށްވެރިކޮށްފި

16 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާ ސަރަހައްދަށް ހޫޘީން ދިން "ނުރައްކާތެރި" ހަމަލާތައް އޯއައިސީން ކުށްވެރިކޮށްފި
03 ސެޕްޓެމްބަރު 2026

އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ހުކުމްކޮށްފި

03 ސެޕްޓެމްބަރު 2026
 އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ  ދޭން ހުކުމްކޮށްފި
02 އޯގަސްޓު 2026

އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

02 އޯގަސްޓު 2026
އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
23 ޖޫން 2026

ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި

23 ޖޫން 2026
ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި
27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
26 މެއި 2026

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
26 މެއި 2026

ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހާޖީއަކު ހޮސްޕިޓަލުގައި، އެހެން ހުރިހާ ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
08 މެއި 2026

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ
07 މެއި 2026

ދަތުރުވެރިޔާ އާއި މޯލްޑިވިއަން ގުޅިގެން ބާއްވާ އާއިލީ ހަވީރު: 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު

07 މެއި 2026
ދަތުރުވެރިޔާ އާއި މޯލްޑިވިއަން ގުޅިގެން ބާއްވާ އާއިލީ ހަވީރު: 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް