Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026 | ހޮނިހިރު 12:23

ލާމަރުކަޒީ ނިޒާމުގެ "ޗެމްޕިއަން" ކަމަށް މި ސަރުކާރުން ދައުވާކުރި ނަމަވެސް، ސަރުކާރުގެ ބައެއް މެންބަރުންގެ ބަސްމަގު ހުރީ މި ނިޒާމުގެ ފަލްސަފާއާ މުޅިން ޚިލާފަށް. ޚާއްސަކޮށް ކައުންސިލްތަކަށްވުރެ ކުރީގެ ކަތީބުންގެ ނިޒާމު މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވުމަކީ، ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި އަލުން މަރުކަޒީ ވެރިކަމަކަށް އެނބުރި ދިއުމުގެ ނިޔަތް އޮތްކަން ހާމަވާ ކަމެއް. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތަކާ ފުށުއަރާ، ޑިމޮކްރަސީގެ އުޞޫލުތަކާ ބީރައްޓެހި ވިސްނުމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖޫން 2026 | ހޮނިހިރު 12:23
ރައީސުލްޖުމްހޫރިއްޔާ، ކ. މާފުށީ ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި މާފުށީގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، ކ. މާފުށީ ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި މާފުށީގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. މި ނިޒާމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްގީގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.

ޚާއްސަކޮށް ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށްޓަކައި ހަރުދަނާ ކުރާނެ ކަމަށް އެންމެ އަޑުހަރު ކޮށް ބުނާ އެއް ނިޒާމެވެ. މި ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރާ ނިޒާމެއް ކަމަށް ހުރިހާ އެންމެން ވެސް އިއްތިފާގު ވާނެ އެވެ. 

މިހާރުގެ ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އެއީ ލާމަރުކަޒީ ނިޒާމުގެ "ޗެމްޕިއަން" ނުވަތަ އެންމެ ބޮޑަށް އެ ނިޒާމަށް ތާއީދުކުރާ ފަރާތް ކަމަށެވެ. ކައުންސިލްތަކަށް ބާރުތައް ދިނުމާއި، މާލީ ގޮތުން މިނިވަންކަން ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުންނާއި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުންގެ ދުލުން އިވޭ ބަސްމަގު ހުރީ މިއާ މުޅިން ޚިލާފަށެވެ. މިދިޔަ ބުދަ ދުވަހު މަޖިލިސް މެންބަރު އިބްރާހިމް ދީދީ ދެއްކެވި ވާހަކަފުޅަކީ މީގެ ސާފު ހެއްކެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށްވުރެ ކުރީގެ ކަތީބުންގެ މާ ބޮޑަށް ވެސް ރަނގަޅެވެ. މިއީ މުޅި ލާމަރުކަޒީ ފަލްސަފާއަށް ގޮންޖަހައި، އަނެއްކާވެސް މަރުކަޒީ ވެރިކަމެއްގެ ކޮޅަށް ބުރަވުން ރަމްޒުކޮށްދޭ ވާހަކައެކެވެ.ހެ

މެންބަރު އިބްރާހިމް ދީދީގެ ވާހަކައަށް ބަލާއިރު، އޭނާ ކުރިން ދައްކަވާފައިވާ ވާހަކަތަކާއި މިހާރުގެ ބަސްމަގާ އުޑާ ބިމާހާ ތަފާތެވެ. މީގެ ކުރިން އޭނާ ވަނީ ކައުންސިލްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަދައްކަވާފަ އެވެ. އޭރު އޭނާ ވިދާޅުވެފައިވަނީ ކައުންސިލްތަކަކީ ރަށުގެ ތަރައްގީގެ އެންމެ ބޮޑު ބާރު ކަމަށާއި، ކައުންސިލްތަކުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރާ ކަމަށެވެ. އަދި ރަށުގެ ކަންކަން އެންމެ ރަނގަޅަށް ހިންގޭނީ އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭރު ކައުންސިލަރުން ރަނގަޅުވީ އައްޑޫ ސިޓީ ފޭދޫގައި ވަކި ކައުންސިލެއް ގާއިމް ކުރަން ރައީސް މުއިއްޒު ނިންމެވުމުންނެވެ. އެ ވޯޓާއެކު ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާ ރަށްތައް ބާރުވެރިވާ ވާ ވާހަކަ އަޑުހަރު ކޮށް ދެއްކެވުމަށްފަހު އެ ވޯޓުން ބަލިވުމުން ކައުންސިލަރުން ގޯސްވީ އެވެ. ޚާއްސަކޮށް، ކައުންސިލަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށް އެމްޑީޕީ އިން މަޖިލީހަށް ހުށަހެޅުމުން އެކަން ގޯސްވީ އެވެ. މިކަމުން ހާމަވެ ޔަގީން ވަނީ އެންމެ ކަމެކެވެ. އެއީ މިއީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހިންގަން ހަގީގީ ނިޔަތެއް ނެތްކަން ކަމެެވެ. 

ކަތީބުންގެ ދުވަސްވަރަކީ މާލޭގައި ހުންނަ މިނިސްޓްރީއަކުން އަންގާ ގޮތަށް، އެއްވެސް ދެކޮޅުވެރިކަމެއް ނެތް ގޮތުގައި ރަށްރަށް ހިންގި ޒަމާނެކެވެ. އޭރު ރައްޔިތުންގެ ބަހެއް، ނުވަތަ ރަށުގެ އިހުސާސްތަކެއް ނުބެލެ އެވެ. އޭގެ ބަދަލުގައި ކައުންސިލްތައް އައުމުން ރައްޔިތުން ބޭނުންވާ މީހަކު ވޯޓުން ހޮވުމުގެ ފުރުސަތު ލިބި، ރަށުން ލިބޭ އާމްދަނީ ރަށުގެ ތަރައްގީއަށް ބޭނުންކުރުމުގެ މަގު ފަހިވި އެވެ. އަދި ކައުންސިލަރުން ރައްޔިތުންނަށް ޖަވާބުދާރީވާން މަޖުބޫރުވި އެވެ. މިފަދަ ހެޔޮ ބަދަލުތަކެއް އައިސްފައިވަނިކޮށް، އަލުން ކަތީބުންގެ ޒަމާނަށް ދާން ބޭނުންވުމަކީ ޑިމޮކްރަސީގެ އުޞޫލުތަކާ ބީރައްޓެހި، އަދި ގައުމުގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ސަހަރައްދާނެ ކަމެކެވެ.

ބޭރުފުށުން ކިތަންމެ ވަރަކަށް ލާމަރުކަޒީ ޗެމްޕިއަނަށް ވާން ސަރުކަރުން އުޅުނަސް، ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ހިތުގައި އޮތީ މަރުކަޒީ ބާރުވެރިކަމުގެ ފިކުރެވެ. މެންބަރު އިބްރާހިމް ދީދީގެ ބަސްމަގުން އެނގެނީ، ސަރުކާރުން ބޭނުން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ކުރީގެ ކަތީބު އުޞޫލުން ހުރިހާ ކަމެއް މާލެއިން ކޮންޓްރޯލް ކުރަން ކަމެވެ. ރާއްޖޭގެ ރައްޔިތުން ވަނީ ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ބަލައިގަންނަން ފަށާފަ އެވެ. އެހެންކަމުން، މި ނިޒާމު ފަހަތަށް ޖެއްސުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ބާރުވެރިކަމަށް ދެވޭ ހަމަލާއެކެވެ.

ލާމަރުކަޒީ ނިޒާމުޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް ދީދީއައްޑޫ ސިޓީ މީދޫއެމްޑީޕީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް