Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްމާއީލް މުހައްމަދު

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދީނީ އިލްމު ފެތުރުއްވުމަށާއި ދަރިވަރުން ބިނާކުރެއްވުމަށް ޝައިޚް އިސްމާޢީލް މުޙައްމަދު ކުރެއްވި މަތިވެރި ޚިދުމަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި. ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްޕުޅު ކުރެއްވި ޝައިޚަކީ، ރާއްޖޭގެ މަތީ ތަޢުލީމީ މަރުކަޒަކުން އެންމެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ހާސިލުކުރެއްވި އަދި "މަދަރުސާ ޠައިބާ" އުފައްދަވައި ގިނަ ޢިލްމުވެރިންތަކެއްގެ ބިންގާ އަޅުއްވައިދެއްވި އުސްތާޛެއް. ރައީސްގެ މެސެޖުގައި ޝައިޚްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރައްވާފައިވޭ.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 11:23
އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ.

އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ. | ރައީސް އޮފީސް

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކަކަށް ފަހު ރޭ މެންދަމުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާ ފުންއަސަރުތަކެއް އިޙްސާސްކުރުވި ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި އިސްލާމްދީނަށް މީހުން ހޭލުންތެރި ކުރުވުމަށް އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން އެމަނިކުފާނަކީ، ރާއްޖޭގައި ދީނީ ޢިލްމުފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅުކުރައްވާފައިވާ، އަދި ރާއްޖެއިން ބޭރުގައި ދީނީރޮނގުން މަތީތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައި ދެއްވާފައިވާ ބޭފުޅެއްކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ، އެތައް ބޭފުޅުންނެއްގެ އުސްތާޛެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީއެކިއެކި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި، މިހާތަނަށް 8 ފޮތަށްވުރެ ގިނަ ފޮތް އެކުލަވައިލައްވައި، އޭގެތެރެއިން ބައެއް ފޮތް ޝާއިޢު ކުރައްވާފައިވާ ބޭފުޅެއްކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަލްމަރްޙޫމް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ، ދިވެހި ދަރިވަރުންނަށް ޢަރަބިބަހުން އިސްލާމްދީން އުނގަންނައި ދެއްވުމަށްޓަކައި "މަދަރުސާ ޠައިބާ"ގެ ނަމުގައި މަދަރުސާއެއް އުފައްދަވާފައެވެ. އަދި އެ މަދަރުސާގައި އެތައް ދިވެހި ދަރިވަރުންނަކަށް އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވާފައި ވެއެވެ. މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރުހުރި ބިމުގައި އޭރު ބިނާކުރެއްވި އެ މަދަރުސާ ވެގެންދިޔައީ، މިހާރުވެސް ރާއްޖޭގައި ތިއްބެވި ވަރަށްގިނަ ދީނީ ޢިލްމުވެރިންގެ ޢިލްމީ ހިޔާވަހިކަމުގެ ބިންގާ ކަމުގައެވެ.

އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ، ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި، އިސްލާމީ ޢިލްމު ފެތުރުއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަށްވަނީ އަރުވާފައެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީވެސް، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދެވެ.

ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާ ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާ ރަޙުމަތުގައި އެމަރުޙޫމު ލެއްވުން އެދި ދުޢާކުރައްވާފައެވެ.

މަސްދަރު: ރައީސް އޮފީސް

އިސްމާއީލް މުހައްމަދު ޑރ. މުޙައްމަދު މުޢިއްޒުމަދަރުސާ ޠައިބާއިސްލާމިކް ޔުނިވަރސިޓީމާފަންނު މިސްކިތް

އިތުރަށް ކިޔާލަން

20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު