Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޙީ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026 | ހޮނިހިރު 13:02

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ވައްކަމުގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި، މަޖިލީހުގެ މެމްބަރުން ދާއިރާތަކުގެ ހައްގުގައި ވަކާލާތު ނުކުރާތީ އައިކް އަހުމަދު އީސާ ކަންބޮޑުވުން ފާޅުކުރައްވައިފި. ކުރީގެ ސަރުކާރުގައި ވަޒީރުން ޖަވާބުދާރީ ކުރުވި ނަމަވެސް، މިހާރު މަޖިލިސް ހިނގަނީ އުސޫލުން ބޭރުން ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2026 | ހޮނިހިރު 13:02
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު ބަލިކަށިވެފައިވާކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް އަތްބާނައިގެން ސަރުކާރުން ކުރަމުންދާ ވައްކަންތަކަކީ އާންމު އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ބަލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެކަންކަމަކީ މަޝްރޫއުތަކެއްގެ ގޮތުގައި ބަލާނަމަ، މި ސަރުކާރުން އެންމެ ގިނައިން ހަވާލުކޮށްފައިވަނީ އެފަދަ ވައްކަމުގެ ޕްރޮޖެކްޓުތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އައިކް ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ގިނަ މެމްބަރުންނަށް މިއަދު އެބޭފުޅުންގެ އަމިއްލަ ދާއިރާގެ ރަށްރަށަށް އަރާލަންވެސް ނުކެރޭ ކަމަށެވެ. އޭގެ ސަބަބަކީ ރަށްރަށުގެ ކަންކަމުގައި މަޖިލީހުގައި ވަކާލާތު ކުރާ މެމްބަރުން މަދުވުމާއި، ދާއިރާގެ ހައްގުގައި އެއްވެސް މަސައްކަތެއް އެ މެމްބަރުންނަށް ކުރެވިފައި ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ކަން ހިނގަމުންދިޔަ ގޮތާއި މިހާރުގެ ހާލަތު އައިކް ވަނީ އަޅާކިޔުއްވާފައެވެ.

އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން އިރުއިރުކޮޅާ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި ކަމަށާއި، އޭރުގެ ވަޒީރުން އެކަން ދެކެމުން އައީ އެބޭފުޅުންގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިރުއިރުކޮޅާ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި، އޭރު ވަޒީރުންވެސް މަޖިލީހަށް ޖަވާބުދާރީވަމުން ދިޔައީ އެބޭފުޅުންގެ މަސައްކަތުގެ ބައެއްގެ ގޮތުގައި އެކަން ދެކިގެން، ނަމަވެސް މިއަދު ފެންނަނީ އެ މަންޒަރެއް ނޫން.
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

އައިކް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަދު ހިނގަމުންދަނީ މަޖިލިސް ހިނގަންޖެހޭ އުސޫލަކުން ނޫން ކަމަށެވެ. އަދި އެއީ ޕީއެންސީގެ މެމްބަރުންނަށްވެސް މިއަދު ގަބޫލުކުރެވޭނެ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު ބަލިކަށިވެފައިވާކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

 

20 ވަނަ ރައްޔިތުންގެ މަޖިލީސްއައިކް އަހުމަދު އީސާރާއްޖެ ޓީވީޕީއެންސީއެމްޑީޕީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް