Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސައްތަ ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ. މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ ސްޓިކަކުން ނަގާ ފީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަވާނެ. ދުންފަތުގެ ޑިއުޓީ ބޮޑުކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި އަލުން ކުޑަކުރަން ނިންމުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކަށް އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖޫން 2026 | އާދީއްތަ 12:08
ސިނގިރޭޓް ފޮއްޓެއް: ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައި

ސިނގިރޭޓް ފޮއްޓެއް: ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ވަނީ ނިންމާފައި | ގެޓީއިމޭޖަސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައިން ކުޑަ ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.  

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ. 

މެންބަރު ހުށަހެޅުއްވި ބިލުގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗުގެ އިތުރުން އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

ބިލުގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފަ އެވެ. 

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ނިންމި އިރު، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުގެ "ވެޕް" މަނާކުރުމާއި ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެކްސްޕޯޓް އިމްޕޯޓް ގާނޫނުދުންފަތްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު