Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލ. ގަން

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

ލ. ގަމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އާއި ތަކެތީގެ އަގު އުފުލި ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެ ރަށުގެ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދެއްކި ގަމުގެ ރައްޔިތުން ބުނި ގޮތުގައި، ކަރަންޓު ބިލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފަ ކަމަށް. އެހެންކަމުން މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖޫން 2026 | އާދީއްތަ 13:13
ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ލ. ގަމުން ވާހަކަ ދެއްކި ރައްޔިތެއް

ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ލ. ގަމުން ވާހަކަ ދެއްކި ރައްޔިތެއް | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސަރުކާރު ހިންގަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އުޅުއްވަނީ ޑްރާމާ ކުޅެއްވުމާއި ފިލްމު ކުޅެއްވުމުގައި ކަމަށާ މި ސަރުކާރުން ލ. ގަމަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް އެ ރަށު ރައްޔިތުން ބުނެފި އެވެ. 

ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ލ. ގަމުން ވާހަކަ ދެއްކި ހުރިހާ ރައްޔިތުން ވެސް ވަނީ މި ސަރުކާރާ މެދު އޮތް ކަންބޮޑުވުންތައް ހިއްސާކޮށް، އެ ރަށުގެ ރައްޔިތުން ވަނީ ދިރިއުޅެމުންދާ ދަތި ހާލު ހިއްސާ ކޮށްފަ އެވެ. 

އެގޮތުން މި ސަރުކާރުން ކުރާ އެންމެ ބޮޑު އެއް ކަމަކީ ރައްޔިތުން ވާ ވެއްދުން ކަމަށް އެކަކު ވަނީ ބުނެފަ އެވެ. އަދި ރައީސް އުޅުއްވަނީ ގައުމު ހިންގަން ނޫން ކަމަށާއި އޭގެ ބަދަލުގައި ކުޅުއްވަނީ ޑްރާމާ އާއި ފިލްމު ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ. 

ޚާއްސަކޮށް އެންމެ ގިނަ ބަޔަކު ފާހަގަ ކޮށްފައިވަނީ އެ ރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގާތީ އެކަމުގެ ކަންބޮޑުވުމެވެ. އެގޮތުން އެ ރަށު ސްކޫލްގެ އިމާރާތައް ޖާގަ އިތުރު ކުރުމުގެ މަޝްރޫއު ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް ރައްޔިތުން ފާޅު ކޮށްފައި ވެ އެވެ. ރައްޔިތުން ބުނީ އެ ރަށަށް ގެނަސްދިން ތަރައްގީ އެއް ގެނައީ އެމްޑީޕީ ގެ ސަރުކާރުން ކަމަށެވެ. 

އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޕްރޮޖެކްޓުތައް ހަމަ ނުހިންގާތީ. ކުރިއަށް ނުދާތީ. އެއްވެސް ވަރަކަށް ކުރިއަށް ނުދަނީ. ހަމަ އެއްގޮތަކަށް ވެސް. ކޮންމެވެސް ވަރަކަށް ދެން ކޮންމެވެސް އިންތިޚާބަކާ ދިމާކޮށް މަސައްކަތެއް ފަށާފާނެ. ބިންގާ އެޅި ވަރަށް ގިނައިން. މައްޗަކަށް ނާރާ އެއްވެސް ވަރަކަށް.
ލ. ގަމުން ކަންބޮޑުވުން ފާޅު ކުރި ރައްޔިތެއް

އޭގެ އިތުރުން ބޭސް ނުލިބުމުގެ މައްސަލައާ ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލައަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި މައްސަލަ އެކެވެ. އެގޮތުން ކާބޯ ތަކެތީގެ އަގު ވެސް ދެގުނަ ވެފައިވާ ކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ބުނީ ކަރަންޓު ބިލާ ފެން ބިލު ވެސް އިންތިހާ އަށް ބޮޑު ކަމަށެވެ. 

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައި ކުރިން އުޅެމުން އައި ދަތި ހާލަތަށް ރުޖޫއަވާން ނޫން ކަމަށެވެ. ނަމަވެސް ތަކެތީގެ އަގަށް ބަލައި، ކަރަންޓު ބިލަށް ބަލާއިރު ފެންނަނީ ކުރިއަށް އޮތް ތަނުގައި ބައްތި ދިއްލައިގެން އުޅޭ މަންޒަރު ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް މިއީ ދެރަ ކަމެއް ކަމަށް އޭނާ ބުންޏެވެ. 

މިހާރު އަގުބޮޑު ނޫން އެއްވެސް އެއްޗެއް ނެތް ކަން ފާހަގަ ކޮށް ބައެއް ރައްޔިތުން ވަނީ ބޭހުގެ ދަތިކަމުގެ ވާހަކަ ދައްކާފަ އެވެ. 

މިހާރު އަހަރުމެންގެ ބޭސްކޮޅު ވެސް ނުލިބޭ. އަހަރުމެންނަކީ އާންމު ކޮށް ބޭސް ކައިގެން އުޅޭ މީހެއް. އާންމު ކޮށް ކާ ބޭސް ލިބުން ވަރަށް ދަތި. ގަވާއިދުން ބޭސް ކަން. ކުރިން ލިބޭ. ބަރާބަރަށް ލިބޭ. މިހާރު ނުލިބޭ. ހަމަ ބަރާބަރަށް ބޭސް ކާ މީހެއް. އެއްފަހަރު ލިބިއްޖެޔާ އަނެއް ފަހަރު ނުލިބޭ. އެކަހަލަ ގޮތަކަށް މި އުޅެނީ. [ކާބޯތަކެތީގެ އަގު] ވަރަށް ބޮޑަށް އުފުލިފަ ހުރީ. އެކަމު ކީއް ދޯ ކުރާނީ. އޭނާ ބޭނުން ގޮތެއް ހަދަނީ މިހާރު. 
ލ. ގަމުން ކަންބޮޑުވުން ފާޅު ކުރި ރައްޔިތެއް

މި ސަރުކާރަށް ވެރިކަން ކުރަން ނޭނގޭ ކަމަށާ އެކަން ރަނގަޅަށް ނުކޮށް ވައްކަން ކުރަމުންދާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ރައީސް މުއިއްޒު ކިތަންމެ ބޭނުންފުޅުވިޔަސް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށާ ރައްޔިތުން ޕްރެޝަރު ކޮށްގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ލ. ގަމުގެ ރައްޔިތުން ވަނީ ބުނެފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުގަންރާއްޖެ ޓީވީހާލު ކިހިނެއްއެމްޑީޕީ

އިތުރަށް ކިޔާލަން

21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
21 ޖޫން 2026

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

21 ޖޫން 2026
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
21 ޖޫން 2026

އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު

21 ޖޫން 2026
އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު
21 ޖޫން 2026

އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި

21 ޖޫން 2026
އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު