Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޕްރެސް

ވިދިވިދިގެން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރައްވާތާ 3 ހަފްތާ!

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ވަގުތު ނެތްކަމަށް ވިދާޅުވެ، މި ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފައިވާއިރު، މިއީ މި ބައްދަލުވުން މެދުކެނޑުނު ޖެހިޖެހިގެން ތިންވަނަ ހަފްތާއެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ކުރިން އިއުލާނުކުރެއްވި ނަމަވެސް، އެންމެ ފަހުން ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިންނަށް ނިސްބަތްކުރައްވައި ރައީސް ވަނީ ފާޑުވިދާޅުވެފައެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 05:51
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

 

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ މި ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ވަގުތު ނެތުމުގެ ސަބަބުންނެވެ.

މިއީ ޖެހިޖެހިގެން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްވަމުންދާތާ 3 ވަނަ ހަފްތާއެވެ.

މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. އެ އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ، ރަސްމީ ބަންދު ދުވަހެއް، ނުވަތަ ރަށުން ބޭރަށް ކުރައްވާ ދަތުރުފުޅެއް ނުވަތަ އެފަދަ ކުއްލި ކަމެއް ދިމާނުވާހާ ހިނދެއްގައި ކޮންމެ ހަފްތާއަކުވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް މީގެ ކުރިންވެސް ރައީސްގެ މަސައްކަތްޕުޅު ހުރި ގޮތުންކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުންތައް ވަނީ ކެންސަލްކޮށްފައެވެ.

ރައީސް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާފައިވަނީ 1 ޖޫންގައެވެ. އެ ދުވަހު ރައީސް ވަނީ ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ، ނޫސްވެރިންނަށް ވަރަށް ބޮޑަށް މަލާމަތް ކުރައްވާފައެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ބައެއް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ލޭބަލް އަޅުވައިގެން އުޅޭ ބައެއް ކަމަށާއި، ހަގީގަތުގައި އެއީ ސިޔާސީ އެކްޓީވިސްޓުން ކަމަށެވެ. 

ރައީސް މުއިއްޒުގެ މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 4 ދަރަޖަ ފަހަތަށް ސޮއްސާލާފަ އެވެ. 

 

ރިޔާސަތުނޫސްވެރިންސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ މަސައްކަތް ބުރަވުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް

ރައީސްގެ މަސައްކަތް ބުރަވުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް

08 ޖޫން 2026
ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

03 މެއި 2026
މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!

މީޑިއާ އޮފީހެއް ރެއިޑްކުރި ވަގުތު ކޮމިޝަން ހަނު، ކުއްލިއަކަށް ނެރުނު ޤަވާއިދުން ބުނެދިނީ ނޫސްވެރިންގެ ހަރަކާތްތައް ބަލަމުންދާކަމާއި، ނަތީޖާ ހިތިވާނެކަން!

28 އެޕްރީލު 2026
މަހުލޫފްގެ ބަހުގެ ހަމަލާއެއް ނޫސްވެރިންނަށް: ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ނޫސްވެރިން ދަނީ އަތް އުފުލާ ދުއާ ކުރަމުން!

މަހުލޫފްގެ ބަހުގެ ހަމަލާއެއް ނޫސްވެރިންނަށް: ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ނޫސްވެރިން ދަނީ އަތް އުފުލާ ދުއާ ކުރަމުން!

18 އެޕްރީލު 2026
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު