Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ޕްރެސް

ރައީސްގެ މަސައްކަތް ބުރަވުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ވަގުތު ނެތުމުގެ ސަބަބުން، ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ބޭއްވުމަށް ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި. ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކޮންމެ ހަފްތާއަކު އެއް ގަޑިއިރު ނޫސްވެރިންނަށް ހާއްސަކުރެއްވުމަށް ރައީސް ކުރިން ވަނީ ނިންމަވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 08:43
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ މި ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް ހުރިގޮތުން ވަގުތު ނެތުމުގެ ސަބަބުންނެވެ.

Advertisement - newsAdvertisement

މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. އެ އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ، ރަސްމީ ބަންދު ދުވަހެއް، ނުވަތަ ރަށުން ބޭރަށް ކުރައްވާ ދަތުރުފުޅެއް ނުވަތަ އެފަދަ ކުއްލި ކަމެއް ދިމާނުވާހާ ހިނދެއްގައި ކޮންމެ ހަފްތާއަކުވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

މިއީ މަސައްކަތްޕުޅު ބުރަވުމުގެ ސަބަބުން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހުގެ ތެރޭގައިވެސް، ނޫސްވެރިންގެ ބައްދަލުވުން ފެށެން އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. އެފަހަރުވެސް ސަރުކާރުން ބުނެފައިވަނީ ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސްގެ މަސައްކަތްޕުޅުތައް ހުރި ގޮތުން ކަމަށެވެ.

ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ނޫސްވެރިން ބަލައިގަތް ކަމެއް ނަމަވެސް، ތަކުރާރުކޮށް މި ބައްދަލުވުންތައް ކެންސަލްވަމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޔާސަތުނޫސްވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

02 އެޕްރީލު 2026
ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

17 މާރިޗު 2026
އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު